ކިތަންމެ ބާރަށް މުދަލުގެ އަގު ބޮޑު ވެޔޭ ބުންޏަސް އަގު ދިޔައީ ދަށަށް: ރައީސް

މުލަކު ކެމްޕެއިނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މުލަކު ކެމްޕެއިނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ވާދަވެރިން ކިތަންމެ އަޑަށް ބާރު ލާފައި ތަކެތީގެ އަގު އުފުލޭ ކަމަށް ބުނި ނަމަވެސް ތަކެތީގެ އަގު މިހާރު ކުރިއަށް ވުރެ ވެސް ދަށް ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މ.މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އާއްކުރެއްވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އިގްތިސޯދަށް އައި ބައެއް ލޮޅުންތަކުގެ ހަނދާނެވެ. މުޅި ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލިތާ ތިން އަހަރު ފުރޭ ދިމާކޮށް ރައީސް ވިދާޅުވީ ހުއްޓުންތަކެއް އައިނަމަވެސް އިގްތިސޯދު އެންމެ ބާރަށް ކުރި އަރާ 10 ގައުމު ތެރޭގައި ރާއްޖެ މިހާރު ހިމެނިފައިވާ ކަމަށެވެ.

"މުޅި އިގްތިސޯދު ހުއްޓުމަކަށް އައި، އެ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ 14 ބިލިއަން ރުފިޔާ ނުލިބި ދިޔަ، ފައިސާ ހޯދަން ޖެހުނު، އެހެންނަމަވެސް އެ ދުވަހު އެ ނެގި ފިޔަވަޅާއެކު ބޯޑަރު ކްލޯސް ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ހުޅުވާލީ،" ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ އެހެން ބައެއް ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދު އަޑި އަޅާނުލީ ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ކޮވިޑަށް ފަހު ދެން ކުރިމަތިވި ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ވެސް އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އައިސް އަގު ބޮޑުވެގެން ދިޔަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ބަޖެޓަށް ވުރެ އިތުރަށް ކޮންމެ މަހަކު ހޭދަކޮށްފައިވާނެ ކަމަށެވެ.

"އެ ތަކުލީފު ރައްޔިތުންނަށް ނުޖެއްސުން ބޭނުމަކީ ސަރުކާރުން އެ ބުރަ އުފުލުން،" ރައީސް ވިދާޅުވި އެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިގްތިސޯދު ދެ ގުނަ ވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވިސްނުން ހުރީ އެއް އަހަރުގެ ބަދަލުގައި ދިގު މުއްދަތަށަވެ. އެކަމުގެ ބައެއް ހެޔޮ ބަދަލުތައް މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅިުވި އެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ އައިއެމްއެފްއާއި ވޯލްޑްބޭންކްގެ އަންދާޒާ އެވެ.

"މިއަހަރު ކުރި އަރާނެ ކަމަށް ލަފާކުރީ ހަ ޕަސެންޓު، މިއަދުގެ އަންދާޒާއަކީ ނުވައެއް ޕަސެންޓު ކުރިއެރުމެއް ކަމަށް،" ތަފާސްހިސާބުތައް ރައީސް ހާމަކުރެއްވި އެވެ.

ބައެއް ކަންކަން ކުރިއަށް ގެންދިޔަ ގޮތުންނާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން މަތިވާނެ ކަމަށް ބުނެ ވާދަވެރިން ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް ފެންނަ އޮތީ އެއާ ތަފާތު މަންޒަރު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސަރުކާރުން މި އަހަރު އެޅި އަޅަން ފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން 3.4 ގައި އިންފްލޭޝަން ހިފެހެއްޓިއްޖެ، ޔޫރަޕުގެ ގައުމުތަކުގައި އިންފްލޭޝަނަކީ ކޮބައިތޯ، 9 ޕަސެންޓު، އެހެންވީމާ ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ އެ ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

"ކިތަންމެ ބާރަށް ތަކެތީގެ ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ،"

ރައީސް އިތުރަށް ވިދާޅުވީ އޮޅުވާލަން ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް ޕްލޭނެއް އޮވެ ރޭވުންތެރިކަމާއެކު ކަންކަން ކުރުމުން އެ މަންޒަރު ފެންނާނެ ކަމަށެވެ.

އަދި ދެން ފެންނަނީ 2018 އިން ފެށިގެން 2028 އަށް އިގްތިސޯދު ދެ ގުނަވެ އާމްދަނީ ދެ ގުނަވާތަން ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސޯދަށް އައި ބަދަލުގެ ސަބަބުން ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ މި އަހަރު ވަނީ އއިތުރުކޮށްފަ އެވެ. އޭގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ އިތުރުން އައިއެމްއެފްއާއި ވޯލްޑްބޭންކްއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox