ނަޝީދު އަނެއްކާ ވެސް ބަރުލަމާނީގެ ވާހަކަ؛ "ގެންނަންވީ ވެރިން ރަނގަޅުވުން މަޖުބޫރުވާނެ ނިޒާމެއް"

ދަ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ. ގޮވާލެއްވީ ވެރީން ރަނގަޅުވުން މަޖުބޫރު ނިޒާމެއް ގެނައުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދަ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ. ގޮވާލެއްވީ ވެރީން ރަނގަޅުވުން މަޖުބޫރު ނިޒާމެއް ގެނައުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ ރައްޔިތުންނަށް ކިތަންމެ ވެރިންނެއް ފެނިއްޖެ ކަމަށާއި، ހަމަނުޖެހި އޮތް ކަމަކީ ކޮންމެ ވެރިޔަކަށް ވިޔަސް ދިވެހި އާންމު ރައްޔިތުންނަށް ރަނގަޅުވުން މަޖުބޫރު ވާނެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ ފަހަތުގައި ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 17 އަހަރު ހޭދަކުރެއްވި ސިޔާސީ ޕާޓީ، އެމްޑީޕީން ނުކުންނަން ޖެހުނީ ވެރިކަމުގައި އަދި ޕާޓީ ހިންގުމުގައި އިސްކޮށް ތިބި ފަރާތްތައް އެ ޕާޓީގެ ސިޔާސަތުތަކާ ދުރަށް ޖެހި ހިޔާނާތުގެ ނެޓުވޯކަކަށް ޕާޓީ ބަދަލުވުމުން ކަމަށެވެ.

"އަޅުގަނޑު ވެސް އެމްޑީޕީ ދޫކޮށް ދިޔައީ، ޕާޓީގެ ސިޔާސަތުތައް، ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ، މުޅީން އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރުން ޝާމިލުވެގެން ދިޔުމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ހިޔާނާތުގެ ނެޓްވޯކެއްގެ ލަތްގަނޑުގައި ޖެހޭކަށެއް،"

ދަ ޑިމޮކްރެޓްސްގެ މަސައްކަތަކަށް އޮތީ ދިވެހީން ބޭނުންވާ ކަންކަން ހާސިލްކުރުމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ހިމެނޭ ސިޔާސަތުތައް ހޯދުން ކަމަށް ކުރިން ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މާޒީގެ ދިގު ތާރީހުގައި ވެރިޔަކީ ވަކި މީހެެކޭ ބުނެ ދައްކަން ދަތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދު ޑިމޮކްރެޓްސް އުފައްދާ މީހުން މަސައްކަތް ކުރަނީ ކޮންމެ ވެރިޔަކަށް ވެސް ރަނގަޅުވާން މަޖުބޫރު ސިޔާސަތެއް ހޯދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ރާއްޖޭގައި ވެރިކަންކުރި ކޮންމެ ރައީސަކީ އަދި ރަނގަޅު ރައީސެކޭ ދަންނަވަން ހަމަ ދަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑަށް ފެނުނު މަންޒަރު، ޑިމޮކްރެޓުން މިއަދު އެކުލަވާލަން މަސައްކަތް ކުރާ ސިޔާސަތު، ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ސިޔާސަތު، އަޅުގަނޑުމެން އުފައްދާން މި އުޅެނީ، ނުރަނގަޅު ވެރިޔާއަށް ވެސް ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، އިންތިޒާމެއް،"

ނަޝީދު ވިދާޅުވި ގޮތުގައި މި ވާހަކަތައް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އާންމު އެތައް މެންބަރަކު ދެއްކި އެވެ. ބެލެވޭ ގޮތުގައި ނަޝީދު އިޝާރާތް ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ވަކާލާތު ކުރައްވާ ކުރެއްވުމެވެ.

"ދިވެހީންނަށް ހެޔޮ ގޮތެއް ހަގީގަތުގައި އޮންނާނީ ހެޔޮ ނިޒާމެއް އައިސްގެން، ވެރިން އަޅުގަނޑުމެންނަށް ފެނިއްޖެ ކިތަންމެ ބަޔަކު، އަޅުގަނޑު ވެސް ދިވެހީންނަށް ފެނިއްޖެ،" ތަކުރާރުކޮށް ވެރިން ރަނގަޅުވާން މަޖުބޫރުވާނެ ނިޒާމެއް ގެނައުމުގެ ވާހަކަ މިރޭ ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގިނަ ވެރިންނަށް ދިމާވި ކަމަކީ ވެރިކަން ލިބުމަށް ފަހު ވެރިކަމުގެ ދަހިވެތިކަން ބޮޑުވުން ކަމަށެވެ. ހިޔާނާތުގެ އެތައް ކަމެއް މިހާރުގެ ސަރުކާރުގެ ވެރިންގެ ފަރާތުން ވެސް ފެންނަ ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.

ސަރުކާރުގެ މަސައްކަތްތަކަށް މިރޭ ވެސް ނަޝީދު ފާޑުވިދާޅުވި އެވެ. ރަށްރަށުގައި ހިނގާ އުމްރާނީ ބިނާތައް ތަރައްގީކުރުމުގެ މަސައްކަތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއިން އެއްވެސް ރަށެއްގައި އެއްވެސް މަސައްކަތެއް ނުނިމި، މަގުތައް ކޮނެފައި އޮތް ކަމަށެވެ.

ސަރުކާރު އުފެއްދީ ވެސް ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދާނެ ކަމުގެ ވައުދު ވެގެން ކަމަށާއި އެއިން އެއްވެސް ކަމެއް ބެލިފައި ނުވާކަން ނަޝީދު ފާހަގަ ކުރެއްވެވި އެވެ. އޭގެ އިތުރަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރުތަކުން މި ސަރުކާރުގައި ހިޔާނާތްތެރިވެ އެ މައްސަލަ ވެސް ނުބެލި އޮތް އޮތުމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހު] މި އިންތިހާބުން ބަލިވާނެ ގޮތް ނޫން ގޮތެއް ނެތް،" ނަޝީދުގެ ޒާތީ އަދި ސިޔާސީ ހަޔާތުގެ ވެސް އެންމެ ގާތް އެކުވެރިޔާ ކަމުގައި ވިދާޅުވާ ސޯލިހުގެ ސަރުކާރާ ދެކޮޅަށް ނުކުމެ ހުންނަވައި، ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ ނިންމާލައްވަމުން ވެސް އިޝާރާތް ކުރެއްވީ، ބަރުލަމާނީ ނިޒާމުގެ ވާހަކައަށެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުންގެ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވާ ގޮތަށް އެ މަޖިލިހުން ވެރިކަން ހިންގުމަކީ އެންމެ ބޭނުންތެރި ގޮތެވެ. އަދި ރިޔާސީ ނިޒާމުގައި މަޖިލިސް ހިންގަވާ ގޮތް ނަޝީދު ސިފަކުރެއްވީ "ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ހޯއްދަވަން" އުޅޭ މައިދާނެއްގެ ގޮތުގަ އެވެ.

"ރައްޔިތުންގެ މަޖިލިހަކީ އެ މަޖިލީހާ ހަވާލުވާ ގާނޫނީ ޒިންމާތައް ހަނދާން ކުރާ މަޖިލިހަކަށް ވާން ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލްކުރާ މަޖިލިސް އޮތުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox