ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިނުގަންނަވާނެ ކަމަށް ބުނެފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން.

ދެކުނު އެފްރިކާގައި ބާއްވަން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ސަމިޓަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަޑައިނުގަންނަވާނެ ކަމަށް ބުނެފި އެވެ.

އޯގަސްޓު މަހު އޮންނަ ބްރިކްސް ސަމިޓަށް ދެކުނު އެފްރިކާއިން ވަނީ ޕުޓިންއަށް ދައުވަތު އަރުވައިފަ އެވެ. އެކަމަކު ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރިފައި އޮތް މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ރަޝިއާ ސަރުކާރާ ހަވާލަދީ ރިއާ ނިއުސް އެޖެންސީން ބުނީ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިނުގަންނަވާނެ ކަމަށާއި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނީ ވީޑިއޯ ކޯލް މެދުވެރިކޮށް ކަމަށެވެ.

Advertisement

ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ އިންޓަނޭޝަނަަލް ކްރިމިނަލް ކޯޓް (އައިސީސީ) އިންނެވެ. ދެކުނު އެފްރިކާއަކީ އައިސީސީގެ މެމްބަރު ގައުމަކަށް ވާތީ އެ އަމުރު ތަންފީޒު ކުރަން ޖެހޭނެ އެވެ.

އެކަމަކު މީގެ ކުރިން ވެސް ދެކުނު އެފްރިކާއިން ވަނީ ބައެއް ގައުމުތަކުގެ ވެރިން ހައްޔަރު ކުރުމަށް އައިސީސީން ނެރުނު އަމުރުތައް ތަންފީޒު ކުރަން ދެކޮޅު ހަދައިފަ އެވެ.

އެހެންވެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން މި ފަހަރު ވަނީ މައްސަލަ ކޯޓަށް ހުށަހަޅައި، ޕުޓިން ވަޑައިގެންފި ނަމަ ހައްޔަރު ކުރުން މަޖުބޫރުވާނެ ގޮތް ހެދުމަށް މަސައްކަތް ފަށައިފަ އެވެ.

ޕުޓިން ވަޑައިނުގެންނެވި ނަމަވެސް ބްރިކްސްގައި ހިމެނޭ އެހެން ގައުމުތަކުގެ ވެރިން ދެކުނު އެފްރިކާއަށް ދަތުރު ކުރައްވާނެ އެވެ.

ބްރިކްސްގެ މެމްބަރު ގައުމުތަކަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox