ކޭން، ބަޔާންއާ ގުޅޭނެކަމުގެ ޔަގީންކަން ކްލަބުގެ ރައީސަށް އެބައޮތް

Jul 17, 2023, 4:29 AM
ކޭން، ބަޔާންއާ ގުޅޭނެކަމުގެ ޔަގީންކަން ކްލަބުގެ ރައީސަށް އެބައޮތް

މިއުނިކް (ޖުލައި 17) - އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބަޔާން މިއުނިކްއާ ގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަޔާންގެ ރައީސް އުއީ ހޯންސް ބުނެފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޓޮޓެންހަމް ހޮޓްސްޕާގެ ވެސް ކެޕްޓަން ކަމަށްވާ ކޭން ،29، ވަނީ ބަޔާންގެ ހުށަހެޅުމަށް އެއްބަސްވެފަ އެވެ. އެކަމަކު، އޭނާގެ ޓްރާންސްފާއާ ގުޅޭގޮތުން ބަޔާން އާއި ޓޮޓެންހަމްއާ ދެމެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

ބަޔާނުން ކޭންގެ ޓްރާންސްފާ އަށް ހުށަހެޅި 70 މިލިއަން ޔޫރޯ އަށް ޓޮޓެންހަމް އިން އެއްބަހެއްނުވި އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ކޭންގެ ޓްރާންސްފާ ފީ އަށް ޓޮޓެންހަމް އިން މަދުވެގެން 100 މިލިއަން ޔޫރޯ ބޭނުންވެ އެވެ.

މީޑިއާއާ ވާހަކަދައްކަމުން ހޯންސް ބުނީ ބަޔާންއާ ގުޅެން ކޭން ބޭނުންވާ ކަމަށާއި ކޭން އެގޮތުގައި ދެމިހުރެއްޖެނަމަ، ޓޮޓެންހަމް އަށް ގޮސް ދޫކުރަން ޖެހޭނެ ކަމަށެވެ.

"މިހާތަނަށް ކޭންއާ ދެއްކި ވާހަކަތަކުން އެނގޭކަމަކީ އޭނާ މި ކްލަބަށް އަންނަން ބޭނުންވާކަން. ކޭން އެގޮތުގައި ހިފަހައްޓައިފިނަމަ، ވަކި ހިސާބަކުން ޓޮޓެންހަމް އިން ޖެހޭނީ ދޫދޭން،" ހޯންސް ބުންޏެވެ.

ހޯންސް ބުނީ ކުރިއަށް އޮތް ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ޓޮޓެންހަމް އަށް ނުކުޅެވުމަކީ ބަޔާން އަށް އަންނަން އޭނާ ބޭނުންވާ އެންމެ މުހިންމު ސަބަބު ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު އެއް ޓީމަށް ކުޅުމުގެ ފުރުސަތު ކޭން އަށް ލިބިފައި މި އޮތީ،" ހޯންސް ބުންޏެވެ.

ޓޮޓެންހަމްއާއެކު ކޭން ހަދާފއިވާ ކޮންޓުރެކްޓް ހަމަވާނީ އަންނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox