ރަޝިއާގެ ކުލީ ސިފައިންގެ ގްރޫޕް ވާގްނާގެ ވެރިޔާ ޕެވްގެނީ ޕްރިގޯޖިން ބެލަރޫސްއަށް ދިޔުމާ އެކު ޔޫކްރެއިންގެ އުތުރު އަސްކަތީ ގޮތުން ވަރުގަދަ ކުރަން ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަންގަވައިފި އެވެ.
ޔޫކްރެއިންގެ އުތުރުން އޮންނަ ބެލަރޫސްގެ ހާލަތާ ގުޅޭ ގޮތުން ޔޫކްރެއިންގެ ޖާސޫސީ ފަރާތްތަކާއި ސަލާމަތީ ފައުޖުތަކުން ވަނީ އެ ގައުމުގެ ސަރުކާރާއި އަސްކަރީ ލީޑަރުންނަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ޓެލެގްރާމްގައި އާއްމުކުރި މެސެޖެއްގައި ޒެ؛ެންސްކީ ވިދާޅުވީ ސިފައިންގެ ކޮމާންޑަރު ވެލެރީ ޒަލުޒްނިޔީ އަދި އުތުރުގެ ކޮމާންޑަރު ސެރްހީ ނައެވްއަށް އަމުރުކުރީ އިތުރު ފިޔަވަޅު އަޅައި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ކަމަށެވެ.
އެ މެސެޖުގައު ވާގްނާ ގްރޫޕް އަދި ޕްރިގޯޖިންގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ. ޕްރިގޯޖިން ބެލަރޫސްއަށް ދަތުރު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބެލަރޫސްގެ ވެރިރަށް މިންސްކްއާ 90 ކިލޯމީޓަރު ދުރުން އޮންނަ އަސިޕޮވިޗީ އަވަށުގައި ހުސްކޮށް ހުރި އަސްކަރީ ފެސިލިޓީއެއްގައި ވާގްނާގެ އާ މަރުކަޒު ގާއިމްކުރުން އެކަށީގެންވެ އެވެ.










