ސާފް 2023: ބަންގްލަދޭޝް އިން ބޫޓާނާއި ރާއްޖެ ކަޓުވާލައި ސެމީ އަށް

ބޫޓާން ކޮޅަށް ގޯލު ޖެހުމަށްފަހު ބަންގްލަދޭޝްގެ ރާކިބް އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބޫޓާން ކޮޅަށް ގޯލު ޖެހުމަށްފަހު ބަންގްލަދޭޝްގެ ރާކިބް އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފަހަތުން އަރައި، 3-1 އިން ބޫޓާން ބަލިކޮށް ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދައިފި އެވެ.

މިއީ 14 އަހަރު ތެރޭ ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕެއްގެ ސެމީގައި ކުޅުނީ 2009 ވަނަ އަހަރު އެެވެ. އަނެއްކޮޅުން މިއީ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

ބޫޓާނަށް މިރޭ ހަތަރު ގޯލަށް ވުރެ ބޮޑު ފަރަގަކުން، ބަންގްލަދޭޝް ބަލިކޮށް ސެމީ އަށް ދެވެން އޮތެވެ. ރާއްޖެ އަށް ސެމީގެ ފުރުސަތެއް އޮތީ ބޫޓާން މިރޭ ދެ ގޯލުގެ ފަރަގަކުން މޮޅުވިނަމަ އެވެ. އެކަމަކު، ބަންގްލަދޭޝް އިން ފަހަތުން އަރައި ބޫޓާން ބަލިކޮށް މި ވަނީ ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ހަ ޕޮއިންޓް ހޯދައިގެން ސެމީ އަށް ގޮސްފަ އެވެ. ގްރޫޕްގެ އެއް ވަނަ ލިބުނީ ހުރިހާ މެޗަކުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ލެބަނަން އެވެ. ރާއްޖެ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ބޫޓާން ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ކުވެއިތާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި އިންޑިއާ ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.

ހީކުރެވުނު ގޮތަށް މިރޭގެ މެޗު ފަށައިގެން ވަރުގަދައަށް ފެށީ ބަންގްލަދޭޝް އިންނެވެ. މިގޮތުން އެޓީމުން ކައުންޓާ އެޓޭކުގައި މެޗުގެ ކުރީކޮޅު ހަމަލާއެއް އުފެއްދި އެވެ. ސުހޭލް ރާނާ ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ކީޕަރު އަތަށެވެ.

އޭގެ ފަހުންވެސް އޭޓީމުން އެޓޭކުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އުޅެނިކޮށް ބޫޓާނުން ފުރަތަމަ ގޯލު ޖަހައި މެޗުގެ ލީޑު ނެގި އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅައަކުން މި ގޯލު އެޓީމަށް ޖަހައިދިނީ ޝެލްތްރިމް ނަމްގްޔޭލް އެވެ. ބޫޓާންގެ ގޯލަށް ފަހު އެޓީމުން އިތުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން މިފަހަރު ނިމާ ވަންގްޑީ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ބަންގްލަދޭޝްއަށް މާ ގިނަ ވަގުތެއް ނުނެގި އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަކުރީ ޝޭހް މުރުސަލިން ޖެހި ގޯލުންނެވެ. މިއީ ޑިފެންޑަރު ފުންޓްސޯ ޖިގްމޭ އަތުން ގެއްލުނު ބޯޅައެއް ހޯދައި ޑީއޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅައެކެވެ. މުރުސަލިން ފޮނުވާލި ހަމަލާ ގޮސް ގޯލަށް ވަނީ ކީޕަރު ޔެލްޝެން ޒަގްޕޯ އެ ބޯޅަ ދިފާއުކުރަން މާ ބޮޑަށް ފަސޭހަކޮށްލުމުންނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ބަންގްލަދޭޝުން ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. މިއީ ބޫޓާންގެ ފުންޓްސޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަރިމަތިން މުރުސަލިން ނަގައިދިން ހުރަހުން ރަކީބް ހުސައިން ކޮންޓްރޯލްކުރަން މަސައްކަތްކުރި ބޯޅަ ގޯލަށް ވަނީ ކުރިމަތީގައި ހުރި ޑިފެންޑަރު ފުންޓްސޯގެ ގައިގައި ޖެހިފަ އެވެ.

ބަންގްލަދޭޝްގެ ތިންވަނަ ގޯލު ޖަހައިދިނީ ރާކިބް އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅައާއިއެކު ގޮސް ހަނި އޭންގަލަކުން ރާކިބް ފޮނުވާލި ހަމަލާ ގޮސް ގޯލަށްވަނީ އަރިމަތީ ދަނޑިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޫޓާނުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޝެރުބް ދޯޖީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރު ދާގަނޑަށެވެ.

ދެވަނަ ހާފަށް ބޫޓާނުން ނިކުތީ ތިން ބަދަލަކާއިއެކުގަ އެވެ. މިގޮތުން މިދިޔަ ދެ މެޗުގައި ގިނަ ވަގުތު ކުޅެން ފުރުސަތު ނުލިބުނު ބައެއް ކުޅުންތެރިން އެޓީމުން ވަނީ ދެވަނަ ހާފުގައި ކުޅެން އަރުވާފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހާފު ކޮންޓްރޯލްކޮށްގެން ކުޅުނީ ބޫޓާނުންނެވެ. ނަމަވެސް އޭޓީމަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި މާގިނަ ހަމަލާތަކެއް ތަނަވަސް ނުކުރެވެ އެވެ.

ދެވަނަ ހާފުގައި ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ސެންޑާ ދޯޖީ އެވެ. ޗެންޗޯ ޔެލްޝެން ދިން ޕާހަކުން އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކަައިރިން ބޭރަށެވެ. އޭގެ ކުރިން ލިބުނު ކޯނަރަކުން ޓެންޒިން ނޯބޫ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ބަންގްލަދޭޝް ކުޅުންތެރިން ޑިފެންސަށް އިސްކަންދީގެން މެޗުގެ ވަގުތު ބޭކާރުކޮށްލަން މަސައްކަތްކުރަމުންދިޔަ މިހާފުގައި ބޫޓާންގެ ހާފުގެ ތެރޭގައި ބަންގްލަދޭޝްއަށް ރަނގަޅު ޕާސްތަކެއް ޖަހާލައިގެން ކުޅެވުނީވެސް މަދު ވަގުތުކޮޅަކަށެވެ.

މި މެޗުގެ އިތުރު ވަގުތުގައި ބޫޓާންގެ ޗެންޗޯ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަނީސުރަހުމާން ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. އޭގެ ފަހުން އޭރިއާ ތެރޭގައި ހުރެފައި ސެންޑާ ފޮނުވާލި ބޯޅައެއް ޑިފެންޑަރު ޓޯޕޫ ވަނީ ބްލޮކްކޮށްފަ އެވެ. ފަހު ވަގުތު ލިބުނު ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ޝެރިން ދޯޖީ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ދިފާއުކުރީވެސް ޓޯޕޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox