ގައުމީ ބެޑްމިންޓަން ޓީމު މޮރީޝަސް އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަނީ

Jul 17, 2023, 7:05 AM
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މި މަހުގެ 20-27 އަށް މޮރިޝަސްގައި އޮންނަ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ވާދަކުރާން ގައުމީ ބެޑްމިންޓަން ޓީމް މޮރީޝަސް އަށް ފުރައިފި އެވެ.

ގައުމީ ބެޑްމިންޓަން ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެ ގޮތުން ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ ދެކުނު ކޮރެއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

މޮރިޝަސް އިންޓަނޭޝަނަލް ޗެލެންޖަކީ އައިއޯއައިޖީގެ ކުރިން ގައުމީ ޓީމްގެ ކުޅުންތެރިންގެ ލެވެލް ދެނެގަތުމަށް މުހިންމު މުބާރާތެކެވެ. އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކުގެ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ވާދަކުރާތީ މި މުބާރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެކަމަށް ބެލެވެ އެވެ.

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖަށް ފުރި ޓީމްގައި ހިމެނޭ ފިރިިހެން ކުޅުންތެރިންނަކީ ހުސައިން ޒަޔާން ޝަހީދު ޒަކީ، ނިބާލް އަހުމަދު، އަހުމަދު ތޯއިފް، މުހައްމަދު އަޖުފާން ރަޝީދު އެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، އާމިނަތު ނަބީހާ އަބްދުއްރައްޒާގު، އައިޝަތު އަފްނާން ރަޝީދު، މައިސާ ފަތުހުﷲ އިސްމާއިލް އަދި އާމިނަތު ޝަހުރުނާޒު އެވެ. ޓީމާއިއެކު ކޮރެއާ ކޯޗުވެސް ބައިވެރިވާނެ އެވެ.

މޮރީޝަސް ބެޑްމިންޓަން ޗެލެންޖުގައި ރާއްޖޭގެ ޑަބަލްސް ޕެއާތަކުން މީގެ ކުރިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ގައުމީ ޓީމްގައި މިވަގުތު ތިބި ގިނަ ކުޅުންތެރިންނަކީ މި މުބާރާތުން މެޑަލް ހޯދާފައިވާ ކުޅުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox