ހުލާސާކޮށް އިއްޔެ: ދަ ޑިމޮކްރެޓްސްގެ އަމްރު މައާފަށް އެދުން

Jul 5, 2023, 12:58 AM
ދަ ޑިމޮކްރެޓްސްގެ ހުސައިން އަމަރު

ދަ ޑިމޮކްރެޓްސްގެ ހުސައިން އަމަރު

ރައީސް އޮފީހުން ބުނާ ގޮތަށް ފައިސާއަށް ބައެއް ނޫސްވެރިން ސުވާލު ކުރާ ކަމަށް ތުހުމަތުކޮށް، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް އޭނާ އިއްޔެ މައާފަށް އެދިވަޑައިގަތެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ އަމްރު ނޫސްވެރިންނަށް ސާބިތު ދޮގު ތުހުމަތެއްކޮށް ވާހަކަ ދެއްކެވީ އިދިކޮޅު ޕީޕީއެމް އާއި ޑިމޮކްރެޓްސްއިން މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފެރެންސްގަ އެވެ.

އަމްރު އިއްޔެ ޓްވިޓާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ އޭނާ ވާހަކަ ދެއްކެވީ މިނިވަން ނޫސްވެރިކަމަކަށް ބާރުު އެޅުއްވުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ވާހަކަ ދެއްކެވުނު ގޮތުން ބައެއް މީހުން ހިތްހަމަނުޖެހުނު ކަމަށާއި، އެފަދަ މޭރުމަކުން އެ ވާހަކަ ގެނެސްދެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ބޭފުޅުން ހިތްހަމަނުޖެހުނު ކަން ފާހަގަ ކުރެވުނު، އަޅުގަނޑުގެ ވާހަކަ އެ މޭރުމުން ގެންދެވުނު ކަމަށް ޓަކައި ނިހާޔަތަށް މައާފަށް އެދެން،" އަމްރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން ނޫސްވެރިކަމަކަށް މާލީ މިނިވަން ކަން ބޭނުންވެ އެވެ. އެ ކަން ކުރުމަށް ޓަކައި، ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން ނޫސްތަކަށް ވެސް ފައިސާ ދޫކުރަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

"މި ކަން މި ގޮތަށް ކުރުމަށް ޓަކައި ސިޔާސަތު އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް އަޅުގަނޑު ބާރު އަޅާނަން ކަން ވެސް ދަންނަވަން، އެ ކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ ކުރިއަރާ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވެގެންދާނެ،" އަމްރު ލިޔުއްވާފައިވެ އެވެ.

އަމްރުގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ފަރާތުން އެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވެސް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި އެވެ.

ދެ ބޭފުޅުންގެ ތުހުމަތުތައް ވެސް ނޫސްވެރިންނަށް އަމާޒުކުރަން ފެށީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން އަމްރު ހިމެނޭހެން ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ކުރިން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ. އަދި ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާނެތޯ ނޫނީ ޑިމޮކްރެޓްސްއިން އެ ހަރަކާތަށް ރުހޭނެތޯ ބައެއް ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ނޫސްވެރިންނާއި ޕްރެސް ދެއްވި ދެ ބޭފުޅުންނާ ދެމެދު ކޮންމެ ވެސް ވަރަކަށް ހޫނުވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް އަމާޒުކުރި ތުހުމަތުތައް ސާބިތުކޮށްދޭން ހެކި ދެއްކުމަށް ވެސް ބައެއް ނޫސްވެރިން އެދުނެވެ. އަދި އެ ކަން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާން ވެސް ނެރުނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަޝްރޫއުގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވީ ވިއްސައިގެން ދިޔަ އެއްވެސް ޕެނަލްއަކީ ބްރިޖްގައި އެ ކަމަށް ގާއިމުކޮށްފައިވާ ސްޓްރަކްޗާގައި ހަރުކޮށްފައި ހުއްޓާ ވިއްސައިގެންދިޔަ ޕެނަލްތަކެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ؛

މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗާއަކަށް ގެއްލުމެއް ނުވޭ، އަދި ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައެއް ނުވޭ، ހައިވޭގައި ދަތުރު ކުރުމަށް ނުރައްކާވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތް ކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތް،"

ދުވަހުގެ ފޮޓޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ރޭ ބައްދަލުކުރި މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ޗެމްޕިއަންކަން ހޯދުމަށް ފަހު، އެ ޓީމުގެ ކެޕްޓަން ޗެތްރީ މުބާރާތުގެ ތައްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ރޭ ބައްދަލުކުރި މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ޗެމްޕިއަންކަން ހޯދުމަށް ފަހު، އެ ޓީމުގެ ކެޕްޓަން ޗެތްރީ މުބާރާތުގެ ތައްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ރޭ ބައްދަލުކުރި މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ޗެމްޕިއަންކަން ހޯދުމަށް ފަހު، އެ ޓީމުގެ ކެޕްޓަން ޗެތްރީ މުބާރާތުގެ ތައްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox