ވިއްސާރައިގައި ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވިއްސާރައިގައި ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މޫސުން ގޯސްވެ ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އޮފިޝަލަކު "އަދަދު" ވިދާޅުވި ގޮތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ގެއްލުންވީ ރަށްތަކުގެ ޅ.ނައިފަރު، ހއ. އިހަވަންދޫ އަދި ބ. މާޅޮހަށެވެ.

ޅ. ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެ ރަށު ބައެއް ގެތަކުގެ ފާރު ވެއްޓިފައިވާކަމަށާއި، އެއް ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. އަދި ގެއްލުންވި ތަންތަން މަރާމާތުކުތުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ރަޝީދު ފާހަގަކުރެއްވި އެވެ.

"ޑެގު އަޅައިގެން ހަދާފަ ހުރި ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފަ މިވަނީ. މަރާމާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރަޝީދު ވިދާޅުވި އެވެ.

ހއ. އިހަވަންދޫ ކައުންސިލު މެމްބަރު މުހައްމަދު ޒާހިރު ހަސަން "އަދަދު"އަށް ވިދާޅުވީ ބައެއް ގެތަކުގެ ފުރާޅު އެއްލާލުމުގެ ސަބަބުން މީހުންނަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވާކަމަށެވެ. ގެއްލުން ލިބުނު ގެތަކުގެ ތެރެއިން އެއް ގޭގެ ފާރު ވެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރާޅުތައް އެއްލާލިއިރު އެބަހުރި ބައެއް މީހުންނަށް އެކި ވަރުގެ ކުދި އަނިޔާތައް ލިބިފަ. ކައުންސިލާ އެންޑިއެމްއޭއާ ގުޅިގެން މިދަނީ މަރާމާތުގެ މަސައްކަތް ކުރަމުން،" ޒާހިރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައެއް ނުވެ އެވެ.

ވިއްސާރައި ގައި ބ. މާޅޮހުގެ ތިން ގެއަކަށް ފެންވަނުމުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.

އެ ތިން ރަށުގެ އިތުރުން ވެސް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވިއްސާރައިގެ ސަބަބުން ކުދި ގެއްލުންތައްވެ ރިޕޯޓުކޮށްފައިވާކަމަށް އެންއެމްޑީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ.

ބޯކޮށް ވާރޭވެހި ގަޑިއަކު25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައިވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox