އެމްޑީޕީގެ އޮޑި އޮތީ މާ ގަދަކޮށް، އިންތިހާބާ މެދު ފައްޔާޒުގެ އެއްވެސް ޝައްކެއް ނެތް

މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ

މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އެ ޕާޓީ އޮތީ ކުރިއާ ހިލާފަށް ގަދަކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކެމްޕޭން ފައްޓަވައި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ބޮޑު ޖަލްސާ މިރޭ ބޭއްވީ ށ. ފޯކައިދޫގަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ އެމްޑީޕީން ރާއްޖެ އިސްލާހު ކުރުމަށް އުނދަގޫ ދަތުރުތަކެއް ކުރި ކަމަށް ވިދާޅުވެފަ އެވެ. ކޮޅިގަނޑުތަކާއި ދިމާވި ނަމަވެސް "އޮޑި ދިޔައީ ނަގާ ރާޅަކަށް މޫސުމުގެ އޮޔާ ވަޔަށް ބެލުމެއް ނެތި މަންޒިލް އަތުލުމަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"އެންމެންގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ބިރުވެރި ނުރައްކާތެރި ދަތުރަކަށް ފަހު އަމާން މަންޒިލަކަށް ބަނދަރު ކުރެވުނު. އެހެން ނަމަވެސް, ތަގްދީރު ނިޔާކުރި ގޮތުން އަޅުގަނޑުމެންނާ ދިމާކުރީ ހިތާމަވެރި ދުވަސްތަކެއް," ސަލާމަތީ ހިދުމަތްތަކުން ހިންގި މިއުޓިނީއެއްގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓާލި ހަނދާންތައް އާ ކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.

އެއަށްފަހު, އަނެއްކާ ވެސް ކަނޑުމަތިވި ކަމަށާއި އަލުން ބަލުން ދަތުރު ފަށަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހަނދާނުން ކައްސާލައިގެން ގޮސްގެން ވާނެ ދަތުރެއް ނޫން ކަމަށާއި އެ ދަތުރުގެ ހިތްހަމަޖެހުމަކަށްވީ ގިނަ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ބައިވެރިވުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފޯކައިދޫގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން
ފޯކައިދޫގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން

ފޯކައިދޫގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން

"ޖަޒީރާ ރާއްޖެ" އެއް ހޯދުމަށް ކުރި ދަތުރުގައި އެތައް ބަޔަކަށް އަނިޔާ ލިބި, މުދާތައް ފޭރި, އެތަކެއް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކާމިޔާބީއާ މެދު ޝައްކެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި, އޭރު މާލިމީއެއްގެ ގޮތުގައި ހުންނެވި މިހާރު ވެސް ކެންޑިޑޭޓުގެ މަގާމުގައި ހުންނެވި ރައީސް ސޯލިހު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިއަދު މިތިބީ އެ އަމާން ބަނދަރު ހާސިލުކޮށްގެން. އެތައް ހުރަސްތަކާއި ގޮންޖެހުންތަކާ އެކު ވެސް ދިވެހިން ބޭނުންވާ ހެޔޮވެރިކަމުގެ ނިޒާމެއް ފައްކާކޮށްދީފި. ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައިފި. އިގްތިސޯދު ފުނޑުފުނޑުވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓި. ދުވަހަކު ވެސް ނުދެކޭހާ ތަރައްގީ އާއި ކުރިއެރުން މިއަދު, ވަނީ ލިބިފައި. ރައީސް ސޯލިހުގެ މި ދައުރުގައި އެޅުން ބިންގާތަކަކީ އެތައް ޒަމާންތަކެއް ވަންދެން އެތައް ބަޔަކަށް ނުކުރެވި ހުރި ކަންކަން," ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ އޮޑީގައި ފަށަނީ އާ ދަތުރެއް ކަމަށާއި އެ ދަތުރުގެ އަމާޒަކީ "އުފާވެރި އަމާން ރާއްޖެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދަތުރު އަނެއްކާ ވެސް ރައީސް ސޯލިހުގެ މާލިމީ ކަމުގައި މިފަށަނީ اللهގެ އިރާދަފުޅާ އެކު މި ދަތުރު ކާމިޔާބުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް. ކުރިއާ ހިލާފަށް މި ތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް. މި އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެން އަރުވައި ބަރުކޮށްފައި. ވާދަވެރިންނަށް އަރާ ހަމަ ނުކުރެވޭނެ ވަރުގެ ބާރު އިންޖީނު އަޅާފައި އޮޑީގައި މި ފުރަނީ,"

ފަސް އަހަރުގެ ހަމަ ނޭވާ ލުމުގެ ފުރުސަތު ދިނުމަށް ފަހު އުފާވެރި އަމާން ރާއްޖެއަކަށް. އެންމެ ތަން ފުކެއް ވެސް ދޫކުރާކަށް ނެތިން. އަލުން އަނިޔާވެރިކަން އިޔާދަ ކުރާނެ އެއްވެސް ޖާގައެއް ނުދޭނަން. މި ނުކުތީ ފިސާރި ޔަގީންކަމާ އެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް," ޖޯޝުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.

މިއީ ފައްޔާޒުގެ ޗެއާޕާސަން ކަމުގައި އެމްޑީޕީން ވާދަކުރާނެ ފުރަތަމަ ރިޔާސީ އިންތިހާބެވެ. އެ ޕާޓީން އަންނަނީ އަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑެވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހަދައި އިންތިހާބަށް ކެމްޕޭން ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox