މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ވެލެންސިއާ އަށް ފިޔަވަޅުއަޅައިފި

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް، ބޯހާސް މާޓިން: އޭނާ އަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން މި ވަނީ ވެލެންސިއާ އަށް ފިޔަވަޅު އަޅާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް، ބޯހާސް މާޓިން: އޭނާ އަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން މި ވަނީ ވެލެންސިއާ އަށް ފިޔަވަޅު އަޅާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ވަނީ ވެލެންސިއާ އަށް ފިޔަވަޅު އަޅައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން ފީފާ އިން ވަނީ އަނެއްކާ ވެސް ވެލެންސިއާ އަށް ފިޔަވަޅު އަޅައިފަ އެވެ. އެއީ، އިންޓަނޭޝަނަލް އަދި ލޯކަލް ޓްރާންސްފާ ބޭން އެކެވެ. މާނަ އަކީ ވެލެންސިއާގެ ހުރި މުސާރަ މައްސަލަތައް ހައްލުނުކޮށް ކުރިއަށް އޮތް (މި މަހު ހުޅުވޭ) ޓްރާންސްފާ މާކެޓްގައި ވެސް އެއްވެސް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވުމެވެ.

މި ސީޒަނުގައި ވެލެންސިއާ އިން އެހެން ކްލަބްތަކުން ގެނައި ކުޅުންތެރިންނަށް ވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެވެ އެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ކްލަބް ގްރީން ސްޓްރީޓްސް އިން ގެނައި، ރިލްވާން ވަހީދު (ރިލޭ)، ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް މެޗެއް ކުޅެވޭ ގޮތެއްނުވި އެވެ.

މެޗެއް ނުކުޅެ، ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑަށް އިިއްބެ އެރުމުން އޭނާ އަށް މީޑިއާގައި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

"އަދަދު" އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާ އިން މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން އަށް ނުދީ 62000 ޑޮލަރު އެބައޮތެވެ. ފަސް ހާސް ޑޮލަރުގެ މުސާރައެއް ދޭ ގޮތަށް ގެނައި، ބޯހަސް ވަނީ އޭނާ އަށް ވެލެންސިއާ އިން ލާރި ނުދޭ މައްސަލަ ފީފާ އަށް ވެސް ހުށަހަޅައިފަ އެވެ.

ފީފާ އިން ވެލެންސިއާ އަށް ފިޔަވަޅު އަޅާފައިވަނީ ވެސް ބޯހަސް އަށް ނުދީ ހުރި މުސާރަ މައްސަލައިގައި ކަން އެނގިފައިވެ އެވެ.

ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅެފައިވާ ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަަލަ ވެސް ވަނީ އެފްއޭއެމަށް ހުށަހަޅައިފަ އެވެ.

ވެލެންސިއާ އިން މުސާރަ ނުލިބިގެން އެފްއޭއެމަށް ސިޓީ ހުށަހަޅާފައިވާ ކުޅުންތެރިންނަށް އެފްއޭއެމް އިން ވަނީ މިދިޔަ އޭޕްރީލް މަހު ޖަވާބު ދީފަ އެވެ. އެ ސިޓީގައި އެފްއޭއެމުން ބުނެފައިވަނީ "މި އެސޯސިއޭޝަންގެ (އެފްއޭއެމްގެ) ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް، ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ކްލަބަށް މި އެސޯސިއޭޝަނުން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ތިޔަ ފަރާތަށް އެ ފައިސާ ފޯރުކޮށްދިނުމަށެެވެ." މިހެނެވެ. އެކަމަކު، މިހާތަނަށް އެ ފައިސާ ކުޅުންތެރިންނަށް ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.

މިދިޔަ ސީޒަނުގައި މާލީ މައްސަލަތަކެއްގެ ސަބަބުން ވެލެންސިއާ އަށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅެން އޮތް މެޗަށް އެ ގައުމަށް ނުފުރުނެވެ. އެހެންވެ، އެ މެޗު ވެސް ލިބުނީ އަބަހާނީ އަށެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގެ އެހެން ކްލަބްތަކަށް ކުޅުނު ބިދޭސީ ކުޅުންތެރިންތަކެއް ވެސް ވަނީ ނުދީ ހުރި މުސާރަ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ.

މީގެ ކުރިން އެފްއޭއެމުން ވަނީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ރާއްޖޭގެ އެންމެ ޒަމާންވީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ދިން ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox