ހިލޭ ޓްރާންސްފާއެއްގައި ސްކްރީނިއާ އާއި އަސެންސިއޯ ޕީއެސްޖީ އަށް

Jul 7, 2023, 4:47 AM
ހިލޭ ޓްރާންސްފާއެއްގައި ސްކްރީނިއާ އާއި އަސެންސިއޯ ޕީއެސްޖީ އަށް

ޕެރިސް (ޖުލައި 7) - އިންޓަ މިލާނަށް ކުޅެމުންދިޔަ ސްލޮވާކިއާގެ ޑިފެންޑަރު މިލާން ސްކްރީނިއާ އާއި ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު މާކޮސް އަސެންސިއޯ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.

ސްލޮވާކިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސްކްރީނިއާ ހޯދަން ޕީއެސްޖީން މިދިޔަ އަހަރު ވެސް މަސައްކަތްކުރި އެވެ. އެކަމަކު އިންޓަ އިން އޭރު ސްކްރީނިއާގެ ޓްރާންސްފާ ފީއަކަށް ކިޔި 76 މިލިއަން ޑޮލަރުގެ ފީއަށް ޕީއެސްޖީން އެއްބަހެއް ނުވި އެވެ. އެހެންވެ، ޕީއެސްޖީން މަޑުކުރީ މިދިޔަ ސީޒަންގެ ނިޔަލަށް އޮތް ސްކްރީނިއާގެ ކޮންޓުރެކްޓް ހަމަވުމުން، ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެނައުމަށެވެ.

ސްކްރީނިއާ، 28، ފަސް އަހަރު ދުވަހު އެއްބަސްވުމެއްގައި ޕީއެސްޖީ އަށް ބަދަލުވިކަން އެ ކްލަބުން މި ކަށަވަރުކޮށްދިނީ އެ ކްލަބުގެ ކޯޗަކަށް ސްޕެއިންގެ ލުއިސް އެންރީކޭ ހަވާލުކުރިތާ އެއް ދުވަސް ފަހުންނެވެ.

"މި ފަދަ ވަރުގަދަ ކްލަބަކާ ގުޅުމުގެ ފުރުސަތު ލިބުނީމަ ވަރަށް އުފާވެއްޖެ،" ސްކްރީނިއާ ބުންޏެވެ.

އިންޓާގައި ސްކްރީނިއާ ހަ އަހަރު ހޭދަކުރިއިރު، އެ ކްލަބާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް އޭނާ ކާމިޔާބުކުރިއެވެ.

ކޮންޓުރެކްޓް އާކުރަން ދެކޮޅު ހެދުމުން، އިންޓާ އާއި ސްކްރީނިއާ ދެމެދު އޮތް ގުޅުން އޮތީ ގޯސްވެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ކްލަބުން ވަނީ ސްކްރީނިއާ އަތުން ކެޕްޓަން ބޭންޑް ވެސް އަތުލައިފައެވެ.

ޕީއެސްޖީއާ ސްކްރީނިއާ ގުޅުމަކީ އެ ކްލަބަށް ލިބޭ ބޮޑު ހިތްހަމަޖެހުމެެކެވެ. މިދިޔަ ސީޒަންގައި އެ ކްލަބުގެ ޑިފެންސްގައި ހުރި ބަލި ފައިތައް ފެނުނެވެ. ޕީއެސްޖީން ލީގު ޗެމްޕިއަންކަންް ހޯދިޔަސް، އެ ޓީމު ކޮޅަށް ފްރާންސް ލީގުގައި 40 ލަނޑުވަނެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން، ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެއްގެ އެންމެ ދަށް ޑިފެންސިވް ރެކޯޑެވެ.

ރެއާލް މެޑްރިޑްގައި 10 ސީޒަން ހޭދަކުރުމަށް ފަހު، އަސެންސިއޯ ،27، ޕީއެސްޖީއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، އަސެންސިއޯ ވެސް ޕީއެސްޖީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅޭ އަސެންސިއޯ ވަނީ ރެއާލާ އެކު 17 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ތިން ތަށި ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox