ރައީސަށް ތާއީދުކުރެއްވި ނަމަވެސް ނައިބު ރައީސް ފައިސަލް އަދި ހުންނެވީ ޖޭޕީގައި

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމުގެ ބައްދަލުވުމެއްގައި ނައިބުރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ސޯޝަލް މީޑިއާ

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމުގެ ބައްދަލުވުމެއްގައި ނައިބުރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާނެކަން އިއުލާންކުރެއްވި ނަމަވެސް، ނައިބު ރައީސް ފައިސަލް ނަސީމް އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގައި ކަމަށް އެޕާޓީން ބުނެފި އެވެ.

ސަރުކާރު ކޯލިޝަނުގައި އޮތް ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމި ހިސާބުން ނައިބު ރައީސް ވަނީ އެމަނިކުފާނުގެ ތާއީދުކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ޖޭޕީ ދޫކުރައްވާ ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ރަސްމީކޮށް ކެމްޕޭން ފެށުމުގެ ކުރިން އެމްޑީޕީން އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް މިއަދު ބޭއްވި ބައްދަލުވުމުގައިވެސް ފައިސަލް ، ރައީސް ސޯލިހުގެ އަރިހުގައި އިންނެވި ފޮޓޯތައް ސޯޝަލް މީޑިއާއަށް އައުމުން އެއް ބަޔަކު ސުވާލު އުފެއްދީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީތޯ އެެވެ.

Advertisement

ނައިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންނެވީތޯ "އަދަދު" އިން ސުވާލުކުރުމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ނައިބު ރައީސް އެ ޕާޓީ ދޫކުނުކުރައްވާ ކަމަށާއި އެކަމަށް އެދިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.

"އަޅުގަނޑަށް އަދި ނުފެނޭ ތި އިވެންޓުގެ ފޮޓޯއެއް، ޕާޓީގެ ތެރޭގައި އަދި ތިކަމާ ބެހޭގޮތުން މަޝްވަރާއެއް ނުކުރެވޭ، މިވަގުތު އެއްޗެއް ދަންނަވާލަން ދަތި" އަލީ ވިދާޅުވި އެވެ.

ޖޭޕީން މިހާރު ގެންދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ރަސްމީކޮށް މާލެއާއި އަތޮޅުތަކުގައި ކެމްޕޭން ފަށާފަ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ، އިބްރާހިމް ވަހީދު "އަދަދު" އަށް ވިދާޅުވީ ނައިބު ރައީސް އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ހުންނެވީ ރައީސް ސޯލިހަށް ތާއީދުކުރައްވައިގެން ކަމަށެވެ.

"ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ތާއީދު ކޮށްގެން" އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީވެސް ރައީސް ސޯލިހު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރަނިންމޭޓުގެ މަގާމު ދެއްވަފާނެ ބޭފުޅުންގެ ލިސްޓުގައި ގުނާލެވޭ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox