ދައްކާ ކެންޑިޑޭޓެއްގެ ފަހަތުގައި ޑިމޮކްރެޓުން ސާބިތުވެ ތިބޭނެ، ބޭނުންވަނީ ވެރިކަން ބަދަލުކުރަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުަމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުަމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގެ އިރުމަތީ ބިތުން ސިޔާސީ އެތައް ކުލައެއް ފެނި، އެތައް ރާގެއް އިވިގެން ގޮސްފައިވެ އެވެ. ނަމަވެސް, ރޭގެ އެއްވުން ނުވަތަ ޖަލްސާ ވަރަށްވެސް ތަފާތެވެ.

މި އަހަރުގެ ޖަނަވަރީ 26 ގައި ހަމަ މި މައިދާނުގައި މިއަށްވުރެ ފޯރި ގަދަ ޖަލްސާއެއް ބޭއްވުނެވެ. ޕޯޑިއަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ޓައީ ހުރީ ރަންރީނދޫ ކުލައިގަ އެވެ. ވަށައިގެންވާ މާހައުލުވެސް ހަމަ އެ ކުލައިން ގުގުމާލާފަ އެވެ. ނުކުންނަވާ ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވާ "ޕާޓީ އަނބުރާ ހޯއްދެވުމަށެވެ.

ނަމަވެސް، ނަޝީދަށް ޕްރައިމަރީގައި ކުރިމަތިލައްވަން ޖެހުނީ ނާކާމިޔާބީ އާ އެވެ. އޭގެ ފަސް މަސް ކުރިއަށް މިރެއަށް ޖެހިލާނަމެވެ. އެމަނިކުފާނުގެ ޓައީ ހުރީ މަޑު ނޫ ކުލައެއްގަ އެވެ. ވަށައިގެންވާ މާހައުލުންވެސް ނޫ ކުލަ އެވެ. ޕްރައިމަރީގެ ނާކާމީޔާބީއަށްފަހު އެމްޑީޕީގެ ތެރެއިން އުފެދުނު 'ގޮފި' ސިޔާސީ ޕާޓީއަކަށްވީ އެވެ. ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ގުޅިވަޑައިގަތީ އެވެ.

އެއް ކެންޑިޑޭޓުގެ ވިސްނުމާ ޑިމޮކްރެޓުން ދުރެއް ނޫން

މި ދެ ރޭ ވެސް ނަޝީދުގެ ވާހަކަފުޅުގައި އެއްކަމެއް ތަކުރާރުކުރެއްވި އެވެ. މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމެވެ. ހަޔާތުގެ މިތުރު، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން އެއްގޮތަކަށްވެސް ހެޔޮނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ހަނދާން އާވަނޯ ނަޝީދު ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގައި ވިދާޅުވި ބަސްކޮޅެކެވެ.

ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ސަރުކާރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ސަރުކާރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ސަރުކާރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،"

ނަޝީދު ހުށަހެޅުއްވީ އިދިކޮޅު ހުރިހާ ފަރާތްތައް އެއް ކެންޑިޑޭޓެެއްގެ ފަހަތަށް ޖެހުމަށެވެ. މިރޭގެ ޖަލްސާގައި ބައިވެރިވި ޑިމޮކްރެޓުންނާ ދެކެވުނު ވާހަކަތަކުން އިނގުނީ އާންމު މެންބަރުންވެސް މިހާރު މިގޮތައް ލެނބިފައިވާ ކެމެވެ. ވީ ހަލެއްގައިވެ، ދެއްކި ކެންޑިޑޭޓެއްގެ ފަހަތުގައި ތިބެ ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް ޑިމޮކްރެޓުން ތައްޔާރެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް [ބޭނުންވެފައި] ޕާޓީން ދައްކާ ކޮންމެ މީހަކަށްވެސް ވޯޓު ދޭނަން،" އެމްޑީޕީ ދޫކޮށް ރޭ ޑިމޮކްރެޓްސްއާ ގުޅުނު ހުސެއިން ރަމީޒު، 46، ބުންޏެވެ. އޭނާ ބުނި ގޮތުގައި މި ވެރިކަމުގައި 2019 އިން ފެށިގެން ސަރުކާރުން އެމްޑީޕީގެ އަސާސްތަކާ ދުރުވާން ފެށި ހިސާބުން ޕާޓީއާ ފެޔަށް ޖެހެން ބޭނުންވި އެވެ.

ރަމީޒުގެ ވިސްނުމާ ދެން ދިމާވި 26 އަހަރުގެ ޒުވާނާވެސް އެއްބަސްވެ އެވެ. އަލީ ހުމެއިދު ބުނި ގޮތުގައި މިވަގުތު ގައުމަށް އެންމެ ރަނގަޅު ގޮތަކީ، އެންމެ ފައިދާހުރި ގޮތަކީ މި ވެރިކަން ނިމުމަކަށް ގެނައުމެެވެ.

"އަަޅުގަނޑަށް ރަނގަޅީ ރައީސް ނަޝީދު ކުރިމަތިލެއްވުން، އެކަމަކު އަޅުގަނޑަށް ރަނގަޅު ގޮތް ނުވެދާނެ، ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވިޔަސް އެހެން ކެންޑިޑޭޓަކު ވިޔަސް މި ވެރިކަން ބަދަލުކުރުން.. ރައީސް ސޯލިހު ވެރިކަމުން ބާލަން ވީހާލެއްގައި ވާނަން"

ޕީޕީއެމާއެކު މަސައްކަތް ކުރުމާ ޒުވާނުންވެސް ދެކޮޅެއް ނޫން

ނަޝީދު، އެމްޑީޕީގައި ހުންނަވާ "ފިކުރެއްގެ ދިރުން" ނަމުގައި ހެއްދެވި ގޮފިން ވެސް، އާ ސިޔާސީ ޕާޓީންވެސް ކުރި އެންމެ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ މިސްރާބާ ނުވަތު ކަމަކީ އިދިކޮޅު ޕީޕީއެމާއެކު މަޝްވަރާ ކުރުމެވެ.

މިއީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު އާންމު މެންބަރުންނަށް 'ޑީލް ބްރޭކާ' އަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ބުނަންވެސް ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑުކުރައްވާ ޕާޓީއަކާއެކު ނަޝީދުގެ ފަހަތުގައި ތިބި ޒުވާނުން މަސައްކަތް ކުރަން ބޭނުން ނުވާނެ ކަމަށްވެސް އަޑު ފެތުރުނެވެ.

ނަމަވެސް، ޒުވާން ޑިމޮކްރެޓުންނާ ދެކެވުނު ވާހަކަތަކުން އިވުނީ އެހެން އަޑެކެވެ. ޔާމީނާ އެކު، ޕީޕީއެމާއެކު ވިޔަސް މި ސަރުކާރު ބަދަލުކުރަން ޒުވާނުންވެސް ތިބީ ތައްޔާރަށެވެ.

ޑިމޮކްރެޓްސްގެ އާންމު މެންބަރުން : އެ ފަރާތްތަކުން ތިބީ ޕާޓީން ދައްކާ ކެންޑިޑޭޓެއްގެ ފަހަތުގައި ސާބިތުވާން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ޑިމޮކްރެޓްސްގެ އާންމު މެންބަރުން : އެ ފަރާތްތަކުން ތިބީ ޕާޓީން ދައްކާ ކެންޑިޑޭޓެއްގެ ފަހަތުގައި ސާބިތުވާން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސްގެ އާންމު މެންބަރުން : އެ ފަރާތްތަކުން ތިބީ ޕާޓީން ދައްކާ ކެންޑިޑޭޓެއްގެ ފަހަތުގައި ސާބިތުވާން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

"އާދެ [ދެ ޕާޓީ އެކުވެގެން ކެންޑިޑޭޓަކު ނެރުނަސް ތާއީދު ކުރާނަން].. ސަބަބަކީ މިހާރު މި އޮތް ވެރިކަން ކުރިއަށް ގެންދާ ގޮތް އަޅުގަނޑަށް ކަމުނުދާތީ.. މި ވެރިކަމުގައި ޒުވާނުންނާ ސަރުކާރާ ގާތް ގުޅުމެއް ނެތް، ފުރަތަމަ 2018 ގައި ވެރިކަމަށް އަންނަން އުޅުނު އިރު [ޒުވާނުންނަށޤ] ވީ ވައުދުތައް ވަނީ ނުފުއްދިފަ" މާސާ ހަސަން، 25، ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޭނުންވަނީ އިތުރު މީހެކެވެ. އާ ގޮތެކެވެ. ގުޅިގެން ނެރޭ ކެންޑިޑޭޓަކަށް ޑިމޮކްރެޓުން ނެރޭ ކެންޑިޑޭޓަކަސް ފަރުވާލެއް ނެތެވެ. މި ސަރުކާރުން ޒުވާނުންނަށް ވީ ވައުދުތައް ނުފުއްދުމުން ގިނަ ޒުވާނުން މާޔޫސްވެ ސިޔާސީ ފަރާތްތަކަށް އިތުބާރު ގެއްލެމުން ދިޔަ ނަމަވެސް، މާސާ ދެކޭ ގޮތުގައި ޑިމޮކްރެޓްސްއާ އެކު ޒުވާނުންނަށް އުންމީދެއް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox