އިބްރަހިމޮވިޗުގެ މުސާރައިން ޔުނައިޓެޑުން އެއް ޕައުންޑް އުނިކުރީ ކީއްވެ؟

އިބްރަހިމޮވިޗުގެ މުސާރައިން ޔުނައިޓެޑުން އެއް ޕައުންޑް އުނިކުރީ ކީއްވެ؟

ދާދި ފަހުން ރިޓަޔާކުރި ސްވިޑަންގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗުގެ ގޯލް ޖެހުމުގެ ހުނަރާ އެއްވަރަށް އޭނާ މަޝްހޫރުވެފައިވަނީ، އެއްވެސް ޖެހިލުމެއް ނެތި، ހިތުގައި އޮންނަ ގޮތަށް ވާހަކަތައް ބޭރުކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ މިދިޔަ އަހަރު ނެރުނު، ބަޔޯގްރަފީ 'އެޑްރެލެނައިން' އަކީ އެފަދަ ވާހަކަތަކުން ފުރިފައިވާ ފޮތެކެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ ޝައުގު ހުއްޓުނީ، އިބްރަހިމޮވިޗްގެ ކެރިއަރުގެ ފަހުކޮޅު ކުޅުނު އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ފާޑުކިޔައި، އޭނާ ލިޔެފައިވާ ވާހަކަތަކަށެވެ.

އެފަދަ ވާހަކަތައް އިބްރަހިމޮވިޗް ފެށީ، ޔުނައިޓެޑުން، އެ ކްލަބުގެ ލެޖެންޑް ވޭން ރޫނީއާ މެދު އަމަލުކުރި ގޮތާ މެދު ފާޅުކުރި ހިޔާލުންނެވެ. އިބްރަހިމޮވިޗް ފޮތުގައި ލިޔެފައިވާ ގޮތުގައި، ރޫނީ ކުޅުން ހުއްޓާލުމުން، ޖެހިގެން އައި ދުވަހު ޔުނައިޓެޑުން، އެ ކްލަބުގެ ޗޭންޖިން ރޫމުގައި ހުރި އޭނާގެ ލޮކަރު ހުސްކޮށް އޭގައިވާ އޭނާގެ ނަން އުނިކުރި ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑަށް 500 އަށް ވުރެ ގިނަ މެޗު ކުޅެދީ 250 އަށް ވުރެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔަކާ މެދު ކަންތައް ކުރި ގޮތަކީ އެއީ ކަމުގައިވާ ނަމަ، އަހަރެން ކްލަބާ ވަކިވާ ދުވަހު، ލޮކަރު އަންދާނުލައިފިއްޔާ ރަނގަޅު،" އިބްރަހިމޮވިޗް ލިޔެފައިވެ އެވެ.

ކަކުލުގެ އަނިޔާއަކާ ގުޅިގެން ޔުނައިޓެޑް ދޫކޮށްލި އިބްރަހިމޮވިޗް ބުނީ، އެންމެން ވެސް އެ ކްލަބާ މެދު ދެކެނީ، ދުނިޔޭގެ އެންމެ މުއްސަނދި، އެންމެ ބާރުގަދަ އަދި އެންމެ މަތީ ފެންވަރުގެ ކްލަބެއްގެ ގޮތުގައި ކަމަށެވެ. ހުދު އޭނާ އަށް ވެސް ކުރިން އެ ކްލަބް ފެނުނީ އެގޮތަށް ކަމަށާއި، އެކަމަކު ކްލަބާ ގުޅުމުން ފެނުނީ، "ކުޑަ ކުޑަ" އަދި ހަނި ވިސްނުމެއް ގެންގުޅޭ ކްލަބެއްގެ ގޮތުގައި ކަމަށް އިބްރަހިމޮވިޗް ލިޔުނެވެ.

އިބްރަހިމޮވިޗް ލިޔުނު ގޮތުގައި، އެކަން ސާބިތުވީ، އެއް ދުވަހަކު މެޗެއްގެ ކުރިން ހޮޓަލެއްގައި ޓީމު ކޭމްޕްކޮށްފައި އޮއްވާ ކަރުހިއްކައި ގަތުމުން، ކޮޓަރީގެ މިނީބާ ހުޅުވާލާފައި އޭގެން މޭވާ ޖޫސް ޕެކެޓެއް ބޯލުމުން ކްލަބުން އަމަލުކުރި ގޮތުން ކަމަށެވެ.

"އަހަރެންގެ މުސާރަ ޝީޓު ލިބުނުއިރު އޭގައި އެބައޮތް އެއް ޕައުންޑް އުނިކޮށްފައި. އަހަރެން ޓީމު މެނޭޖަރާ ސުވާލުކުރުމުން، އޭނާ ވީގޮތް ބަލާފައި ބުނީ، އެއީ ކަލޭ މިނިބާ އިން ޖޫސް ޕެކެޓެއް ބޮއެފައިވާތީ ކަމަށް،"

"ތިއީ ސަމާސާއެއްދޯ؟،" އިބްރަހިމޮވިޗް ސުވާލުކުރި އެވެ.

"ނޫން، މިތަނުގައި ކަލޭ ބޭނުންކުރާ ކޮންމެ އެއްޗަކަށް ވެސް އަގު ދޭން ޖެހޭނެ،" ޓީމު މެނޭޖަރު ޖަވާބުދިނެވެ.

އިބްރަހިމޮވިޗް ލިޔުނު ގޮތުގައި، އެ ހޮޓަލުގައި އޭނާ ހުރީ އަމިއްލަ ބޭނުމެއްގައެއް ނޫނެވެ. ޗުއްޓީއެއްގަ އެއް ވެސް ނޫނެވެ. އެތަނުގައި ހުރީ ޔުނައިޓެޑުގެ ކަމެއްގަ އެވެ.

"އިޓަލީގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ. އޭސީ މިލާނަށް އަހަރެން ކުޅުނުއިރު އަހަރެންގެ ކަމެއްގައި ވިޔަސް، ހަރަދެއް ހިނގައްޖެ ނަމަ (ސީއީއޯ އެޑްރިއާނޯ) ގަލިއާނީ ބުނާނެ އެކަމާ ކަންބޮޑުނުވާށޭ. މިލާނުން ފައިސާ ދައްކާނަމޭ،" އިބްރަހިމޮވިޗް ލިޔުނެވެ.

"ރޯމަށް އަހަރެން ކުއްލި ބައްދަލުވުމަކަށް ދާން ޖެހިއްޖެއްޔާ ކުންފުނީގެ ޕްރައިވެޓް ޖެޓް އަހަރެން ބޭނުންކުރަން ގަލިއާނީ ދޭނެ. އެކަމަށް ލޯ ލާރިއެއް ވެސް އަތުނުލާނެ. އަހަރެން ނުބުނަން ހުރިހާ އެއްޗެއް ހިލޭ ލިބެން ޖެހޭނެޔޭ. އެކަމަކު މޭވާ ޖޫސް ޕެކެޓެއް ބުއިމުން އެއަށް ފައިސާ ކަނޑާވާހަކަ މި ދައްކަނީ،" އިބްރަހިމޮވިޗް ފޮތުގައި ލިޔެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި، ކްލަބުގެ ސްޓައިލާއި އަޑިޑެންޓިޓީ އަކީ ކޮބައިކަން ޔުނައިޓެޑުން ދަސްކުރަން ޖެހޭ ކަމަށާއި، ކުޅުންތެރިންގެ ހިތުގައި ކްލަބާ މެދު އިހުތިރާމް އުފެދޭނީ އެފަދަ ކުދިކުދި ކަންކަމުން ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑުގައި ކޮންމެ ދުވަހަކު ޓްރެއިނިން ސެންޓަރަށް ވަންނަން އަހަރެން އައިޑީ ދައްކަން ޖެހޭ. އެއް ދުވަހަކު އަހަރެން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ބުނި، އަހަރެން މިތަނަށް އަންނަތާ މަހެއް ވެއްޖެއްޔޭ. އަހަންނަނކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއޭ. ކަލެއަށް ތިވަރުން ވެސް އަހަރެން ދެނެނުގަނެވޭ ނަމަ، ތި އުޅެނީ ނުބައި ވަޒީފާއެއްގައޭ،" އިބްރަހިމޮވިޗް ލިޔުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox