ރިސޯޓް ކްރިކެޓް ތަށި ގެންދިޔައީ ވަން އެންޑް އޮންލީ ރީތި ރަށުން

Jul 12, 2023, 5:36 PM
ރިސޯޓް ކްރިކެޓް ތަށި ގެންދިޔައީ ވަން އެންޑް އޮންލީ ރީތި ރަށުން

އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށުން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި މިއަދި ބޭއްވި މި އަހަރުގެ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި ވަނީ ޖުމްލަ އަށް ރިސޯޓަކުން ވާދަކޮށްފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދީ ފައިނަލުގައި ވިލަމެންދޫ އައިލޭންޑާ ބައްދަލުކޮށް 49 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގައި ގުރުދިމާވުމުން ރީތި ރަށުން ނިންމީ ކުޅެން އެރުމަށެވެ. ކުޅެންއަރައި 6 އޯވަރުގައި 115 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑު ހެދި ޖަޔަންތަ އާއި 22 ލަނޑު ހެދި ސަމަން މުނަވީރަ އަދި 23 ލަނޑު ހެދި ސަތީޝް އެެވެ. މި އިނިންގްސްގައި ވިލަމެންދޫ އައިލޭންޑުން އެންމެ ރަގަޅަށް އުކީ 29 ލަނޑަށް އެއް ވިކެޓް ނެގި ސެލްވަރާޖް އާއި 19 ލަނޑަށް އެއް ވިކެޓް ނެގި ސަތިޔާ ކުމާރު އެވެ.

ޖަވާބުގައި ވިލަމަންދޫ ކުޅެންއަރައި 6 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ލަނޑު ހެދި އަނީސް އެވެ. ރީތި ރަށު ޓީމުން އެންމެ ރަގަޅަށް އުކީ 14 ލަނޑަށް އެއް ވިކެޓް ނެގީ ސަތީޝް އާއި ހަ ލަނޑަށް ދެ ވިކެޓް ނެގި ޖަގަތު މިލޯން އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީތި ރަށުގެ ސަތީޝް އެވެ.

މުބާރާތުގެ އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ބެޓްސްމަނަކީ ކުރުނބާ މޯލްޑިވްސްގެ ސަނަކާ އެވެ. މުބާރާތުގެ އެންމެ މޮޅު ބޯލަރަކަށް ވިލަމެންދޫގެ ޖަޔަން ޗަތުރާންގަ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ފީލްޑަރަކީ ރީތި ރަށުގެ ޕަސިންދު އަސިރި އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަތަރު ވަނަ އަށް ދިޔަ ކުރުނބާގެ ސަނަކާ އެވެ.

މިއީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ބޭއްވި 14 ވަނަ ކްރިކެޓް މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox