އިންޑިއާ އާއި ލެބަނަންގެ ހާއްސަ ވާދަވެރިކަމެއް އެބައޮތް

ލެބަނަންގެ ކޯޗު އަލެކްސަންޑަ އިލިލް: އިންޑިއާ އާއި ލެބަނަންގެ ވާދަވެރިކަމުގެ ފައިދާ އެ ދެ ޓީމަށް ކުރާނެ ކަމަށް އިލިކް ގަބޫލުކުރޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލެބަނަންގެ ކޯޗު އަލެކްސަންޑަ އިލިލް: އިންޑިއާ އާއި ލެބަނަންގެ ވާދަވެރިކަމުގެ ފައިދާ އެ ދެ ޓީމަށް ކުރާނެ ކަމަށް އިލިކް ގަބޫލުކުރޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ މަހު ފީފާ އިން ނެރުނު ރޭންކިންގައި ލެބަނަން އޮތީ ދުނިޔޭގެ 99 ވަނައިގަ އެވެ. އިންޑިއާ އޭރު އޮތީ ދުނިޔޭގެ 101 ވަނައިގަ އެވެ. އެކަމަކު، މިދިޔަ މަހު އިންޑިއާގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް ކަޕްގައި އެ ޓީމުން ވަނީ ލީގު ބުރުގެ މެޗުގައި ލެބަނަންއާ 0-0 އިން އެއްވަރުކޮށް، ފައިނަލުގައި ލެބަނަން އަތުން 2-0 އިން މޮޅުވެފަ އެވެ. އެ ދެ މެޗުގެ ނަތީޖާ އަށް ވެސް ބަލައި، މި މަހު ފީފާ އިން ނެރުނު ރޭންކިންގައި އިންޑިއާ، އިން ރޭންކިންގެ 100 ވަނަ އަށް ޖެހިލިއިރު، ލެބަނަން ވަނީ 102 ވަނަ އަށް ވެއްޓިފަ އެވެ.

ފަނަރަ ވަަރަކަށް ދުވަސްތެރޭ އިންޑިއާ އާއި ލެބަނަން ބައްދަލުކުރާ ތިން ވަނަ މެޗަށް މިރޭ ދެ ޓީމު ވެސް ނުކުންނާނެ އެވެ. އެއީ، ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގަ އެވެ.

ސެމީ ފައިނަލް މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ އާއި އާއި ލެބަނަންގެ ކޯޗު ސާބިއާގެ އަލެކްސަންޑަ އިލިކް ވެސް ވަނީ ކުރިން ދެ މެޗުގެ ކަންކަން ރަނގަޅަށް ބަލައި މި މެޗަށް ތައްޔާރުވާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާ އިން ފީފާ ރޭންކިންގައި ލެބަނަން ފަހަތަށް ޖައްސާލާފައިވާއިރު، އޭގެ އަސަރު، މި އަހަރު އޮކްޓޫބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕް ކޮލިފައިން އަށް، ނަގާ ސީޑިން އަށް ކުރާނެ ކަމަށް އިޝާރާތްކޮށް ނޫސްވެެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި އިލިކް ބުނީ މި މެޗުގެ ހާއްސަކަން ގިނަ ގޮތްގޮތުން އެބައޮތް ކަމަށެވެ.

"ތެދެއް، އިންޑިއާ އާއި އަހަރެމެންނާ ދެމެދު މިހާރު ވަރަށް ހާއްސަ ވާދަވެރިކަމެއް މި އޮތީ، އެކި ގޮތްގޮތުން އެކަން އެބައޮތް، އަހަރެން ދެކޭ ގޮތުގައި މީގެ ފައިދާ ދެ ޓީމަށް ވެސް އެބައޮތް. އަހަރެމެންނަށް ވެސް މީގެ ފައިދާ ނެގެން އޮތް ގިނަ ގޮތްގޮތަކަށް ބަލައިގެން އަހަރެމެން ކުރިއަށްދާނީ. އިންޑިއާ އަކީ ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އަންނަ ގައުމެއް،" އިލިކް ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ސެމީ ފައިނަލަށް އައި ހަމައެކަނި ޓީމަކީ ލެބަނަން އެވެ. އެ ޓީމުގެ ކޯޗު އިލިކް ބުނީ ނޮކައުޓް ބުރެއްގެ މެޗަކާއި ގްރޫޕް ސްޓޭޖުގެ މެޗެއް އަޅައިނުކިޔޭނެ ކަމަށާއި ސެމީ ފައިނަލް ތަފާތުވާނެ ކަމަށެވެ. އަދި އިންޓަ ކޮންޓިނެންޓަލް ކަޕްގެ މެޗުތައް އެއީ ހެއްކެއް ކަމަށް އިލިކް ފާހަގަކޮށްފައިވެ އެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް އެ މެޗުތައް (އިންޓަ ކޮންޓިނެންޓަލް ކަޕްގެ ދެ މެޗަށް) ދިރާސާކުރާނަން. އަހަރެމެންނަށް އޭގެ ގޯސްކޮށް ކުރެވިފައި ހުރި ކަންތައްތަކާއި، ފައިދާނެގެން ހުރި ކަންކަމަށް ބަލާނަން،" އިލިކް ބުންޏެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އާއި އެ ޓީމުގެ ފޯވާޑް ރަހީމް އަލީ އަށް ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަތް ކާޑު ދައްކައިފަ އެވެ. އެހެންވެ، ސެމީ ފައިނަލަށް ސްޓިމަކާއި ރަހީމް ސަސްޕެންޑްވާނެ އެވެ. އަަދި ދެ ކާޑު ހަމަވެ، ސަސްޕެންޝަންގެ ސަބަބުން އިންޑިއާގެ ޑިފެންޑަރު، ސަންދޭޝް ޖިންގަން އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ.

އިލިކް ބުނީ އިންޑިއާ ކޯޗު، ސްޓިމަކް ބެންޗުގައި ނެތަސް އޭނާގެ ކޯޗިން ޓީމުން މަސައްކަތް ކުރާނީ އެންމެން އެކުގައި ތިބެގެން ހެދި ޕްލޭނަކަށް ކަމަށެވެ. އެކަމަކު، މެޗުގެ އޮއެވަރު ބަދަލުވާ ގޮތްތަކަށް ބަލާއިރު، ބެންޗުގައި ހުރެ ސްޓިމަކަށް ކޯޗުކޮށްދޭން ފުރުސަތު ނުލިބޭތީ ޗެލެންޖިން ހާލަތްތަކެއް އަތުވެދާނެ ކަމަށް ވެސް އިލިކް ވަނީ ބުނެފަ އެވެ.

ސަސްޕެންޝަންގެ ސަބަބުން އިންޑިއާގައި ވަކި ކުޅުންތެރިންތަކަކަށް ނުކުޅެވުނު ކަމުގައި ވިޔަސް، އެއީ އެ ޓީމަށް އަންނާނެ އުނިކަމެއް ނޫން ކަމަށާއި އިންޑިއާގައި ކޮންމެ މަގާމަކަށް ކުޅެވޭ މޮޅު ދެ ކުޅުންތެރިން އެބަތިބި ކަމަށް އިިލިކް ވަނީ ފާހަގަކޮށްފަ އެވެ.

މި މެޗަށް އިންޑިއާގެ ގިނަ ސަޕޯޓަރުންތަކެއް ވަންނާނެކަން އެނގޭ ކަމަށާއި އެއީ ލެބަނަން އިން ވެސް އެދޭ ގޮތް ކަމަށް އެ ޓީމުގެ ކޯޗު އިލިކް ވަނީ ބުނެފަ އެވެ.

"ފުޓްބޯޅަ އަކީ ސަޕޯޓަރުންގެ ހިތްވަރުން ދިރުވާ ކުޅިވަރެއް. އެހެންވީމަ ފުރިފައި އޮތް ދަނޑެއްގައި މެޗުތައް ކުޅެން އަހަރެމެން ވެސް ބޭނުން،" އިލިކް ބުންޏެވެ.

އިންޑިއާ އާއި ލެބަނަން ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox