ނަޝީދު އެދިވަޑައިގެންނެވީ ޔާމީނު ވެސް ރިޔާސީ ރޭހުން ވަކިވާން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓުންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓުންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިފަހަރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަނުކުރެއްވުން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޭޓްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ކުރިމަތިނުލައްވައި މަޑުކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޔާމީނަކީ ރާއްޖެއަށް އެތައް އެތައް ހިދުމަތްތަކެއް ކޮށްދެއްްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ދެ ބޭފުޅުން ވެސް ކުރިމަތިނުލައްވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވީ އެވާހަކަގުޅާ ގުޅުވައިގެންނެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ޕީޕީއެމްޕީއެންސީގެ އިސް ބޭފުޅުންް އެ ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ދެ ބޭފުޅުން ވެސް ކުރިމަތިނުލެއްވުމުގެ ފޯމިއުލާއަށް ވަޑަައިގެންނެވުމުގެ ކުރިން ނަޝީދު ދެއްވީ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ވޯޓް ލިބޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގެ ހިސާބުތަކެކެވެ.

"ހިޔާލު ހޯދުމުގެ ވޯޓުތަކުން އެބަ ބުނޭ ރައްޔިތުންގެ ގިނަ މީހުން ގޮތެއް ނުނިންމައޭ، ރައީސް ސޯލިހަށް ލިބިވަޑައިގަންނަވަނީ 15 ޕަސެންޓޭ، އަޅުގަނޑަށް ލިބެނީ ހަ ޕަސެންޓޭ، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ 18 ޕަސެންޓޭ، ރާއްޖޭގެ ގިނަ ރައްޔިތުން ، 55 ޕަސެންޓް ރައްޔިތުން ތިބީ ގޮތެއް ނުނިންމައޭ،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލާނެ ގޮތެއް ނުނިންމައި އެހާ ގިނަ އަދަދެއްގެ މީހުން އެތިބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައި ވަނިކޮށް ކަމަށާއި އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުދަންނަވަން އަޅުގަނޑު ކުރިމަތިލާނަމެކޭ ވެސް. އެހެންވީމާ ހަ ޕަސެންޓެއް ވެސް އޮންނާނެ ކަމެއް ނެތް. ރައީސް ޔާމީނު ހުންނެވީ ޖަލުގައި. އެހެން ނަމަވެސް 18 ޕަސެންޓް އެބަ ލިބިވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ސިޔާސީ ހުރިހާ އެންމެން އެކުވެގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ބަލިކުރުމަކީ "ރައްޔިތުން އެދިގޮވާ" ކަމެކެވެ.

"ދެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެކަމަށް ގޮތެއް ހޯދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެހެންވީމާ ސިޔާސީ ހުރިހާ ލީޑަރުން ގޮތް ދޫކުރަން ޖެހޭ ކަމަށާއި އެއް މޭޒަކަށް އައިސް މަޝްވަރާކޮށްގެން ގޮތެއް ހޯދޭނެކަން ޔަގީންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ އިފްތިތާހީ ޖަލްސާގައި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓ:މުހައްމަދު ޝާބިން/އަދަދު
ޑިމޮކްރެޓުންގެ އިފްތިތާހީ ޖަލްސާގައި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓ:މުހައްމަދު ޝާބިން/އަދަދު

ޑިމޮކްރެޓުންގެ އިފްތިތާހީ ޖަލްސާގައި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓ:މުހައްމަދު ޝާބިން/އަދަދު

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ޕީޕީއެމް/ޕީއެންސީން އަބަދުވެސް ބުނަމުން އަންނަނީ އެދެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މުއާމަލާތަކާ ގުޅިގެން، މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެފައި ވާތީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެބަ އޮތެވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނީ ، ބެލެވޭ ގޮތުގައި، ހައިކޯޓުން އެހުކުމް ބާތިލުކޮށްފި ނަމަ އެވެ.

އެ ހުކުމް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުން ހައިކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ވެސް ކުރިއަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox