ޔޫކްރެއިންގައި ދިން މިސައިލް ހަމަލާއެއްގައި ރަަޝިއާގެ އަސްކަރީ ޖެނެރަލެއް މަރުވެފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ލެފްޓިނެންޓް ޖެނެރަލް އޯލެގް ސޮކޯވް މަރުވީ ޔޫކްރެއިންގެ ދެކުނުގައި ރަޝިއާއިން ކޮންޓްރޯލް ކުރާ ބޭޑްޔާންސްކްގައި ރަޝިއާ އަސްކަރީ ކޮމާންޑަރުން ދިރިއުޅޭ ހޮޓަލަކަށް ދިން ހަމަލާއެއްގަ އެވެ.
ރަޝިއާގެ އަސްކަރީ މަސްދަރުތަކުން އެ ހަބަރު ކަށަވަރުކޮށްދިން ނަމަވެސް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.
ސޮކޯވްއަކީ ރަޝިއާގެ ދެކުނު އަސްކަރީ ޑިސްޓްރިކްޓުގެ ޑެޕިއުޓީ ކޮމާންޑަރެވެ. ރަޝިއާގެ ޗެނަލަކުން ބުނީ އޭނާ މަރުވީ އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދިން "ސްޓޯމް ޝެޑޯ" މިސައިލް ހަމަލާއެއްގައި ކަމަށެވެ.
ޔޫކްރެއިން ހަނގުރާމައިގެ ކުރީކޮޅި ސޮކޯވްއަށް ބޮޑު އަނިޔާތަކެއް ލިބުނު ނަމަވެސް، ރަޝިއާގައި ފަރުވާ ހޯދުމަށް ފަހު އެނބުރި ހަނގުރާމައިގެ މައިދާނަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.










