އާބާދީ ކުޑަވެގެން ބާކީވި ކޮޅުފުށްޓަށް ރައީސް ދެއްވީ ތަރައްގީގެ ޔަގީން ކަން

ކޮޅުފުށި ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކޮޅުފުށި ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އާބާދީ ކުޑަވީތީ ކުރީގެ ސަރުކާރުތަކުން ބާކީކޮށްފައި އޮތް ނަމަވެސް، ރަށަށް ބޭނުންވާ ތަރައްގީ ގެންނަވާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ.ކޮޅުުފުށީގެ ރައްޔިތުންނަށް މިއަދު ދެއްވައިފި އެވެ.

މ. އަތޮޅަށް ކުރައްވާ ކެމްޕެއިނު ދަތުރުފުޅުގައި ކޮޅުފުށީގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ޖަލްސާގައި ރައީސް ފާހަގަކުރެއްވީ މިއީ މީގެ 19 އަހަރު ކުރިން ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ރަށް ކަމެވެ.

"އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށް، މުޅި ރަށް އެކީގައިދޮވެލި، ރައްޔިތަކު ވަންނާނެ ގެއެއް ނެތް[އެ ދުވަހު]، އަދި ވެސް އެކަމުން އަރައިގަތުމަށް ޓަކައި ކުރަމުންދާ ހުރިހާ ކަމެއް ނިމުމަކަށް ނާދޭ، ރާޅާ އެކީގައި މުޅި ރަށް ދެ ބުރި ވެގެން ދިޔަ، ގެދޮރަށް ލިބުނު ގެއްލުން އެހާ ބޮޑު، ރައްޔިތުންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔަ،" އެ ދުވަސް ސިފަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެ ހުރިހާ ގެއްލުމާއެކު ވެސް މި ރަށުގެ ރައްޔިތުން ބޭނުންވީ މި ރަށް އަލުން އާރާސްތުކޮށްގެން ދިރިއުޅުން ފަށަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގައި-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު
ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގައި-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގައި-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

"ތިމާ އުފެދުނު ތަނެއްގައި ތިމާ ވަޒަންވެރިވެ އުޅުމުގެ ވިސްނުން ގިނަ އިންސާނުންގެ ހުރޭ، އަދި ކިތަންމެ ތަރައްގީ ވެފައި ހުރި ނަމަވެސް އެތަނެއް ދޫކޮށް އެމީހެއްގެ އަމިއްލަ އުފެދުނު ބިމަށް ހިޖުރަ ކުރުމަކީ އިންސާނީ ތަބީއަތް،" ރައީސް ވިދާޅުވި އެވެ.

މި ސަބަބަށް ޓަކައި ކޮޅުފުށީގެ އާބާދީ ކިތަންމެ ކުޑަނަމަވެސް، ރަށުގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ގާއިމްކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއަށް ފަހު ރައީސް އާ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާބާދީ ކުދި ރަށްރަށާ މެދު ގެންގުޅުއްވި ސިޔާސަތުގެ ހަނދާނެވެ.

"[އެ ސަރުކާރުން] މިރަށާ ދޭތެރެއަކު އެއްވެސް އުންމީދެއް ނެތް، ތިމަންނަމެންގެ އަމާޒަކީ ވަކި ވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްގީ ގެނައުން ކަމަށް ވިދާޅުވި،" އޭރުގެ ހަނދާން އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކޮޅުފުށީގައި -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު
ރައީސް ސޯލިހު ކޮޅުފުށީގައި -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

ރައީސް ސޯލިހު ކޮޅުފުށީގައި -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް އަސާސީ ހައްގުތައް ލިބެން ޖެހޭ މީހެއް ކަމަށާއި އެކަމުގައި އޭނާ ދިރިއުޅެނީ ކޮން ތަނެއްގައިތޯ ބަލަން ނުޖެހޭ ކަމަށެވެ.

"އެ މީހަކު ދިރިއުޅޭ ތަނެއް އެއީ ބަލަން ޖެހޭ ކަމެއް ނޫން، އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަނުގެ އަމާޒަކީ ތަސައްވުރަކީ އެއީ، މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން މިއައީ އެ އަމާޒަށް، ދަތިތަކާއި އުނދަގޫތައް ކުރިމަތިވި، އެހެންނަމަވެސް ގޮންޖެހުންތަކާއެކު މިހެން ހުރި ރަށްތަށަށް ހިދުމަތްތައް ފޯރުކޮށްދެވުނު،" ރައީސް ވިދާޅުވި އެވެ.

ކޮޅުފުށީގައި ސަރަރުކާރުން ހިންގައި ނިމިފައިވާ ބައެއް މަޝްރުއުތައް ރައީސް މިއަދު އިފްތިތާހުކޮށްދެއްވި އެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ފެނުގެ ނިޒާމާއި އަދި މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް އޭގެ ތެރޭގައި ހިމެނެ އެވެ.

ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގެ ކުރިން މަޝްރޫއުތައް ފައްޓަވައިދެއްވަނީ-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު
ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގެ ކުރިން މަޝްރޫއުތައް ފައްޓަވައިދެއްވަނީ-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

ރައީސް ކޮޅުފުށީ ކެމްޕެއިނު ޖަލްސާގެ ކުރިން މަޝްރޫއުތައް ފައްޓަވައިދެއްވަނީ-- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

އިތުރުން ވެސް މި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް މި ރަށުގައި ހިނގަމުން އަންނަ އިރު ބައެއް މަޝްރޫއުތައް ނިމިފައި ވެސް އެބަހުއްޓެވެ. ބޯހިޔާވަހިކަމަށް ބޭނުންވާ 100 ހައުސިން ޔުނިޓު އޭގެ ތެރޭގައި ހިމެނެ އެވެ.

ރައީސް ވިދާޅުވީ ދެ ވަނަ ދައުރެއްގައި އިތުރު 50 ހައުސިން ޔުނިޓު އިތުރުކޮށްދީ، ރައްޔިތުން ބޭނުންވާ އަދަދު ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. އަދި ތޮށި ޖަހައި މުޅި ރަށް ހިމާޔަތް ކޮށްދޭން ވެސް ވައުދުވެވަޑަިއގެންނެވި އެވެ.

ދެވަނަ ދައުރަކަށް ރައީސް ދެން ވެވަޑައިގެންނެވި ވައުދަކީ މަގު ހެދުމާއި ކައިރި ފަޅު ރަށެއްގައި ރިސޯޓެއް ގާއިމް ކުރުމެވެ.

ކެމްޕެއިނު ޖަލްސާގައި ރަށުގެ ކައުންސިލްގެ އާދަމް އަލީމް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ވެވަޑައިގެންނެވި ހަތް ރިޔާސީ ވައުދު ފުއްދަވައި، އިތުރު ހަ މަޝްރޫއެއް ވެސް ރަށުގައި ހިންގަވާފައިވާ ކަމަށެވެ. އެގޮތުން މި ރަށަށް އެކަނި 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

"މިއީ ރިކޯޑެއް، މީގެ ކުރިން އެއްވެސް ރިޔާސީ ދައުރެއްގައި މިހާ ގިނަ ޕްރޮޖެކްޓު މި ރަށުގައި ހިންގިފައިނުވޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ސުކޫލުގައި ގާިއމް ކުރި ކްލާސްރޫމާއި ހޯލު ހުޅުވައިދެއްވަނީ -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު
ސުކޫލުގައި ގާިއމް ކުރި ކްލާސްރޫމާއި ހޯލު ހުޅުވައިދެއްވަނީ -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

ސުކޫލުގައި ގާިއމް ކުރި ކްލާސްރޫމާއި ހޯލު ހުޅުވައިދެއްވަނީ -- ފޮޓޯ: މިރާޝް ނާޝީމް/ އަދަދު

އޭނާ ވިދާޅުވީ ކޮޅުފުށި މީގެ ކުރިން ހިމެނިފައި އޮތީ "އަޅާ ނުލާ ދޫކޮށްލާ" ކެޓަގަރީގައި ކަމަށެވެ.

"ޕީޕީއެމް ކެންޑިޑޭޓު އަބްދުﷲ ޔާމީން 2018ގައި ވަޑައިގެން ވިދާޅުވީ އެމަނިކުފާނު އިސްކަންދެނީ 2000 އިން މަތީގެ އާބާދީއަށް ކަމަށް ވިދާޅުވީ ރައްޔިތުންނަށް މާޔޫސްވި، އަޅުގަނޑުމެން ހިމެނިފައި އޮތީ އަޅާ ނުލާ ދޫކޮށްލާ ކެޓަގަރީގައި ކަމަށް ވާތީ، 100 ހައުސިން ޔުނިޓު ނޭޅޭ ކަމަށް[ވިދާޅުވި]،" އޭނާ ވިދާޅުވި އެވެ،

އޭނާ ވިދާޅުވީ ރައީސް ސޯލިހު ވަޑައިގެން އެ ތަސައްވަރު ބަދަލުކުރައްވައިފި ކަމަށާއި އާބާދީ ކުޑަވިޔަސް ބާކީނުކުރާނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށެވެ.

ރިޔާސީ ކެމްޕެއިނަށް 2018 ވަނަ އަހަރު ޔާމީން ވަޑައިގެން މި ރަށުގައި ދިރިއުޅެނީ 1400 އެއްހާ މީހުން ކަން ފާހަގަކޮށް ޔާމީން ވިދާޅުވީ އިސްކަންދެނީ ބޮޑެތި އާބާދީތަކަށް ކަމަށެވެ.

"ރަށްރަށުގެ އާބާދީއާއި، ރަށްރަށުގެ ބިމުގެ ބޮޑުމިނާއި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބަލާއިރު، އެކި ރަށްރަށުގައި އިސްކަން މި ދެވެނީ، މިކަހަލަ ކަންކަމަށް ބަލާއިރު، އާބާދީއަށް ބަލާފައި އެކި މިންވަރަށް،" ޔާމީން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox