ރިޓަޔާކުރުމުން މެސީ އަށް އިންޓަ މިއާމީގެ ހިއްސާއެއް ލިބޭނެ

Jul 3, 2023, 3:52 AM
ރިޓަޔާކުރުމުން މެސީ އަށް އިންޓަ މިއާމީގެ ހިއްސާއެއް ލިބޭނެ

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 3) - މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ދެން ކުޅޭނީ ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބް، އެމެރިކާގެ އިންޓަ މިއާމީ އެފްސީ އަށް ކަމަށް އިއުލާނުކޮށްފައިވާއިރު، މެސީ ފުޓްބޯޅައިން ރިޓަޔާކުރުމާ އެކު އެ ކްލަބްގެ ހިއްސާ އޭނާ އަށް ލިބޭނެ ކަމަށް އިންޓަ މިއާމީގެ ވެރިޔާ ޖޯޖް މާސް ވިދާޅުވެއްޖެ އެވެ.

މެސީ، އިންޓަ މިއާމީ އަށް ސޮއިކުރަން ނިންމީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމާއި އަލުން ބާސެލޯނާ އަށް ދިއުމުގެ ފުރުސަތާއި ބޮޑު މުސާރަ އަކަށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ދިއުމުގެ ފުރުސަތު އޮއްވައި، އެ ހުރިހާ ކަމެއް ދޫކޮށްލައިފަ އެވެ.

އެލް ޕައީސް އަށް ދިން އިންޓަވިއުއްގައި މާސް ވިދާޅުވީ 2019 ވަނަ އަހަރު ވެސް މެސީ، އިންޓަ މިއާމީ އަށް ގެންނަ ވާހަކަ ދެކެވުނު ކަމަށާއި އެކަމަކު އޭރު އެ ހާލަތެއް ނެތް ކަމަށެވެ.

"މެސީ އައިސްފިއްޔާ މިއީ ދުނިޔޭގެ ދެ ވަނަ ނޫނީ ތިން ވަނަ ލީގަށް ހެދުމުގެ ފުރުސަތު އޮންނާނެ. މެސީ އެ އައީ ހަމައެކަނި ފުޓްބޯޅައިން ކަމެއް ހާސިލްކުރުުމުގެ ބަދަލުގައި އޭނާގެ މާކެއް މި ތަނުގައި ވެސް ބޭއްވުމުގެ ގަސްދުގައި، މެސީ ރިޓަޔާ ކުރުުމުން މި ކްލަބްގެ ހިއްސާއެއް އޭނާ އަށް ލިބޭނެ،" މާސް ވިދާޅުވި އެވެ.

"މެސީއާ އެކު ސޮއިކުރާ ކޮންްޓްރެކްޓްގެ ދަށުން އަހަރަކު، 50 ނޫނީ 60 މިލިއަން ޑޮލަރު ލިބޭނެ"

މާސް ވިދާޅުވީ މެސީ ހޯދަން ކުރި މަސައްކަތް ކާމިޔާބުވީ ކެނޑިނޭޅި ތިން އަހަރު މަސައްކަތް ކޮށްގެން ކަމަށެވެ. އަަދި ޑީލް ނިމޭނެކަން ޔަގީންވީ މިދިޔަ މެއި މަހު ފަހުކޮޅު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ބެކަމް، ދިޔައީ މެސީއާ އެކު ފުޓްބޯޅައިގެ ވާހަކަތައް ހިއްސާކުރަމުން، އެމެރިކާގައި އެކަން އޮންނަ ގޮތް. އަހަރެން ވާހަކަ ނުދެއްކީ ނުރަނގަޅު ޕްރެޝަރެއް އަންނާނެތީ، ދެން އަހަރެން މަޝްވަރާތައް ބޭއްވީ ޖޯޖް (މެސީގެ ބައްޕަ)އާ އެކު،" މާސް ވިދާޅުވި އެވެ.

"އަހަރެމެން މަޝްވަރާތައް ކުރިން ބާސެލޯނާގައި، މިއާމީގައި، ރޮސާރިއޯގައި، ދޯހާގައި... އަހަރެން މުޅި ވޯލްޑް ކަޕްގައި ވެސް ހުރީ މެސީގެ ޑީލްގެ ކަންތައްތަކާ އެކު ދޯހާގައި،"

މާސް ވިދާޅުވީ އެމެރިކާ ލީގު އެޕަލް ޓީވީން ސްޓްރީމްކުރާ ގޮތަށް ހަމަޖެހި ކޮންމެ ކްލަބަކަށް މާލީ މަންފާ ކުރާ ގޮތަށް އެ ޑީލް އޮތުމަކީ، އިންޓަ މިއާމީ އަށް މެސީ ގެންނަން ލިބުނު ފަސޭހައެއް ކަމަށެވެ.

އިންޓަ މިއާމީގެ ކޯޗަކީ މެސީއާ އެކު އާޖެންޓީނާ އާއި ބާސެލޯނާގައި މަސައްކަތް ކުރީ ޓަޓާ މާޓީނޯ އެވެ. އިންޓަ މިއާމީން ވަނީ މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ސާޖިއޯ ބުސްކެޓްސް ވެސް ގެންނަން ނިންމައިފަ އެެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox