ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ އަށް ލީގުގައި ފުރަތަމަ މޮޅު

Jul 15, 2023, 9:19 PM
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުލަބު ވެލެންސިއާ ބަލިކޮށް އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މި ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އިން 1-0 އިން ވެލެންސިއާ ބަލިކުރިއިރު، މިއީ އެ ޓީމް މި ސީޒަނުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން މި ދެ ޓީމް ވެސް ލީގުގައި ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި ލިބުނު ފުރަތަމަ ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ ވަނީ ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓަރީ އަށް ކުރި ލިބެނީ ބައިކޮޅަށް ވަދެފައިވާ ގޯލު މަދުވުމުންނެވެ. ވެލެންސިއާ ލީގުގެ ފުލުގައި އޮތީ ކުޅުނު ހަތަރު މެޗުން ޕޮއިންޓެއް ނުލިބި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ވެލެންސިއާ އަށް ލިބުނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އެޓީ މްގެ މެދުތެރެއިން ކުރިއަށްދިން ބޯޅައަކަށް ހުސްކޮށް އަރާ މުހައްމަދު އައިހަމް އަންވަރު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ޔުނައިޓެޑް ވިކްޓަރީ އިން ފޮނުވާލި ފުރަތަމަ ހަމަލާއަކީ އަރީން އަބްދުﷲ އިބްރާހިމް ފޮނުވާލި ބޯޅައެކެވެ. އަރިމަތިން، ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން، އަހުމަދު ބައްސާމް ނަގައިދިން ބޯޅަ ހޯދައި އަރީން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން ބައްސާމް އެރިއާ ތެރެއިން ކޮންޓްރޯލްކޮށްފައި ފޮނުވާލި ހަމަލާވެސް ދިޔައީ އަރިމަތީ ދަނޑި ކައިދިރިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން މެދުތެރެއިން މުހައްމަދު ރީހާން ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް އުނދަގޫކަމެއް ނެތި ހޯދީ ކީޕަރު އަބްދުﷲ ރަޒީފް އެވެ.

ވެލެންސިއާގެ އީތަންއަށްވެސް ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. މުހައްމަދު ޖޫދު އަޝްފާގު ނަގައިދިން ހުރަހަކުން އީތަން ފޮނުވާލި ބޯޅައިގައި ބާރެއް ނެތެވެ. އޭގެ ފަހުން ޖޫދު ނަގައިދިން ހުރަހަކުން ޔާމިން އަށް ލިބުނު ފުރުސަތުގެވެސް ބޭނުމެއް ވެލެންސިއާއަކަށް ނުކުރެވުނެވެ.

މެޗުގެ ހަމައެކަނި ގޯލު ޔުނައިޓެޑް ވިކްޓަރީ އިން ޖެހީ 33 ވަނަ މިނެޓުގަ އެވެ. އަރީން ނަގައިދިން ހުރަހެއް ކޮންޓްރޯލް ކޮށްލުމަށްފަހު ޔުނައިޓެޑް ވިކްޓަރީގެ ހުނަރުވެރި ޒުވާން ފޯވާޑް ޝަނާން ރަޝާދު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ، މި ސީޒަނުގައި 17 އަހަރުގެ ފޯވާޑް ޝަނާން ޖެހި ދެ ވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކުލަބު ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެެވެ. ޕެނަލްޓީ އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޔާމިން ފޮނުވާލި ބޯޅަ ކީޕަރު ބޯމަތިން ގޮސް ކުޅުމުގެ ތެރެއަށް އައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ބައްސާމް އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް ހުސައިން މައިޝާން ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ވެލެންސިއާ އިން މި ހާފުގައި ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއަކީ ލިބުނު ހިލޭ ޖެހުމަކުން ޔާމިން ފޮނުވާލި ބޯޅަ އެކެވެ. އޭރިއާ ބޭރުން ޔާމިން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހު ވަނީ ދިފާއުކޮށްފަ އެވެ.

މި ހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޔޫވީގެ މުހައްމަދު ހުސައިން އަށެވެ. އޭރިއާ ތެރެއިން ހުސްކޮށް ހުރެ އޭނާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރީ ކީޕަރު ރަޒީފް އެވެ. އޭގެ ފަހުން ބައްސާމް ފޮނުވާލި ބޯޅައެއް ވެސް ރަޒީފް ދިފާއުކުރި އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނެޓު ކުރިއަށް ޖެހިލައިގެން ވެލެންސިއާ އިން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް ގޯލެއް ޖަހާނެ މާ ހުސް ފުރުސަތެއް އެ ޓީމަށް ނުލިބެ އެވެ.

ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ. ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ބުދަ ދުވަހުގެ ހަވީރު ކުޅޭއިރު އެރޭ ވެލެންސިއާ ނިކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox