ބަންގްލަދޭޝް ބަލިކޮށް ކުވެއިތު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

Jul 1, 2023, 12:16 PM
ބަންގްލަދޭޝް ކޮޅަށް ގޯލު ޖެހުމަށް ފަހު ކުވެއިތުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝް ކޮޅަށް ގޯލު ޖެހުމަށް ފަހު ކުވެއިތުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވެ، ކުވެއިތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދައުވަތުދީގެން ކުޅޭ ދެ ގައުމުގެ ތެރެއިން އެއް ގައުމުގެ ތެރޭގައި ހިމެނޭ ކުވެއިތުން އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ކުޅޭ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އިންޑިއާ އިން ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ. ލެބަނަން އަކީ ވެސް މި ފަހަރުގެ މުބާރާތުގައި ދައުވަތު ގަބޫލުކޮށްގެން ވާދަކުރާ ޓީމެކެވެ.

ސާދަ އަހަރު ތެރޭ ބަންގްލަދޭޝް އިން ކުޅޭ ފުރަތަމަ ސާފް ސެމީ ފައިނަލުގައި އެ ޓީމުން ވަނީ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނުކުޅެވުނު، ބަންގްލަދޭޝްގެ ޑިފެންޑަރު، ތާރިގު ކާޒީ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން އެއް މިނިޓް 17 ސިކުންތު ތެރޭގައި ލީޑުނަގަން ބަންގްލަދޭޝް އަށް ރަނުގެ ފުުރުސަތެއް ލިބުނެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ވިންގް، ރަކީބް ހުސެއިން ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، އެ ޓީމުގެ ޝެކް މޮރްސަލީން ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު، އަބްދުއްރަހްމާން މަރުޒޫގު މަތަކުރިއިރު، ރީބައުންސް ފޮނުވާލަން މޮރްސަލީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ކުވެއިތުން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ހުރަސްތަކެއް ނަގައިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން މެޗުގެ 29 ވަަަނަ މިނިޓްގައި ކުވެއިތުގެ އެއިދު އަލްރާޝިދީ ނެގި ހުރަހެއް ގޯލަށް ވަންނަން ދަނިކޮށް ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން - ޒީކޯ ވަނީ ހުއްޓުވައިފަ އެވެ. އޭގެ، 10 މިނިޓް ފަހުން، މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާބޭރުން އަލް ރާޝިދީ ޖެހި ބޯޅަ ވެސް ކީޕަރު ޒީކޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 60 ވަަނަ މިނިޓްގައި ބަންގްލަދޭޝް އިން ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، ކުވެއިތު ޑިފެންސް ފަހަތުން ހުސްވި ޖާގައަކުން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ރަކީބް ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ކުވެއިތުން ދެ ވަނަ ހާފުގެ މެދެއްހާ ހިސާބުން މެޗުގެ ކޮންޓްރޯލް އެއްކޮށް ކަހަލަ ގޮތަކަށް ނެގި އެވެ. ފުލުފުލުގައި އެ ޓީމުން ފޮނުވާލަމުންދިޔަ ހަމަލާތަކުގެ ތެރެއިން ބައެއް ބޯޅަތައް ކީޕަރު ޒީކޯ ވަނީ ހުއްޓުވައިފަ އެވެ. ކައުންޓަ އެޓޭކުގައި ބަންގްލަދޭޝް އިން ވެސް ގޯލެއް ޖެހޭތޯ ބެލިއިރު، އެ ޓީމަށް ލިބުނު ފުރުސަތުގައި ކުވެއިތުގެ ކީޕަރު ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓްގައި، ކުވެއިތުގެ ޝަބައިބް އަލް ހައިދީ އަށް ލިބުނު ހުސް ފުރުސަތެއްގައި ޖެހި ޝޮޓް ކީޕަރު ޒީކޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އަލް ރާޝިދީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޒީކޯ އެވެ.

ކުވެއިތުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓް ތެރޭގަ އެވެ. ކައުންޓަ އެޓޭކުގައި އަރައި، ބަންގްލަދޭޝްގެ އޭރިއާތެރެއިން ކުވެއިތުގެ އަބްދުﷲ އަލްބަލޫޝީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކުވެއިތުގެ އޭރިއާތެރެއަށް ހުސްކޮށްވަދެ، ބަންގްލަދޭޝްގެ ރަކީބް ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު އަބްދުއްރަހުމާން މަރުޒޫގު ވަނީ މަަތަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox