ބަދަލުކުރުމުގެ ސިޔާސަތު ދޫކޮށް، ވެރިކަމުގައި ތިބެންވެސް އެމްޑީޕީން ދަސްކުރަން ޖެހޭ: ރައީސް

ރައީސް ސޯލިހު މާރަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާން ކުރައްވަނީ; ވެރިކަން ދަމަހައްޓަން އެމްޑީޕީން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހު މާރަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާން ކުރައްވަނީ; ވެރިކަން ދަމަހައްޓަން އެމްޑީޕީން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ވެރިކަން ކުރާ ކޯލިޝަނުގައި އިސްކޮށް އޮތް އެމްޑީޕީގެ ދާއިމީ ސިޔާސަތަކީ ވެރިކަންތައް ބަދަލުކުރުން ނޫން ކަމަށާއި, ވެރިކަން ދަމަހައްޓަން ވެސް އެ ޕާޓީން ދަސްކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. މާރަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ 2018 އަހަރުގެ ރިޔާސީ އިންތިހަބަށް ނިކުތް އިރާއި, މިހާރާ ވަރަށް ތަފާތު ކަމަށެވެ. މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނިކުންނަނީ ސަރުކާރުތައް ބަދަލުކުރަން ކަމަށާއި އެ ވިސްނުން އެމްޑީޕީ ތެރޭގައި އަދިވެސް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ވިސްނުން [ވެރިކަން ބަދަލުކުރުމުގެ ވިސްނުން] އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޭބޭފުޅުންގެ އެބަހުރި. ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަހުރި. އެއީ ހަރުލާފައި ނުނެއްޓި ހުރި ކަންތައް." ވެރިކަން ބަދަލުކުރުމަކީ, އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށްފަހު ވެރިކަން ދަމަހައްޓަން ވެސް ޖެހެނީ ވެފައިވާ ވައުދުތައް ފުއްދުމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން އެއީ ވެރިކަންތައް ބަދަލު ކުރުމަކީ. ވެރިކަމުގައި ތިބެންވެސް ދަސްކުރަންޖެހޭނެ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަންކޮށްގެން." ރައީސް ވިދާޅުވި އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނުކުމެވަޑައިގެން ހުންނެވީ 2018 ވަނަ އަހަރު ރައްޔިތުން ހޮވި ސަރުކާރު ދަމަހައްޓަވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައްޔިތުން 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށް ވާތީ މި ދައުރު ނިމެންދެން އެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ [ކޯލިޝަން] ދަމަހައްޓަމުން މިގެންދަނީ. ނޮވެމްބަރު މަހާ ހަމައަށް, މި ދައުރު ނިމި, އަނެއް ދައުރު ފެށެން ވަންދެން އެ ކޯލިޝަން ދަމަހައްޓާނަން. ނަމަވެސް މި އިންތިހާބަށް ކުރިމަތިލާއިރު އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ދުރަށްޖެހިވަޑައިގަންނަވައިފި. މައްސަލައެއް ނޫން އެއީކީ." ރައީސް ވިދާޅުވި އެވެ.

ކުރީގެ ކޯލިޝަނުން ބައެއް ބޭފުޅުން ދުރަށްޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ކޮށްދޭ ކަންތައް, ގަބޫލުކޮށް, އިތުރު ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލުކުރާ ޕާޓީތަކެއް އެބަހުރި ކަމަށެވެ.

މިފަހަރުގެ ކޯލިޝަނަށް ތައުރީފުކުރައްވަމުން ރައީސް ވިދާޅުވީ, އެއީ އެންމެ މެންބަރުން ގިނަ ކޯލިޝަން ކަމަށެވެ. އެކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާރަންދޫގައި ރައީސް އެރަށަށް ބައެއް ވައުދުތައް ވެސް ވެވަޑައިގެންނެވި އެވެ. ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި, ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް, ބޭނުންވާ މުވައްޒަފުން ހަމަކޮށްދިނުމާއެކު ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ. ރަށު ކައުންސިލް އިދާރާ އިމާރަތް ކުރުމާއި, ފުލުހުންގެ ހިދުމަތް އަދި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދިނުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox