އަގުބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަކާ އެކު ލިޓަސްގެ ފަވާލާ ހާޑްވެއާގެ ދެ ފިހާރަ ހުޅުވައިފި

އަގުބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަކާ އެކު ލިޓަސްގެ ފަވާލާ ހާޑްވެއާގެ ދެ ފިހާރަ ހުޅުވައިފި

އަގުހުރި އިނާމުތަކަކާއިއެކު ލިޓަސްގެ ސަބްސިޑަރީއެއް ކަމަށްވާ "ފަވާލާ ހާޑްވެއާ" ގެ ދެ ފިހާރަ މާލެ އަދި ހުޅުމާލޭގައި ހުޅުވައިފި އެވެ.

ފަވާލާ ހާޑްވެއާގެ މާލެ ޝޯރޫމް ހުންނަނީ ޖަނަވަރީމަގުގަ އެވެ. އަދި ހުޅުމާލޭގެ ޝޯރޫމް ހުޅުވީ ސިންތެޓިކް ޓްރެކް ސަރަހައްދުގަ އެވެ.

މި ފިހާރައިން އެކި ރޭންޖުތަކުގެ ފެންވަރު ރަނގަޅު ޕަވަ ޓޫލްސް، ކަރަންޓާއި ފެންވައިރުކުރާ ސާމާނު، ކުލަ އާއި ދަވާދު، އެކި ޑިިޒައިންތަކުގެ ބޮކި އަދި ގިނަ ބާވަތްތަކުގެ ހާޑްވެއާ ސާމާނު ލިބެން ހުންނާނެ އެވެ.

މި ދެ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި "ހާހުން ހާޑުވެއާ، ހާހުން އިނާމު" ގެ ނަމުގައި ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް
ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް

ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް

މިގޮތުން ހާޑްވެއާ ފިހާރަތަކުން ވިޔަފާރިކޮށްލައިގެން ބައިވެރިވެވޭ މި ޕްރޮމޯޝަންއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމުލަ 80،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެ އެވެ،

  • އެއް ވަނަ އިނާމު: 50،000ރ.
  • ދެ ވަނަ އިނާމު: 20،000ރ.
  • ތިން ވަނަ އިނާމު: 10،000ރ.

ކަސްޓަމަރުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ އަދި ތަފާތު ރޭންޖްތަކުގެ ހާޑްވެއާ ސާމާނު ލިބެން ހުންނަ ފިހާރައެއް ހުޅުވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއްކަމުގައި ލިޓަސް ގްރޫޕާއި ފަވާލާ ހާޑްވެއާގެ ޗީފް، ސްޓްރެޓަޖީ އެންޑް މާކެޓިން، އާސިފް ރަޝީދު ވިދާޅުވި އެވެ.

ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް
ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް

ފަވާލާ ހާޑް ވެއާ ހުޅުވުމުގެ މުނާސަބަތު -- ފޮޓޯ: ލިޓަސް

އަދި, އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށާއި ބަޖެޓުތަކަށް އެކަށޭނެ އެކި ކޮލެޓީގެ މުދާ އެ ފިހާރައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުންކަމުގައި އާސިފް ފާހަގަކުރެއްވި އެވެ.

"އަމާޒަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށާއި ބަޖެޓުތަކަށް ކޭޓާކުރެވޭނެ އެކި ކޮލެޓީގެ މުދާ އެ ފިހާރައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން. ކަސްޓަމަރުންގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ސޮލިއުޝަންތައް އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމުން ހޯދައިދޭނެ،" އާސިފް ވިދާޅުވި އެވެ.

ފަވާލާ ހާޑްވެއާގެ މި ޝޯރޫމްތަކުން ގެދޮރުވެރިންނާއި ކޮންޓްރެކްޓަރުން އަދި ވިޔަފާރިތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އާންމުންނަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox