ދާދި ފަހުން ދިވެއްސަކަށްވި އިންޑިއާ މީހާގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށް ބުނެފި

ބިންވެރިޔާ ކޮމެޓީގެ ޗެއާ އަކްރަމް ކަމާލުއްދީން: ވިދާޅުވީ ދާއިމީ ލިސްޓު ނެރޭއިރު އޭނާގެ ނަން ނޯންނާނެ ކަމަށް -- ފޮޓޯ: ފައިލް

ބިންވެރިޔާ ކޮމެޓީގެ ޗެއާ އަކްރަމް ކަމާލުއްދީން: ވިދާޅުވީ ދާއިމީ ލިސްޓު ނެރޭއިރު އޭނާގެ ނަން ނޯންނާނެ ކަމަށް -- ފޮޓޯ: ފައިލް

ގޯތި ލިބޭ މާލޭ ރައްޔިތުންގެ ލިސްޓުގައި ދާދި ފަހުން ދިވެހި ރައްޔިތުކަން ދިން އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހޯމަ ދުވަހު ހާމަ ކުރި ބިންވެރިޔާ ސްކީމުގައި މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، އިނީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގަ އެވެ. އެ ލިސްޓުގައި ތިބި ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ހަބީބް، 46، އަށް ދިވެހި ރައްޔިތުކަން ދިނީ މި ފާއިތުވި ހަތް އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އޭނާއަކީ ކުރިން ފެށިގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށްވެ އެވެ.

Advertisement

ނަމަވެސް "އަދަދު" އާ މިއަދު ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ހަބީބުގެ ނަން ލިސްޓުގައި އޮތް މައްސަަލަ ކޮމެޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭނާގެ ނަން އޮތީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އިންޑިއާ ރައްޔިތަކަށް ގޯތި ދީފައެއް ނުވާނެ، އެއީ މާލެ ރައްޔިތެއް، އެކަން ވަނީ ސަމާލުކަމަށް އައިސްފައި، އެކަމަކު ގޯތި ދިނުމުގެ އުސޫލުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު އޭނާގެ ހަމައެއް ނުވޭ، އެކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އަކްރަމް ވިދާޅުވި އެވެ.

ހަބީބަކީ 2021 ވަނަ އަހަރު ހުޅުމާލެއިން ގޯތި ވިއްކުމަށް ހުޅުވާލުމުން ވެސް ބިޑު ކުރި މީހެކެވެ. އޭނާގެ ބިޑު ގަބޫލު ކުރި ނަމަވެސް ކާމިޔާބުވެފައެއްނުވެ އެވެ.

އޭނާ ވިދާޅުވީ ހަބީބަކީ މީގެ ކުރިން އިންޑިއާ ރައްޔިތެއް ނަމަވެސް މިހާރު އެއީ މާލެ ރަށްވެއްސެއް ކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމު ކުރި އުސޫލުގެ ދަށުން އޭނާއަށް ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާންމުކުރި އުސޫލުގައި އޮންނާނެ، އެއްވެސް އިރެއްގައި އެހެން ރަށެއްގައި ރެޖިސްޓަރީވެފައި ނުވާ ފަރާތްތަކަށޭ މާލެއިން ގޯތި ލިބޭނީ، އަޅުގަނޑުމެން ބެލީ ޑީއެންއާރުގެ ސިސްޓަމް، އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ޕިކް ނުކޮށް އިނީ، އިސްލާހު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު އެހެން ހުންނަ ކަންކަން ދެނެގަނެ އެކަންކަން އިސްލާހު ކުރުން ކަމަށެވެ. އަދި މި ހަފުތާގައި އާންމު ކުރި ލިސްޓުން ފާހަގަ ކުރެވިފައި ވަނީ އެ މައްސަލަ އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ އެކަންޏެއް ނޫން، އިތުރު މައްސަލަތައް ވެސް އެބަހުރި ފާހަގަކުރެވިފައި، އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، ދާއިމީ ލިސްޓި އާންމުކުރާއިރު، އެކަންކަން އިސްލާހު ކުރެވިފައި ހުންނާނީ" އަކްރަމް ވިދާޅުވި އެވެ.

"ދެމަފިރިންނަށް ވެސް ހުރެދާނެ ގޯތި ދެވިފައި، އެކަންކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ.

އެ ސްކީމްގެ ދަށުން މިބުރުގައި ދޫކުރުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން ވެސް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ކުރިއަށް އޮތް ތަނުގައި ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 12،794 ފޯމުގެ ޝަރުތު ހަމަވާކަމަށް މިދިޔަ ހޯމަ ދުވަހު އިއުލާނު ކުރި ލިސްޓުގައިވެ އެވެ.

ގޯތީގެ އިތުރުން، މާލެ ސަރަހައްދުން ފުލެތު ދޫލުރުމަށް ވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި އެވެ. އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ވަގުތީ ލިސްޓު މިފެށޭ ޖުލައި މަހުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox