ދާއިމީ ކޮމިޓީތަކުުގެ މައްސަލާގައި ދައުރުން ބޭރު ދެވަނަ ޖަލްސާ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައްސަލަ ނިންމުމަށް ދައުރުން ބޭރު އިތުރު ޖަލްސާއެއް ތާވަލުކޮށްފި އެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ އެެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް ހަމަ އެކަނި ކަމަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލު ކުރައްވާނެ ގޮތް ނިންމުމުގެ މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެދުުނު ގޮތަށް، މި މައްސަލަ ނިންމުމަށް ދައުރުން ބޭރު ޖަލްސާއެއް މި ހަފްތާގައި ވެސް ބާއްވާފައިވެ އެވެ.

ހޯމަ ދުވަހު ބޭއްވި އެ ޖަލްސާގައި ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން ވިލުުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ބައެއް މެމްބަރުން ތަމްސީލު ކުރެއްވި ޕާޓީން ވަކިވެވަޑައިގެންފައި ވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރަން ޖެހިފައިވާ ކަމަށާއި ދެން ޖަލްސާއެއް ބާއްވާނީ އެ ބަދަލާ އެކު މެމްބަރުންނާ ރިޕޯޓް ހިއްސާކޮށްފައިވާ ކަމަށެވެ. އެއާއެކު ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

ދައުރުން ބޭރު ފުރަތަމަ ޖަލްސާ ކުރިއަށް ނުގެންގޮސް ހުއްޓާލުމުން އެކަމާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ރިޔާސަތަށް ތުހުމަތުތަކެއް ވެސް އަމާޒުކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމަ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް," އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އެ ދުވަހު އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގައި އެޅުވިފައި އޮތް "މަރުތަޅުން" ސަލާމަތްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ދައުރުން ބޭރު އިތުރު ޖަލްސާތަކެއް ބޭއްވުމަށް އެ ޕާޓީން އެދިފައިވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ތިންބައިކުޅަ އެެއްބައި މެމްބަރުން އެދިވަޑައިގެންފި ނަމަ 14 ދުވަހެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހެ އެވެ.

ދައުރު ނިންމާލިއިރު އެޖެންޑާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި އިދިކޮޅުން ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތެވެ. އެ މައްސަލަތައް ރިޔާސަތުން ހުއްޓުވީ މަޖިލީސް ބެހިފައިވާ ގޮތަށް ބަދަލު އައުމާއެކު ކޮމިޓީތަކަށް އެ ބަދަލު ގެންނަންޖެހޭ ކަމަށް ބުނެފަ އެވެ. ނަމަވެސް, ކޮމިޓީތައް އެކުލަވާލުން ކުރިއަށް ނުގެންދެ އެވެ.

އީވާގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ އެމްޑީޕީން 14 މެމްބަރަކު މިހާރު ވަކިވުމުން ކޮމިޓީތަކުގެ ނިސްބަތަށް ބަދަލު އަންނާތީ އާންމު ކޮމިޓީ އަލުން އެކުލަވާނުލެވިގެންނެވެ. އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއިން ވެސް ހައްލެއް މިހާތަނަށް ހޯދިފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox