ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ: މިރާޝް ނާސިމް/އަދަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ: މިރާޝް ނާސިމް/އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން ވާދަކުރަން ޖެހިވަޑައިގަންނަވާނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާ ކަމަށާއި ދަ ޑިމޮކްރެަޓްސް އަކީ ޗެލެންޖެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވ.އަތޮޅަށް މިހާރު ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެެއްވިޔަސް، އެމްޑީޕީގެ ޕްރައިމަރީގައި ހޯއްދެވި ފަދަ ކާމިޔާބީއެއް ހޯއްދަވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޝީދު ވާދަކުރައްވާ ނަމަ ކިހާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ޕާޓީ އެތެރޭގެ ޕްރައިމަރީގެ ނަތީޖާ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެެގެންދާނީ އެމްޑީޕީއާ ޕީޕީއެމް. އެއަކަށް ތަފާތެއް އައިސްފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވެވަޑައިގެންނެވުމުން، އެމަނިކުފާނު އުފެއްދެެވި "ފިކުރެއްގެ ދިރުން" ފެކްޝަން އެމްޑީޕީން ވަކިވެގެން އުފެއްދި ޕާޓީ އެކެވެ. އެޕާޓީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅަ އެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި ނޫސްވެރިއަކު ބުނީ ނަޝީދު ވާދަކުރައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ކުރިން ރައީސްގެ އެންމެ ގާތް އެއް ބޭފުޅެއް ކަމަށްވާ ރައީސް ނަޝީދު ވޭ. މިފަހަރު ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވާ ނަމަ ކިހާ ބޮޑު ތަފާތަކުން ކުރި ހޯއްދަވާނަންތޯ؟ ރައީސަށް ކިހާ ބޮޑު ޔަކީންކަމެއް އެބަ އޮތްތޯ ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވޭނެ ކަމުގެ؟" ނޫސްވެރިޔާ ސުވާލުކުރި އެވެ.

އެ ސުވާލުގެ ޖަވާބަކަށް ރައީސް ސޯލިހު ވިދާޅުވީ "ޕާޓީ އެތެރޭގެ ޕްރައިމަރީގެ ނަތީޖާ ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" ކަމަށެވެ.

އެމްޑީޕީ ބައިބައިވެދާނެ ކަމަށް ދެކެވޭ ވާހަކައަަށް ވެސް އެމަނިކުފާނު މިއަދު ރައްދު ދެއްވި އެވެ.

"ނޫން ނޫން. އެމްޑީޕީއާ އަބަދުވެސް ބައެއް ބޭބޭފުޅުން ވަކިވެގެން ގޮސްފައި އެބަހުރި، ލީޑަޝިޕުން. އެހެން ނަމަވެސް އެމްޑީޕީ އަބަދުވެސް [ދެމި]އޮވެ. އެ ވިސްނުމުގައި ކުރިއަށްދޭ،" ރައީސް ވިދާޅުވި އެވެ.

ހިޔާލު ތަފާތުވެގެން އެމްޑީޕީއާ ދުރަށް ވަޑައިގެންނެވި ބައެއް ބޭފުޅުން އެނބުރި ޕާޓީއަށް ވަޑައިގެންފައި ވެސް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއްވެސް މީހަކު ޕާޓީން ވަކިވުމަކީ ދެެރައެއް ކަމަށާއި އެހެން ނަމަވެސް ޕާޓީ ދާނީ ކުރިއަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ތިޔަ ވިދާޅުވަނީ އެމްޑީޕީ ރޫޅައިނުލެވޭނެ ކަމަށްތޯ؟" ނޫސްވެރިއަކު އެހިސާބުން ސުވާލުކުރި އެވެ.

ރައީސް ވިދާޅުވީ "އެއްގޮތަކަށް ވެސް އެކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ" ކަމަށެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހައިތަނަށް، ފުޅާ ދާއިރާގައި ކެމްޕޭން ކުރައްވަން ފެށްޓެވީ ހަމަ އެކަނި ރައީސް ސޯލިހެވެ. އެ އިންތިހާބަށް އިދިކޮޅު ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވީ ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފައި ވިޔަސް އޭނާ އަދި ސީދާ ކެމްޕޭނެއް ނުފަށްޓަވަ އެވެ.

އެމްއެންޕީއިން ކޮންމެވެސް ވަރަކަށް ކެމްޕޭންކުރަމުން އަންނަ އިރު ދަ ޑިމޮކްރެޓްސް އިން އަދި ކެންޑިޑޭޓަކު ކަނޑައެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox