ސަސް އިން ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށްފި

ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބޮޑު ތަފާތަކުން ކުލަބު ވެލެންސިއާ ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މިރޭ ވެލެންސިއާ އަތުން 5-0 އިން ސަސް މޮޅުވުމާ އެކު އެ ޓީމަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނަ އަށް ސަސް ޖެހިލީ ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލަށް ބަލާއިރު ކުރި ލިބުމުންނެވެ. ސަސް އަށް ފައިދާ ފަސް ގޯލު އޮތްއިރު ބުރަށް ލިބެނީ ފައިދާ ހަތަރު ގޯލެވެ. އެއް މެޗު މަދުން ކުޅެފައިވާ ބުރު މާދަމާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނާނެ އެވެ.

މިރޭގެ މެޗު ސަސް އިން ފެށީވެސް ނުރައްކާތެރި ހަމަލާއަކާއެކުގަ އެވެ. އަރިމަތިން އަހުމަދު އައިހަމް (އައިހު) ނަގައިދިން ހުރަސް އިބްރާހިމް އަތީގު ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ތިން މިނެޓު ފަހުން ސަސް އިން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގި އެވެ. އަހުމަދު ހުސާމް އަރިމަތިން ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ވައްދާލީ އަލީ ނަސޫހު ރަޝީދު އެވެ. ހުސްކޮށް ހުރެ ނަސޫހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ.

ސަސްގެ ގޯލަށް ފަހު މަޑު މަޑުން ކުރިއަށް ޖެހިލައިގެން ކުޅެ ވެލެންސިއާއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 16 ވަނަ މިނެޓުގައި އަހުމަދު ސިޒާން ބޯޅައާ އެކު އެރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ދިޔައީ ބްލޮކްވެގެން ބޭރަށެވެ.

ވެލެންސިއާގައި މިހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މުހައްމަދު އިލާން އިމްރާން އަށެވެ. އީތަން އިބްރާހިމް ޒަކީ ކުރިއަށްދިން ބޯޅަ އަށް އަރައި މުހައްމަދު އައިހަމް އަންވަރު ފޮނުވާލަން މަސައްކަތްކުރި ބޯޅަ ކީޕަރު ޒިމާމް ވަނީ ކުރިއަށް ނިކުމެ ދިފާއުކޮށްފަ އެވެ. ދެން، އެ ބޯޅަ ލިބުނީ އިލާން އަށެވެ. ހުސްކޮށް އޮތް ގޯލަށް އިލާން ބޯޅަ ފޮނުވާލި ބޯޅަ ސަސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ފަހުން އިލާން އަށް ލިބުނު ބޯޅައެއްގައި ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ކައިރިން ވަރަށް ރީއްޗަށް ނައްޓާލާފައި ވާތު ފައިން ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރާ ދިމާލަށެވެ.

ވެލެންސިއާގެ ހަމަލާތަކަށް ފަހު އަނެއްކާ ވެސް ސަސް އިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން ފެށި އެވެ. މިގޮތުން ނަސޫހު އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅައެއް އަރިމަތިން ބޭރަށްވެސް ދިޔަ އެވެ.

ސަސްއިން ލީޑު ފުޅާކުރީ މެޗުގެ 29 ވަނަ މިނެޓުގަ އެވެ. އަރިމަތިން މުހަައްމަދު ސަހާއު ދިން ބޯޅައަކުން މި ގޯލު އެ ޓީމަށް ޖަހައިދިނީ ހުސާމް އެވެ. ހުސާމް ވަނީ 36 ވަނަ މިނެޓުގައި ސަސްގެ ތިން ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މިއީ ވެލެންސިއާގެ ކުޅުންތެރިން ފަހަތަށް ދިން ޕާހެއް ހޯދައި އުސާމް އެކަނިމާ އެކަނި ކުރިއަށްގޮސް ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ނަސޫހު އެވެ. އަރިމަތިން އައިހަމް ނަގައިދިން ބޯޅައަކުން ނަސޫހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފު ވެސް ސަސް ފެށީ ކުރިއަށް ޖެހިލައިގެންނެވެ. މި ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އެޓީމުން ތިން ހަމަލާއެއް ފޮނުވާލި އެވެ. އަތީގު ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު އޭރިއާ ބޭރުން ޝަހާއު ތިރިތިރިން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން ލިބުނު ކޯނަރެއްގައި އަހުނަފް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސަސްގެ ނަސޫހު އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތެއްގައި އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ނަސޫހު ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. އޭގެ ފަހުން ޝަހާއު އޭރިއާ ތެރެއަށް ވަދެ ހުސްކޮށްދިން ބޯޅަ ގޯލަށް ވައްދާނުލެވުނީ އެ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުންނެވެ.

ސަސް އިން އެ ޓީމްގެ ފަސް ވަނަ ގޯލު ޖެހީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. އަރިމަތިން ލިބުނު ބޯޅައަކާ އެކު ވެލެންސިއާގެ ޑިފެންޑަރު ކައިރިން ނައްޓާފައި ޝަހާއު ދިން ބޯޅަ ގޯލު ރޮނގުމަތީގައި ހުރެ ހުސްގޯލަށް ވައްދާލީ އަތީގު އެވެ.

ސަސް އަށް ލީޑު އިތުރަށް ފޫޅާކުރަން ނަސޫހު އަށް އިތުރު ފުރުސަތެއް ލިބުނެވެ. މި ފަހަރު ވެސް ޝަހާއު ބޯޅައާ އެކު ކުރިއަށްގޮސް ހުސްކޮށްހުރި ނަސޫހުއަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ސީދާ ކީޕަރު އަތަށެވެ.

ވެލެންސިއާ އަށް މިހާފުގައި ގޯލެއް ޖެހުމަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ އީތަން އަށެވެ. މެދުތެރެއިން ކެޕްޓަން ސުފިޔާން ކުރިއަށްދިން ބޯޅައަށް އަރާ އީތަން އެކަނިމާއެކަނި ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ޒިމާމްވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފަހުކޮޅު ސަސްގެ ހުސާމް ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައިރު އައިހަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ރަޒީފް ދިފާއުކުރި އެވެ. އޭގެ ފަހުން ލިބުނު ކޯނަރުގައި ނަސޫހު ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވެސްވީ ކީޕަރު ރަޒީފް އެވެ.

ދެވަނަ ހާފުގައި ކުޅެން އެރި ވެލެންސިއާގެ އަބްދުﷲ ޔާމިން (ޔާން) އަށްވެސް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ސަސްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އީތަން ހޯދި ބޯޅައަކުން ޔާމިން އަށް ދިން ޕާސް އޭނާ ކޮންޓްރޯލްކޮށްލުމަށްފަހު ފޮނުވާލީ ސީދާ ކީޕަރު އަތަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ބުރު ސްޕޯޓްސް ކުލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox