ޕީޕީއެމްއަށް މައިނޯރިޓީގެ ބާރު ގެއްލި ސިޔާސީ މައިދާނުން ފަނޑުވަނީ؟

ޕީޕީއެމްގެ ލީޑާޝިޕްގެ ފަހަތުގައި ޔާމީން. އެ ޕާޓީގެ ކުރިމަގާ މެދު މިހާރު މިވަނީ ސުވާލުތަކެއް އުފެދިފައި --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު

ޕީޕީއެމްގެ ލީޑާޝިޕްގެ ފަހަތުގައި ޔާމީން. އެ ޕާޓީގެ ކުރިމަގާ މެދު މިހާރު މިވަނީ ސުވާލުތަކެއް އުފެދިފައި --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު

ޕީޕީއެމަކީ މި ވަގުތު ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. މެންބަރުން ވެސް ގިނަ އެ ޕާޓީގައި އިސް ސަފުގައި ތިބީ ސިޔާސީ މައިދާނަށް ދޮށީ ބޭފުޅުންނެވެ. އޮކްޓޯބަރު 27, 2011 ގައި އުފަންކުރި އެ ޕާޓީއިން، އޭގެ އެންމެ ދެ އަހަރު ފަހުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އެވެ. ރާއްޖޭގެ ސިޔާސީ ތާރީހުގައި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރި އެންމެ ހަގު ޕާޓީގެ ޝަރަފު ލިބިގަތެވެ.

ނަމަވެސް، އޭރު އޮތް ޕާޓީގެ ލީޑާޝިޕާއި މި ވަގުތު ޕާޓީގެ ލީޑަޝިޕާއި ވަރަށް ވެސް ތަފާތެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޭސްތިރިކަމުގައި ޕާޓީ އުފަންވެގެން އައި އިރު، އެމަނިކުފާނަކީ ދުރު ވިސްނުން ގެންގުޅުއްވާ ސިޔާސީ ހިކުމަތްތެރިއެކެވެ. ޕާޓީން ހޯދި ކާމިޔާބީގެ ފަހަތުގައި އޮތީ އެ ދުރުވިސްނުމާއި ސިޔާސީ ހިކުމަތްތެރިކަމޭ ބުނެވިދާނެ އެވެ.

ކޮންމެ ބަގީޗާއަކަށް އާރޯކަމާއި ރީތިކަން ގެނުވަނީ އެ ބަގީޗާއެއްގެ ޑަރޯގާއިންނެވެ. ގަހެއްގައި ފަރިވެ ފޮޅޭ ކޮންމެ މަލަކީ ވެސް، އެހާމެ އަވަހަށް ނެތިދާނެ އެއްޗެކެވެ. ހުރިހާ ކަމެއް ވެސް ބިނާވަނީ ޑަރޯގާއިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ މިންވަރެއްގެ މައްޗަށެވެ. އެ ފަންނު ފުންކޮށް ދަންނަ މިންވަރާއި، އަތުވެދާނެ ކޮޅިގަނޑަކަށް ބަލައި، ހިކުމަތްތެރިކަމާ އެކު ދުރާލާ ވިސްނަން އެނގޭ މިންވަރަކަށެވެ.

Advertisement

އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ބަލިވެ، ރައީސް މުހައްމަދު ނަޝީދު އިސްވެ އާ ޕާޓީއެއް އުފައްދާއިރު، މިއީ ސިޔާސީ މައިދާނަށް އަތުވެދާނޭ ބޮޑު ކޮޅިގަނޑެކެވެ. އިތުރު ފިކުރެއް ސިޔާސީ މައިދާނަށް އުފަންވުމުގެ ކޮޅުމަތި މިވަނީ ފެންނަން ފަށާފަ އެވެ.

ފަހަރުގައި މިއީ މި ވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއަށް އެ ޕާޓީގެ ތާރީހުގައި ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނަށް ވުން ގާތެވެ. ސިޔާސީ މައިދާނަށް ދޮށި ގިނަ ބަޔަކު ޕާޓީގެ ހުންގާނުގައި ތިއްބަސް، އެ ބޭފުޅުންގެ ދުރުވިސްނުން ހުރި ކަމަށް ގަބޫލުކުރަން މިހާރު ދައްޗެވެ. ނޫނީ ހަރަކާތްތެރިވުމުގައި އުޅެވެނީ މާ ބޮޑަށް ލަސްކޮށެވެ.

އެއާއެކު، ޕާޓީގެ ކުރިމަގާއި މެދު ގިނަ ސުވާލުތަކެއް އުފެދެ އެވެ. އެތަކެއް ސަބަބުތަކެއް އެބަ ހުއްޓެވެ.

މަޖިލީހުގައި އަދާކުރާ ދައުރު ގެއްލިދާނެ؟

މީގެ ފަސް އަހަރު ކުރިން އޮތް ރިޔާސީ އިންތިހާބުން ކުރިމަތިވި ނާކާމިޔާބީއާ އެކު، ޕީޕީއެމް ފެނުނީ ސިޔާސީ މައިދާނުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ގެއްލުނު މަންޒަރެވެ. ވެއްޓުނީމާ ތެދުވެ ދުއްވައިގަންނަން ފަސްޖެހުނު މަންޒަރެވެ. ލިބުނު ހާނިއްކަ ތަކާމެދު ވިސްނަން ގިނަވަގުތު ހޭދަކުރިއިރު, ކުރިމަގަށް ވިސްނައި މަސައްކަތް ކުރުމުގެ ގާބިލުކަމެއް ވެސް، އަދި ހިތްވަރެއް ވެސް ޕާޓީގެ ލީޑާޝިޕަށް ނުދެއްކުނެވެ.

އެކަމުގެ ނަތީޖާ އެއޮތީ ރައްޔިތުންގެ މަޖިލީހަށް ބަލާލުމުން ފެންނާށެވެ. މަޖިލިސް 19 އިންތިހާބަކީ ރިޔާސީ އިންތިހާބަށް ވުރެ ޕީޕީއެމަށް ބޮޑު ނާކާމިޔާބީއެކެވެ. ވެރިކަންކުރާ އެމްޑީޕީއިން މަޖިލީހުގެ ސުޕަމެޖޯރިޓީ ނެގިއެވެ. ވެރިކަން ގެއްލުނު ތަނުގައި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ލިބޭނޭ އެންމެ ބޮޑު ފުރުސަތު، މަޖިލިސް ތެރެއިން ވެސް ގާތްގަނޑަކަށް ގެއްލުނީ އެވެ.

ފުރަތަމަ ނުވަ މެންބަރުންނާ އެކު ތިބި ނަމަވެސް މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިބީ ޕީޕީއެމް/ޕީއެންސީ ތަމްސީލުކުރައްވާ އެންމެ އަށް މެންބަރުންނެވެ. އެއީ މި ފަހުން ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން އެ ޕާޓީ ބަލިވުމުންނެވެ. ފެހި ގާނޫނު އަސާސީއަށް ފަހު އެ ގޮނޑި ފުރުއްވީ މަރުހޫމު އިބްރާހިމް ރިޒާ އެވެ. އެ ދާއިރާ ފާހަގަވެފައި އޮތީ ޕީޕީއެމުން ފަތަހަކޮށްފައިވާ ދާއިރާއެއް ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ހިމެނޭހެން "ދަ ޑިމޮކްރަޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ޕީޕީއެމް/ޕީއެންސީ ފެންނަނީ މަޖިލިސް ތެރެއިން އެ ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާ މަންޒަރެވެ.

ފަހަރުގައި އެއީ ސިޔާސީ ގޮތުން މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުނަސް، އެ ޕާޓީ ރަޖިސްޓްރީ ކުރެވޭ ހިސާބުން އެއީ މަޖިލިސް ތެރެއިން ޕީޕީއެމް/ޕީއެންސީގެ ދައުރު ކުރިއަށްވުރެ ހަނިވެގެންދާނޭ ކަމެއްކަން ޔަގީނެވެ. މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ރައީސް ނަޝީދު އިސްވެ ހުންނަވައި ލަސްކުރުވަނީވެސް، އެ މަސައްކަތުގެ ކުރިން ޕާޓީ ރަޖިސްޓްރީ ކުރުވުމުގެ ބޭނުމަގަ އެވެ. މަޖިލިސް ތެރެއިން "މައިނޯރިޓީ ޕާޓީ" ގެ ރޯލު ކަށަވަރު ކުރުމަށެވެ.

މަޖިލީހުގައި މިވަގުތު އޮތް މައިނޯރިޓީ ޕާޓީގެ ރޯލު ޕީޕީއެމްއަށް ގެއްލުމަކީ، އެ ބޭފުޅުންގެ ހިޔާލާއި ފިކުރު ކުރިއެރުވުމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ހުރަހެކެވެ. އިސް އިދިކޮޅު ޕާޓީގެ ރޯލު ގެއްލި، ދެން މަޖިލިސް ތެރެއިން މަސައްކަތް ކުރަން ޖެހޭނީ ދަ ޑިމޮކްރަޓުންގެ ފަހަތުންނެވެ. މިއީ މީގެ 10 އަހަރު ކުރިން ރާއްޖޭގެ ވެރިކަމަށް އައި ޕާޓީއަކުން ކުރިމަތިލާން ޖެހިދާނެ ދުވަހެއް ކަމަށް ދެކެފައި ނުވާނެ އެވެ.

އެތެރޭގެ ހަމަނުޖެހުމާއި ރިޔާސީ ކެނޑިޑޭޓު ޖަލުގައި ހުރުން

މަޖިލީހުގައި އަދާކުރާ ރޯލު ހަނިވިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ، ފަހަރުގައި އަންނާން އޮތް ކޮޅިގަނޑުން ސަލާމަތްވުމުގެ ޖާގަ އެބައޮތެވެ. އެހެންނަމަވެސް، އިންތިހާބަށް ދެ މަހަށް ކައިރިވެފައިވާއިރު، ޕާޓީގެ އެތެރެ ކޮއިލުގައި ފެންނަނީ ރެނދުލާފައިވާ މަންޒަރެވެ.

ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ކަމަށް އެކްޓިން އިދިކޮޅު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ދަނީ ކެނޑިނޭޅި ހަރު އަޑުން ވިދާޅުވަމުންނެވެ. އެކަމަކު، ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވުމަށްވުރެ ނުލެވުން ގާތެވެ.

ވ. އާރަށް މައްސަލައިގެ އިސްތިއުނާފް ކުރިއަށްދާއިރު، ހިޔާނާތުގެ އެހެން ދައުވާތަށްވެސް އަންނަނީ ކޯޓުތަކުގައި ހިނގަމުންނެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިނުލެވޭ ހާލަތުގައި، ދެން ހަދާނޭ ގޮތަކާއި މެދު ނުވިސްނުމަކީ ޕީޕީއެމް/ޕީއެންސީގެ މުސްތަގުބަލާއި މެދު ނުވިސްނުމެވެ. ޕާޓީއަކީ އެކަކަށްވުރެ ބޮޑު އެއްޗެއްކަން ނުވިސްނުމަކީ މިވަގުތަށް ހެދޭ ސިޔާސީ އެންމެ ބޮޑު ގޯހެވެ.

ޕީޕީއެމް މަތިފަނޑީގައި، ރިޔާސީ ހުވަފެން ދެކޭ ގިނަ ބަޔަކު އެބަތިއްބެވެ. ޕާޓީ ހިންގަމުންދާ ގޮތާއި މެދު އެ ބޭފުޅުންގެ ނުރުހުން އޮތް ކަމަށް ދޭތެރެއަކުން ފާޅުވިޔަސް، އެފަދަ ވިސްނުމެއް ގެންގުޅޭ ކޮންމެ މީހަކު ޕާޓީއިން ލުހެލައިފާނެ ކަމުގެ ބިރުގައި މިވަގުތު މަޑުން ތިބުމަކީ ޕާޓީގެ އެތެރޭގައި އިތުރަށް ހަމަނުޖެހުން އުފެދުމަށް ފުރުސަތު ދިނުމެވެ.

ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި، ދެން އަމަލު ކުރާނޭ ގޮތަކާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ. އިންތިހާބަށް ކެނޑިޑޭޓަކު ނެރެ، ކެމްޕޭނު ކުރަން ބާކީ އޮތީ ދެ މަހެވެ. ރައީސް ޔާމީން ރިޔާސީ ޓިކެޓުގައި ބަގުނޑިބައްދައިގެން ހުންނަވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ޕާޓީއަށް މާ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ދެކުމަކީ ބިލާހެކެވެ.

އިންތިހާބުގައި ވާދަކުރައްވާނޭ ކެނޑިޑޭޓުން މިހާރުވެސް ބައެއް ޕާޓީތަކުން އިއުލާންކޮށްފައިވާއިރު، އިންތިހާބަށް ދެ ދެވަހަށް ވީމާ ކެނޑިޑޭޓަކު ދައްކައިގެން ގްރާސްރޫޓުން ލިބިދާނެ ވޯޓަކުން އެކަނި އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް ދަތުރުކުރަން ދަތިވާނެ އެވެ. ހިސާބު ޖެހީމާ އެ މަންޒަރެއް ނުފެނެ އެވެ.

ދޯދިޔާ ހާރިޖީ ސިޔާސަތެއް

ޕީޕީއެމްގެ ހާރިޖީ ސިޔާސަތަކީ ދެން އެ ޕާޓީގެ މުސްތަގްބަލަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި، އަވަށްޓެރި އިންޑިއާއާ ގުޅުން ހީނަރުވެ، ޗައިނާއާ ގާތްގުޅުމެއް ބާއްވަން ފެށި ހިސާބަކީ ހާރިޖީ ސިޔާސަތުގައި ގޯސް ހަދަން ފެށި ހިސާބެވެ. ސަރަހައްދީ ބާރުވެރިކަމަށް، އިންޑިއާ އާއި ޗައިނާއިން ކުރަމުންގެންދާ 'ފިނި ހަނގުރާމަ" އިގައި ތާށިވެ ތިބުމަކީ ހަރުދަނާ ހާރިޖީ ސިޔާސަތެއް ނެތްކަން ދޭހަވާ ހެއްކެކެވެ.

އިންޑިއާ ނުރުހުންވާނަމަ، އެކަމަށް ހައްލު ހޯދުން އެންމެ ބުއްދިވެރީ މަޝްވަރާގެ މޭޒުންނެވެ. "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން، ހާއްސަކޮށް އެ ގައުމުގެ ބޮޑު ވަޒީރަށާއި، އަދި އާންމުކޮށް އެ ގައުމުގެ އެންމެނަށް އަމާޒުވާނޭހެން ހިންގާ ހަރަކާތްތަކުން އިންޑިއާގެ ނުރުހުން އިންތިހާއަށް ޕާޓީއަށް ކުރިމަތިވާނެ އެވެ. ފަހަރުގައި، ޕީޕީއެމް މަތިފަނޑީގެ ވިސްނުމަކީ، އަބަދުވެސް ބޭރު ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރުވާ އުސޫލުން، ޗައިނާއިން ރައީީސް ޔާމީން މިނިވަންކުރުމަށް ފިއްތުންތައް ކުރިމަތިކުރާނޭ ކަމަށެވެ.

އެހެނަސް، ރައީސް ޔާމީންގެ އިންޑިއާ އެކަހެރި ކުރުމުގެ ސިިޔާސަތާއި ހިލާފަށް، މި ސަރުކާރުން ގެންގުޅޭ "އިންޑިއާ ފަސްޓް" ޕޮލިސީއަކީ ޗައިނާ އެކަހެރި ކުރުމުގެ ސިޔާސަތެއް ނޫނެވެ. ސަރުކާރުގެ ވިސްނުމަކީ އިންޑިއާ އާއި ޗައިނާއާ ދެ ގައުމާ ވެސް ގާތް ގުޅުމެއް ބޭއްވުމެވެ.

އޭގެ ސަބަބުން، ބޭރު ގައުމުތަކުން ޕީޕީއެމްއަށް ލިބޭނޭ ކަމަށް ދެކުނު ތާއީދާއި މަދަދު ލިބޭތަނެއް ނުފެނެ އެވެ. "އިންޑިއާ އައުޓް" ކެމްޕޭން ކުރިއަށް ގެންދިޔުމަކީ ދަ ޑިމޮކްރަޓުންނަށްވެސް އެ ބޭފުޅުންނާއި އެކު މަސައްކަތްކުރުމަށް ހުރަހަކަށް ވަނީ އެހެންވެ އެެވެ. ރައީސް ނަޝީދަކީ، ރައީސް ޔާމީންގެ ދައުރުގައި ޗައިނާ އާއި ބާއްވަމުންދިޔަ ގުޅުންތަކަށް އެންމެ ފާޑުކީ އެއް ބޭފުޅާއަށް ވާއިރު، އޭރު އެމްޑީޕީއިން "ޗައިނާ އައުޓް" ކެމްޕޭނެއް ކުރިއަށް ނުގެންދިޔައީ ޕާޓީ އާއި ގައުމުގެ މުސްތަގްބަލަށް ހާރިޖީ ގުޅުންތަކުގެ މުހިންމު ކަން އެ ބޭފުޅުންނަށް އޭރުވެސް އަދި މިހާރުވެސް ފަހުމުވާތީ އެވެ.

ޕީޕީއެމް ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އަދިވެސް ވަގުތު ފާއިތެއް ނުވެ އެވެ. އެ ޕާޓީގެ ގްރާސްރޫޓުގައި ތިބީ ވަކި ފިކުރެއް ގަބޫލުކުރާ ބައެކެވެ. އެ ބޭފުޅުންގެ ވޯޓާއި ތާއީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ލިބޭނެ އެވެ.

ނަމަވެސް، ޕާޓީގެ ލީޑާޝިޕުން މިހާރުން މިހާރަށްވެސް މުހިންމު ނިންމުންތަކެއް ނިންމަން އެބަޖެހެ އެވެ. ކުރިން ހެދުނު ގޯސްތަކުން އިބުރަތް ހާސިލްކޮށް، އައު ހިއްވަރަކާއެކު ކުރިމަގަށް މަސައްކަތް ކުރަންޖެހެ އެވެ. ޕާޓީގެ އެތެރެ ހަމައަކަށް އަޅުވައި ހަރުދަނާ ދާހިލީ އަދި ހާރިޖީ ސިޔާސަތުތަކެއް އެކުލަވާލަން ޖެހެ އެވެ. އެނޫންނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި، ދެން އަންނާން އޮތް މަޖިލިސް އިންތިހާބުގައިވެސް ކުރިމަތިވާނީ ކުރިންވެސް ކުރިމަތިވިކަހަލަ ނާކާމިޔާބީއަކާ އެވެ. އޭރުން، ހަމަ ޔަގީނުންވެސް ޕީޕީއެމް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން ވަރަށް ބޮޑަށްވެސް ފަނޑުވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox