ނަޝީދު އިސްނަންގަވައިގެން ނިޒާމު ބަދަލު ކުރަން ޑިމޮކްރެޓްސް ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން، މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރަންވީ ގޮތުގެ ހިޔާލު މިހާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ތެރެއިން ފަށައިފި އެވެ.

"ގާނޫނުއަސާސީއަށް ގެންނަން ފެންނަ ނިޒާމީ ބަދަލުތައް"ގެ ނަމުގައި ޑިމޮކްރެޓުންގެ މައި ހަރުގޭގައި މިރޭ ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ޑިމޮކްރެޓްސް ސިޔާސަތެއް ކަމަށެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުން ޑިމޮކްރެޓުން މިހާރު ކުރިއަށްގެންދަނީ ނިޒާމު ބަދަލު ކުރާނެ ގޮތުގެ ހުށަހެޅުމެއް އެކުލަވާލުމުގެ މަސައްކަތެވެ. އަދި ވިސްނުން ހުރި ގޮތް ހާމަ ކުރައްވައި ޑްރާފްޓް ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅުއްވި އެވެ.

Advertisement

އެ ޕްރެޒެންޓޭޝަންގައިވާ ގޮތުން، ވިސްނުން ހުރީ، އަތޮޅުތަކާއި މާލެއަށް 55 ގޮނޑި ހާއްސަ ކުރާށެވެ. ބާކީ ބައި އަންހެނުންނަށް، މަސްވެރިކަން އަދި ޓޫރިޒަމް ފަދަ އިގްތިސާދީ މަސައްކަތްތަކަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގޮނޑިތަކަށް ބަހާލާނެ ގޮތް ހުށަހެޅި އެވެ.

ރިޔާސީ އިންތިހާބަށް އެ ނުކުތާއާއެކު ނުކުންނަ އިރު ޕާޓީއަށް ލިބޭ ވޯޓުތަކަކީ އެ ސިޔާސަތަށް ދިން ވޯޓުގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެކަން [ގާނޫނު އަސާސީ އިސްލާހު] ކުރުމަށް ބޭނުންވޭ، މަޖިލީހުގެ 65 ވޯޓު. އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުން ވަކި ގޮތަކަށް ވޯޓު ދިނީމާ މަޖިލިސް މެމްބަރުން އެގޮތަކަށް ވޯޓު ދިނުން އެއީ ރަނގަޅު ގޮތަކީ،" ނަޝީދު ވިދާޅުވި އެވެ.

ޕާޓީ ތެރޭގައި މަޝްވަރާކޮށްފައި މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ގޮތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުށަހެޅުމެއްގެ ސިފައިގައި އެކުލަވާލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އޭރަށް އިންތިހާބަށް ދާއިރު މި މައްޗަށް ބިނާވެ ޑިމޮކްރެޓުންނަށް މީހުން ވޯޓު ދިނުމަށް ނިންމާ ނިންމުމެއް އަތުވެދާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް
ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

ނަޝީދު ވިދާޅުވި ގޮތުގައި ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ދައްކަން ޖެހެނީ މަޖިލިސް މިހާރު ކުރިއަށްދާ ގޮތުން މުޅި ރާއްޖެ ތަމްސީލު ނުވާތީ އެވެ. އަދި ފާއިތުވި ފަސް އަހަރު ފެނުނީ ކޮންމެ ދާއިރާއެއްގެ މެމްބަރު އޭނާގެ ރަށުގައި ހިނގަން ނިންމާފައިވާ ދެތިން މަޝްރޫއެއްގެ ވާހަކަ ތަކުރާރުކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"މީގެ އެންމެ ބޮޑު އެއް ބޭނުމަކަށް އަޅުގަނޑުމެންނަށް ވެގެން މި އުޅެނީ މުޅި ރާއްޖެ ތަމްސީލު ނުވާތީ. އެތަނުގައި އިނދެގެން ހަމަ ނެރު ފައިކައްޓެއްގެ ވާހަކަ ނޫން ވާހަކައެއް އަޅުގަނޑު މިދިޔަ ފަސް އަހަރު އަޑެއް ނާހަން،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ހުށަހެޅި ބައެއް ހިޔާލު:

  • ބަރުލަމާނީ ނިޒާމެއް ގާއިމްކޮށް، މަޖިލީހުގެ އަޕާ ހައުސްއަކާއި ލޯވާ ހައުސްއެއް ހެދުން
  • މެމްބަރުކަމުން ވަކި ކުރަން ޖެހޭ ކަމަށް ދާއިރާގެ ރައްޔިތުންނަށް ފެނިއްޖެ ނަމަ ވަކިކުރެވޭނެ އުސޫލެއް ގާއިމް ކުރުން
  • ޕާޓީތަކުން އަންހެނުންނަށް ވަކި ޕަސެންޓެއް ހާއްކޮށްގެން ކެންޑިޑޭޓުން ނެރުން
  • މަޖިލިސް މެމްބަރުން ގަޑިއަށް ދާން ޖެހޭ އަދި ގަޑިޖެހޭނެ ބަޔަކަށް ހެދުން
  • މަސްވެރިކަން، ޓޫރިޒަމް، ދަނޑުވެރިކަން ފަދަ ދާއިރާތަކަށް މަޖިލީހުން ގޮނޑި ކަނޑައެޅުން
  • ފެޑެރަލް ނިޒާމެއްގެ ދަށުން ރާއްޖެ ލާމަރުކަޒީ ކުރުން
  • މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރުން

"ބޭނުންވަނީ ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭ ނިޒާމެއް"

ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން އުޅޭ އެއްވެސް ޕާޓީއަކުން ސިޔާސަތެއް ހުށަހަޅަން އުޅޭ ތަނެއް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. މުހިންމީ ކެންޑިޑޭޓުން ނޫން ކަމަށާއި ސިޔާސަތުތައް ކަމަށް ނަޝީދު ވިދާޅުވި އެވެ. "ކޮންމެ މީހަކު ލިޔަސް" އޮންނަނީ ގޯސްވެފައި ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކުރަން އުޅޭ ކަމަކީ ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއް އުފެއްދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް
ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް

"އަޅުގަނޑުމެން ކޮންމެ މީހަކު ލީމަ ވެސް ގޯސް މިވަނީ. އަދި ރަނގަޅު މީހަކު ވަން ކަމަކަށް ނުވޭ. އެހެންވީމަ، އަޅުގަނޑުމެން މި އުޅެނީ ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއް ތައްޔާރުކުރުން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮންމެ މުޖުތަމައެއްގައި ވެސް ރަނގަޅުވަނީ މީހުން ނޫން ކަމަށާއި ރަނގަޅު ވަނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމެވެ. އެމަނިކުފާނު ވިދާޅުވީ، ބޮރިސް އިސްތިއުފާ ދެއްވީ ރަނގަޅުކަމުން ނޫން ކަމަށާއި އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox