ހުލާސާކޮށް އިއްޔެ: ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުން

Jul 10, 2023, 1:26 AM
ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން. -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން. -- ފޮޓޯ: އެމްޑީޕީ

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބަރާބަރު 60 ދުވަހަށް ވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫ، މަރޮށި، ނޫމަރާ އަށް ވަޑައިގަތުމަށް ފަހު ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބޭއްވީ އެ އަތޮޅު ފޯކައިދޫގަ އެވެ.

އެ ޖަލްސާގައި ސޯލިހު ވިދާޅުވީ ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ވާދަ ކުރެއްވުމުގެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ކަމަށާއި އަދި 2023 ގައި ވާދަ ކުރެއްވުމަށް ތާއިދުކޮށް ފުރަތަމަ ހާމަކުރި ރަށަކީ ފޯކައިދޫ ކަމަށެވެ.

ށ. އަތޮޅުގެ ހަތަރު ރަށަށް ވަޑައިގެން ގިނަ ޕްރޮޖެކްޓުތަކެއް އިފުތިތާހުކޮށް ދެއްވިއިރު، އެ ރަށްތަކަށް އާ ވައުދުތަކެއް ވެސް ވެވަޑައިގަތެވެ. އަދި 2018 ވަނަ އަހަރުގެ ކެމްޕެއިންގެ މުޅި ރާއްޖެއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 90 ޕަސެންޓުގެ ވައުދު ކުރިއަށްދާ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހަތަރު ރަށުގައި ވެސް ވާހަކަ ދައްކަވަމުން ދެ ވަނަ ދައުރަކަށް ވޯޓު ދޭންޖެހޭ ސަބަބު ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ. އެގޮތުން ފޯކައިދޫގައި ރޭ ވިދާޅުވި ވާހަކަތަކުގެ ތެރޭގައި، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަންކަން ވެގެންދިޔަ ގޮތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހައްމަލު ކުރަންޖެހުނު އަނިޔާވެރިކަން އިޔާދަވިޔަ ނުދިނުމަށް އެ މަނިކުފާނު ވެރިކަމަށް ގެނައުން މުހިންމުކަމަށް ފާހަގަ ކުރެއްވެވި އެވެ.

"ދެހާސް އަށެއްގައި ކޯލިޝަނަކާއެކު އިންތިހާބު ކުރި އެމްޑީޕީ ވެރިކަމުގައި ކަންތައް ހިނގައިދިޔައީ ކިހިނެއްތޯ، ކޯލިޝަނަށް ވީ ކިހިނެއްތޯ، އެންމެ 21 ދުވަސް ތެރޭ ކޯލިޝަން ރޫޅުނީ، އުމުރު ހަމަ ނުވަނީސް ސަރުކާރު ވެއްޓި ދިޔައީ، އޭރުގެ ނައިބު ރައީސް ވެރިކަމަށް ވަޑައިގެންނެވީ،" އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވެ ރައީސް ސޯލިހު ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން، އެމްޑީޕީގެ މެމްބަރުންނާއި ގައުމު ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާފަދަ ބިރުވެރިކަމެއް ކަމަށް، އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، މިހާރުގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

މިސާލު ދެން ނެންގެވީ 2013ގެ އިންތިހާބުން ވެރިކަމަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީންގެ ވެރިކަމުންނެވެ. ޔާމީން ވެސް ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެން، މާ ގިނަ ދުވަހެއް ނުވެ އެ ކޯލިޝަން ރޫޅިގެން ދިއުމުން ކަން ވެެގެން ދިޔަ ގޮތުގެ ވާހަކަ ފާހަގަ ކުރެއްވެވި އެވެ.

"ދެން ރާއްޖެ ކުރިމަތިލާން ޖެހުނީ ކޮން ފަދަ ބިރުވެރިކަމަކާތޯ، ސިޔާސީ ވެރިން ތިއްބަވަން ޖެހުނީ ކޮންތާކުތޯ، ނޫސްވެރިންނަށް ވީ ކިހިނެއްތޯ، ކޯޓުތަކަށް ހެދީ ކިހިނެއްތޯ،" އެ ދުވަސް ސިފަ ކުރައްވަމުން އޭރު ޖަލަށް ވެސް ލެއްވި ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދާއި ޔާމީންގެ ވެރިކަމުގައި ކޯލިޝަން ފެއިލްވެގެން ދިޔުމުން މިސާލު ނެންގެވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކޯލިޝަން ދަމަހައްޓާފައިވާ ކަމަށެވެ.

"މި ފަސް އަހަރު ވެސް ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން، އެހެން ސަރުކާރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މި ކޯލިޝަން އެބައޮތް، ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އުފަލާ ހިތްހަމަޖެހުމަކީ މި ކޯލިޝަން ދެމިއޮތުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރު މިސާލެއް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ. ވޭތުވެދިޔަ އިންތިހާބުތަކާއި މިފަހަރުގެ އިންތިހާބުގެ ތަފާތެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ވެރިކަމުގައި އޮންނަ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކަމެވެ. އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާއިރު، 2023 ގެ ކޯލިޝަން ޕާޓުނަރުންގެ ގޮތުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެބަ އޮތެވެ. އެއީ މީގެ ކުރިން ވެރިކަން ކުރި އެއްވެސް ވެރިޔަކަށް ވެފައި ނެތް ކަމެއް ކަމަށާއި، ވެރިކަމުގައި އޮންނަ ޕާޓީ އަބަދުވެސް އޮންނަނީ ކޯލިޝަން ހަދާނެ ބައެއް ނެތި، "އެކަނި" ވެފައި ކަމަށް ރައީސް ފާހަގަ ކުރެއްވެވި އވެެ.

"ވެރިކަމުގައި އޮންނަ ޕާޓީއަކާއެކު މީގެ ކުރިން ކޯލިޝަން ހަދާނެ ބަޔަކު ނުވޭ، އިންތިހާބަށް ކުރިމަތިލަނީ އެކަނި، ދެން އޮތް ހުރިހާ ޕާޓީތަކުން އަރަނީ އެކަތިގަނޑަކަށް ވެރިކަން ބަދަލުކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީއޭއަށް ތައުރީފު ކުރައްވައި ރައީސް ވިދާޅުވީ، "އެއީ ގައުމަށް ހެޔޮ އެދިގެން ތިބި ބޭފުޅުން" ކަމަށާއި އެ ޕާޓީތަކުން ރައްޔިތުންނަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރިޔާސީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ރައީސް ސޯލިހު ނުކުންނަވައި، އެ މަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވިއްކާ ފިތުނަ ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.

މިއަދަކު ދިވެހި ރައްޔިތުންނެއް އެ ފިތުނައެއް ބަލައެއް ނުގަންނާނެ. އަޅުގަނޑުމެންނާ ވާދަ ކޮށްލައްވަން ބޭނުންފުޅުވާ ކަމަށް ވަންޏާ ނިކަން ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުމެވަޑައިގަން ބައްލަވާ. އެހެން ނޫނީ ބޮޑުތަނުން އެ ވަނީ ބަލިވެފައި،"

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވާހަކަ ދައްކަވާ ނިމުމުން ރައީސް ސޯލިހު އޭނާއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ
ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވާހަކަ ދައްކަވާ ނިމުމުން ރައީސް ސޯލިހު އޭނާއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވާހަކަ ދައްކަވާ ނިމުމުން ރައީސް ސޯލިހު އޭނާއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox