ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް

ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް

އާޖެންޓީނާގެ އާންމު ރައްޔިތަކު ބިސް ކޭހެއް ގަންނަން ފިހާރައަކަށް ދިޔަ އެވެ. ބިސް ކޭސް ހިފައިގެން ކައުންޓަރާ ހަމައަށް ދިއުމުން އެނގުނީ، އާދަވެގެން ބިސް ކޭސް ވިއްކާ އަގަށްވުރެ މާބޮޑު ތަނުން ބިހުގެ އަގު މައްޗަށް ގޮސްފައިވާ ކަމެވެ. އެ ހިނދު އެ މީހާ ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅަކީ ބިސް ކޭސް ނެގި ތާނގައި ބިސް ކޭސް ބަހައްޓާފައި، ނުކުމެގެން ގެއަށް ދިއުމެވެ. އެ ގައުމުގެ ގިނަ ރައްޔިތުން ބިސް އަގު ބޮޑުވުމާމެދު ކަންތައް ކުރީ ހަމަ މިމޭރުމުންނެވެ. އިއްތިފާގަކުން ނޫނެވެ. އެއީ އެ ގައުމުގައި އަގުބޮޑުވާ ތަކެއްޗާ ގުޅިގެން ޒަމާނުއްސުރެ އޮތް ސަގާފަތެއް އެ ދުވަސްވަރު އަލުން ދިރިގެންދިޔައީ އެވެ.

އޭގެ ދެތިން ހަފުތާ ފަހެވެ. ބިސް ވިއްކާ ކުންފުނިތަކުގެ ވެހިކަލްތައް މަގުމަގުމަތީގައި ހުރި ފިހާރަތަކާ ހަމައަށް އައުމުން އެއްވެސް ފިހާރައަކުން ބިސް ނަގާކަށް އެއްބަހެއް ނުވި އެވެ. ކުރީ ދެ ހަފުތާގައި ގެނައި ބިސް އެއްވެސް ވަރަކަށް ވިކިފައިނުވާތީކަމަށް ބުނަމުންނެވެ. މަހެއް ދެމަހެއްހާ ދުވަސްވީއިރު، ބިސް އުފައްދާ ވިއްކާ ހުރިހާ ކުންފުނިތަކެއް މިކަމާމެދު ކަންބޮޑުވެ ސައްލާ ކުރަން ފަށައިފި އެވެ. ދެތިން ހަތަރު މަސް ވީއިރު، ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވާން ފަށައިފި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކުންފުނިތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހު، ކުރިން ހުރި އަގަށް ބިހުގެ އަގު ތިރިކޮށްފި އެވެ. ނަމަވެސް ރައްޔިތުންގެ ފަރާތުން ހަމަ އެއްވެސް ގޮތަކަށް އެދެވޭ ތަރުހީބެއް ނުފެނުނެވެ.

ނަތީޖާއަކަށްވެގެން ދިޔައީ ހުރިހާ ކުންފުނިތަކެއްގެ މެދުގައި މަޝްވަރާކުރުމަށް ފަހު، ރަސްމީކޮށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށްފަހު، ކުރިން ހުރި އަގުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ވެސް ބިހުގެ އަގު ދަށްކުރުމެވެ. މި ހާދިސާއަކީ އާޖެންޓީނާގައި ހިނގާދިޔަ ހަގީގީ ހާދިސާއެކެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުން ބިސް އަގުބޮޑުކުރުމުގައި ވިޔަފާރިވެރިން އެ ފަހަރު ގެންގުޅުނު ބޭއިންސާފަށް ނިމުން އައެވެ. އެގައުމުގެ ރައްޔިތުން އެކަމާމެދު ގެންގުޅުނު އާދަކާދައާއި ސަގާފަތުގެ ސަބަބުންނެވެ. އާދޭހެވެ. އާޖެންޓީނާގައި އޭރުވެސް ހައްލު ނުލިބިވާ ކިތަންމެ މައްސަލައެއް ހުރެދާނެ އެވެ. އެކަމަކު އެދުވަސްވަރު އެފެދުނު ބިސް އަގު ބޮޑުވުމުގެ ކާރިސާއަށް ނިމުން އެ އައީ ރައްޔިތުން އަމަލުކުރި ގޮތުގެ ސަބަބުންނެވެ. އެއްވެސް ގައުމެއްގައި ދިމާވާ ކޮންމެ މައްސަލައެއްގެ ކުރިމަތީގައިވެސް އެ ގައުމެއްގެ ރައްޔިތުން ސާބިތުކަމާއި ކެރުމާއެކު މިފަދަ ގޮތަކަށް އިޖާބަދޭނަމަ، އެގައުމެއްގައި ހައްލުނުވާނެ މައްސަލައެއް އޮންނާނެކަމުގައި ނުފެނެ އެވެ.

އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި، މާތް ﷲ ވަޙީކުރައްވާ އަންގަވާފައިވެއެވެ. "ބަޔަކު މީހުން އެބައިމީހުންގެ ނަފުސުތަކުގައިވާ ކަންކަން ބަދަލުކޮށްފުމަށް ދާންދެން، ﷲ އެބަޔެއްގެ ކަންތައް ބަދަލުނުކުރައްވާނެއެވެ." އިސްވެދިޔަ ހަގީގީ ހާދިސާއަކީ މި މިއާޔަތުގައި ބަޔާންކުރާ ހަގީގަތުގެ މައްޗަށް އަލިކުރާ މިސާލެކެވެ. އެގައުމުގެ ރައްޔިތުން އެ ބައިމީހުންގެ ނަފުސުތަކުގައި ކުކުޅު ބިސްކެއުމަށް އޮތް އެނދުންވެރިކަން ކުޑަކޮށްލީ އެވެ. އިސާހިތަކު އެބައިމީހުންގެ މައްސަލަ ހައްލުވެގެންދިޔައީ އެވެ.

ކުރިޔަށް މިއޮތް ދެތިން މަސް ދުވަހަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުން ވަރަށް މުހިންމު ކަމެއްގެ ނިންމުން އެ މައްޗަށް ބިނާވާނެ ދުވަސްވަރެކެވެ. ކުރިޔަށް އޮތް ތިން މަހެއްހާ ދުވަސްތެރޭގައި އަޅުގަނޑުމެންނާ ބައްދަލުކުރާނެ ދުވަހަކީ، ކުރިޔަށް އޮތް ފަސް އަހަރު ދުވަހު އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރުމަށް އައްޔަންކުރާނޭ މީހަކު ކަނޑައެޅުމުގެ ބޮޑު ދުވަހެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް އެންމެންނަށްވެސް އެނގެ އެވެ. ހައްލުނުކުރެވުނު މަސްތުވާތަކެތީގެ މައްސަލަ އެވެ. ގޭންގުތަކުގެ މައްސަލަ އެވެ. ތަޅާފޮޅުމާއި މާރާމާރީތަކުގެ މައްސަލަ އެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުތައް ކުރެވޭ ޕްރޮޖެކްޓްތަކަށް ކުރެވޭ ހޭދައިގެ ދެބައިކުޅަ އެއްބައި ބަޔަކު މީހުންގެ ޖީބަށް ވަންނަ މައްސަލަ އެވެ. މުއައްސަސާތަކުގެ ނިންމުންތަކުން ކޮރަޕްޝަންގެ ކުނިތައް ފިލުވައި ސާފުނުކުރެވުނު މައްސަލަ އެވެ. ގައުމުގެ އާބާދީއަށްވުރެ ބިދޭސީން ގިނަވުމާއި، ހުއްދައެއް ހަމަޔެއް ލަމައެއް ނެތި ދިވެހި ވިޔަފާރިތައް ވެސް ހިސޯރުކޮށް އަޅުވެތިކުރުމާ ހަމައިގައި އޮތް ބިދޭސީންގެ މައްސަލަ އެވެ. ގޯތި ގެދޮރުގެ މައްސަލަ އެވެ. ވަކީން ހާއްސަކޮށް ސިޔާސީ މީހުންނާއި ސިޔާސީ މައިދާންތަކުގައި ދޮގާއި މަކަރާއި ހީލަތާއި ރިޝްވަތު އާންމުވެ އެކަމަކީ އަހަރެމެންގެ ސަގާފަތާއި އާދަކާދައަށް ބަދަލުވަމުންދާ އަހުލާގީ މައްސަލަ އެވެ.

މިއިން ކޮންމެ މައްސަލައެއްގެ ހައްލުކަމުގައި ބުނެ އެތައް ހުށަހެޅުމެއް ކުރިޔަށް މި އޮތް ތިން މަހެއްހާ ދުވަހުގައި އެތައް ދުލަކުން އަޑުއިވޭނެ އެވެ. ނުކުރާންވީ ކަމަކީ، މަދު ފައިސާކޮޅަކަށް ތިމާގެ ވޯޓު ވިއްކާލުމެވެ. ކިއެއްތޯ އެވެ! ކިތަންމެ ގިނަ ފައިސާއަށްވިޔަސް ތިމާގެ ނަފުސާއި ޒަމީރު ވިއްކާނުލުމެވެ. ތިމާމެންގެ މައްޗަށް ވެރިޔަކު އިހުތިޔާރުކުރުމުގައި، ތިމާގެ މަސްލަހަތަށް އެންމެ ގިނަ ކާނާ ލިބޭނެ މަގެއް ހިޔާރުކުރުމުގެ ބަދަލުގައި އިންސާފާއި ޒަމީރުގެ އަޑަށް އިސްކަންދިނުމެވެ.

އަޅުގަނޑުމެން އެދޭ ހެޔޮވެރިކަމާއި ބާއްޖަވެރި މުސްތަގުބަލު އޮތީ އަޅުގަނޑުމެންގެ ނަފުސުތައް ބަދަލުކުރުމާ ގުޅިފަ އެވެ. އެ ނަފުސުގެ އެދުންވެރިކަން ކުޑަކުރުމާއި ލާމެހިފަ އެވެ. ސިޔާސީ މީހުންގެ ލަދެއް ހަޔާތެއް އަގަލެއް ނުހުންނަ ކަމުގެ މައްޗަށް ވަރަށް ގިނަ ރައްޔިތުން ޝަކުވާކުރާތީ އަހަމެވެ. އެކަމަކު އެކިޔާ ސިޔާސީ މީހުންގެ ބާރާއި ނުފޫޒު ބޮޑުވެގެންދަނީ އެބައިމީހުންގެ ބާރުވެރިކަމަށް ރައްޔިތުން ކުރާ ތާއީދެއްގެ ސަބަބުން ނޫން ހަމަ އެހެން އެއްވެސް ކަމެއް އޮވެގެންނެއް ނޫނެވެ.

ކިތަންމެ ނުބައި މީހަކު ވެރިޔެއްކަމުގައި ހުއްޓަސް ހެޔޮ ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއްގެ ވާހަކައަކީ އިސްލާމްދީން ދަންނަ ވާހަކައެއް ނޫނެވެ. އިންސާނީ މުޖުތަމައުތައް ކާމިޔާބުވުމާއި ނުވުން ގުޅިފައި އޮންނަނީ އެމުޖުތަމައެއްގައި އުޅޭ އާދަމުގެ ދަރީންގެ ހުންނަ އަހުލާގަކާ އެވެ. އިސްލާމްދީން ބާރު އަޅަނީ، އިސްލާހީ މަސައްކަތް ތިމާގެ ނަފުސާއި ހަމައިން ފެށުމަށެވެ. ކިއެއްތޯއެވެ. މުޅި ގައުމުގެ އިސްލާހީ މަސައްކަތަކީ ތިމާގެ ނަފުސު އިސްލާހްކުރުމުގެ މަސައްކަތުން އެޅޭ ބިންގަލުގެ މައްޗަށް ނޫން ހަމަ އެހެން އެއްވެސް ގޮތަކަށް ބިނާކުރެވޭނެ ބިނާއެއް ނޫންކަމަށް ކީރިތި ގުރުއާނުގެ އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުން ސާފު ދަލީލުލިބެއެވެ. އެއާޔަތުގެ މާނަ އިސްވެ ހިނގައެއްޖެ އެވެ. އެއާޔަތުގެ މާނައިގައި ޅެންވެރިޔާ ވިދާޅުވެފައިވާ ބަސްފުޅަކީ އަޅުގަނޑުމެންގެ ޝިއާރަށް ހަދަމާތޯއެވެ.

"ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ގައުމެއްގެ ހާލާތެއް: ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox