ކޮސްޓަ ރިކާ ބަލިކޮށް ސްޕެއިން އަށް ރަނގަޅު ފެށުމެއް

Jul 21, 2023, 9:56 AM
ކޮސްޓަ ރިކާ ބަލިކޮށް ސްޕެއިން އަށް ރަނގަޅު ފެށުމެއް

ވެލިންޓަން، ނިއު ޒީލެންޑް (ޖުލައި 21) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި އިއްޔެ ފެށި ފީފާ ވިމެންސް ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުން މިއަދު، ކޮސްޓަ ރިކާ އަތުން 3-0 އިން މޮޅުވެ، ފެށުން ރަނގަޅުކޮށްފި އެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސްޕެއިން އިން ޖެހި ތިން ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. ތިން ގޯލު ޖަހާފައިވަނީ ހަ މިނިޓެއްހާއިރު ތެރޭގަ އެވެ.

އެ ގޮތުން، ސްޕެއިން އިން ލީޑުނެގީ، މެޗުގެ 21 ވަނަ މިނިޓްގައި ކޮސްޓަ ރިކާގެ ވަލެރިއާ ޑި ކަމްޕޯ ޖެހި ބައި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން، އައިޓާނާ ބޮންމަޓީ ވަނީ ސްޕެއިންގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ، 27 ވަނަ މިނިޓްގައި އެސްތާ ގޮންޒާލޭޒް އެވެ.

މި މެޗުގެ ފަހުކޮޅުގައި ސްޕެއިން އިން ވަނީ ބަދަލަކަށް އެ ޓީމުގެ ތަރި، އަލެކްސިއާ ޕުޓޭޔާސް ކުޅެން ނެރެފަ އެވެ. މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން ޕުޓޭޔާސް އަށް މި ފަަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވިދާނެެ ކަމާ މެދު ވެސް ސުވާލު އުފެދުނެވެ.

ސްޕެއިން ގްރޫޕްގެ ދެ ވަނަ މެޗުގައި ޒަމްބިއާ އާއި ޖަޕާން ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.

ވިމެންސް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް އޭގައި ނިއު ޒީލެންޑުން ވަނީ 1-0 އިން ނޯވޭ ބަލިކޮށް ވޯލްޑް ކަޕެއްގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ފިލިޕީންސް އަތުން ސްވިޒަލެންޑް 2-0 އިން މޮޅުވިއިރު، ގްރޫޕް ބީގައި އޮސްޓްރޭލިއާ ވަނީ 1-0 އިން އަޔަލެންޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި އެ ގްރޫޕްގައި ނައިޖީރިއާ އާއި ކެނަޑާ މިއަދު ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox