ޑޭޓާ ވަގަށް ނެގި ކަމުގެ ތުހުމަތުކޮށް، ޗެޓްޖީޕީޓީއާ ދެކޮޅަށް ތިން ބިލިއަން ޑޮލަރުގެ މައްސަލައެއް

ސިއްރު ގްރޫޕަކުން ހުށަހެޅި މައްސަލާގައި 157 ސަފްހާ ހިމެނެ އެވެ.

ސިއްރު ގްރޫޕަކުން ހުށަހެޅި މައްސަލާގައި 157 ސަފްހާ ހިމެނެ އެވެ.

ޗެޓްޖީޕީޓީގެ ލެންގުއޭޖް މޮޑެލް ތަމްރީނު ކުރުމަށް އެތައް ބައެއްގެ ޑޭޓާ ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުކޮށް، އެ ޕްލެޓްފޯމް ހިންގާ ކުންފުނި އޯޕެންއޭއައި އާއި ދެކޮޅަށް ތިން ބިލިއަން ޑޮލަރުގެ ކްލާސް އެކްޝަން ލޯސޫޓެއް ހުށަހަޅައިފި އެވެ.

ސިއްރު ގްރޫޕަކުން ހުށަހަޅާފައިވާ 157 ސަފްހާގެ މައްސަލާގައި ބުނެފައިވަނީ އޯޕެން އޭއައި އިން ވަނީ އިންޓަނެޓުން 300 ބިލިއަނަށް ވުރެ ގިނަ ބަސް ވަގަށް ނަގައި ޕްރައިވެސީ ގާނޫނުތަކާއި ހިލާފުވެފައި ކަމަށެވެ. ވިޔަފާރީގެ ފައިދާ ހޯދުމަށް ކޮށްފައިވާ މި އަމަލުގައި ހުއްދައާ ނުލާ ހޯދާފައިވާ އާންމުގެ ޒާތީ މައުލޫމާތުވެސް ހިމެނޭކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ.

މި މައްސަލަ އެމެރިކާގެ ސަންފްރަންސިސްކޯގައި ހުންނަ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވަނީ އެގައުމުގެ "ދަ ކްލާކްސަން ލޯ ފާމް" އިންނެވެ. މިކަމުގެ ގެއްލުމުގެ ބަދަލު ތިން ބިލިއަން ޑޮލަރަށް އަރާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ. މި ތުހުމަތުތަކަށް އޯޕެން އޭއައި އިން ރައްދެއްދީފައެއް ނުވެ އެވެ.

Advertisement

ޗެޓްޖީޕީޓީގެ ޓެކްނޮލޮޖީއާ އެކި އޭއައިގެ ވާދަވެރިކަން ބޮޑުވެ ގިނަ އަދަދެއްގެ ބަހުސްތަކެއް މި މައުލޫއަށް ދަނީ ކުރެވެމުންނެވެ. އެގޮތުން އޭއައި އިން ބޭނުންކުރާ ޑޭޓާގެ ސައްހަކަމާއި ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަތައް ހިމެނެ އެވެ.

ހުދު އޯޕެންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމެން ވެސް ވަނީ އޭއައި އަކީ ނަހަމަ ގޮތުގައި ބޭނުންކޮށް ނުރައްކަލަކަށް ހެދިދާނެ އެއްޗެއްކަމަށާއި އެހެންކަމުން ރެގިއުލޭޓުކުރުން މުހިންމު އެއްޗެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު ހުށަހެޅިފައިވާ މައްސަލައަށް އެކުންފުނިން އަދި ރައްދެއް ދީފާ ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox