ގުރައިދޫ ދާއިރާ ރީނދޫވެއްޖެ؛ އިންތިހާބުގައި ތާއީދު ލިބޭނެކަން ރައީސަށް ޔަގީން

ގުޅީ ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ؛ ވިދާޅުވީ ގުރައިދޫ ދާއިރާގެ ތާއީދު ލިބޭނެ ކަން ޔަގީންވާ ކަމަށް--ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ގުޅީ ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ؛ ވިދާޅުވީ ގުރައިދޫ ދާއިރާގެ ތާއީދު ލިބޭނެ ކަން ޔަގީންވާ ކަމަށް--ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ގުރައިދޫ ދާއިރާ މިއަދު "ރީނދޫ" ވެފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ނެގުމުގައި މި ދާއިރާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގުރައިދޫ ދާއިރާގެ ކެމްޕެއިނަށް މިހާރު ގުޅިއަށް ކުުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ވެސް ގުޅިއަކީ އެމްޑީޕީ އަގުލައްބިއްޔަތު އޮންނަ ރަށެއް ނަމަވެސް ދާއިރާގެ ތިން ރަށް އެއްކޮލުމުން އެ މަންޒަރު އޮތީ ތަފާތުކޮށް ކަމަށެވެ.

"މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ އަބަދުވެސް އެހެން ޕާޓީއެއްގެ ގޮނޑިއެއް، އެހެންނަމަވެސް މިދިޔަ ރޯދަ މަހުގެ ތެރޭގައި ބޭއްވުނު ބައި އިލެކްޝަނުން މި ދާއިރާ މިހާރު މިވަނީ ރީނދޫ ވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން ސަރުކާރުން މި ދާއިރާގެ ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ އުފާ އިހުސާސްވެފައިވާ ކަމަށެވެ.

ގުޅީ ކެމްޕެއިނު ޖަލްސާގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ގުޅީ ކެމްޕެއިނު ޖަލްސާގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ގުޅީ ކެމްޕެއިނު ޖަލްސާގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ކާމިޔާބުކުރާއިރު، މި ދާއިރާއަކީ ހިމެނިގެންދާނެ ދާއިރާއެއް ކަމަށް ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ދެ ވަނަ ދައުރެއްގެ ކެމްޕެއިނަށް އައީ 90 ޕަސެންޓުގެ ވައުދު ފުއްދާފައިވާ ކަމަށާއި އެހެން ވައުދުތަކުގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ގުޅީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބިން ހިއްކުން އެ މަސައްކަތް ވަނީ އެމްޓިސީސީއާ ހަވާލުކޮށްފައި، އަމަލީ ގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް ހޮވިއްޖެނަމަވެސް، ރައްޔިތުން މިއަދު އެދުނު ގޮތަށް ރަށުގެ ބަނދަރު ތަރައްގީކޮށްދީ، އޭޓީއެމް ގާއިމްކޮށް، ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ގުރައިދޫ ދާއިރާ އަކީ ޑީއާރުޕީ ޒަމާނުއްސުރެ "އެމްޑީޕީއާ ދެކޮޅު" ދާއިރާ އެކެވެ. މިދިޔަ 14 އަހަރު ވެސް ރައްޔިތުންގެ މަޖލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވީ އެމްޑީޕީއާ ދެކޮޅު ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަރުހޫމް އިބްރާހީމް ރިޒާ އެވެ.

ނަމަވެސް މިި އަހަރު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒް ވަނީ ތާރީހީ ބޮޑު މޮޅެއް ހޯއްދަވައި އެކަން ބަދަލުކުރައްވައިފަ އެވެ.

ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި މި ދާއިރާގެ ހުރިހާ ރަށަކަށް ރައީސް މިއަދު ވަޑައިގަންނަވާނެ އެވެ. އެގޮތުން މިއަދު ހަވީރު ގުރައިދޫއަށް ވަޑައިގަތުމަށް ފަހު، މިރޭ ވަޑައިގަންނަވާނީ މާފުއްޓަށެވެ. ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭ މާފުށީގައި ބާއްވާ ބޮޑު ޖަލްސާއިންނެވެ.

ރައީސްގެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ކޯލިޝަން ލީޑަރު އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox