ރެފްރީންގެ ފެންވަރު ދަށް، ސާފް އިން ވިސްނަންޖެހޭ: އިންޑިއާ

ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ އެސިސްޓަންޓް ކޯޗު، ގޯލީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ އެސިސްޓަންޓް ކޯޗު، ގޯލީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި ފެންނަނީ ވަރަށް ފެންވަރު ދަށް ރެފްރީން ކަމަށާއި މި ގޮތަށް މި ކަންތައްތައް ދާނަމަ މި މުބާރާތުގެ ފެންވަރު ވެސް ދަށްވާނެ ކަމަށް އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ ބުނެފި އެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި ރޭ ފަހު ވަގުުތު ކުވެއިތުން އިންޑިއާ ކޮޅަށް ގޯލު ޖަހައި، 1-1 އިން ވަނީ އެއްވަރުކޮށްފަ އެވެ. މި ނަތީޖާއާ އެކު، ކުވެއިތަށް ގްރޫޕްގެ އެއް ވަނަ ލިބުނުއިރު، އިންޑިއާ ސެމީގައި ކުޅޭނީ އެ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

އިންޑިއާގެ ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް، އެ ޓީމަށް އިރުޝާދުދޭން ރޭގެ މެޗަށް ބެންޗަށް އައީ ސަސްޕެންޝަަނަކަށް ފަހު އެވެ. އެއީ މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ޕާކިސްތާނާ ކުޅުނު މެޗުގައި ސްޓިމަކަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ސަސްޕެންޝަނަށް ފަހު، ސްޓިމަކް ރޭގެ މެޗަށް އެނބުރިި އައިިއިރު، އޭނާ އަށް ރޭގެ މެޗުގައި ވަނީ ދެ ރީނދޫ ކާޑަށް ފަހު ރަތް ކާޑެއް ދައްކައިފަ އެވެ. އެއާ އެކު ސްޓިމަކް މި ވަނީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވެފަ އެވެ.

ރޭގެ މެޗުގެ ރެފްރީ އަކަށް ހުރި ބަންގްލަދޭޝްގެ އަލަމްގިރް ވަނީ އިންޑިއާގެ ރަހީމް އަލީ އާއި ކުވެއިތުގެ ހަމަދް އަލް ގަލަފް އަށް ވެސް ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގައި ހަަމަނުޖެހުމަކަށް މަގުފަހިވާ ފަދަ ގިނަ ކަންތައްތަކެއް ހިނގައިދިޔައިރު، ރެފްރީ އަލަމްގިރް، އަތުން މެޗުގެ ކޮންޓްރޯލް ގޮސްފައިވާ ކަމަށް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގޯލީ ވަނީ ބުނެފަ އެވެ.

ރޭގެ އިންޑިއާ އާއި ކުވެއިތު ބައްދަލުކުރި މެޗުގެ ތެރެއިން ދެ ޓީމުގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ރެފްރީން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ވަރަށް ދަށް ރެފްރީކަން ކުރުމެއް މި ފެނިގެންދިޔައީ. މިހެން މި މުބާރާތުގެ ރެފްރީންގެ ކަންކަން ހުންނަންޏާ ސާފުން އެބަޖެހޭ ވަރަށް ވިސްނަން. އެއީ މި ދަށްވަނީ މުބާރާތުގެ ފެންވަރު،" ގޯލީ ބުންޏެވެ.

އޭނާ ބުނީ މެޗަށް ނުކުތްއިރު ވެސް ކުވެއިތުގެ ކުޅުންތެރިން ވަނީ އިންޑިއާ ކޯޗު ސްޓިމަކް، ރުޅިއަރުވަން އޭނާ އަށް ޓާގެޓްކޮށްފައި ކަމަށާއި އެ ފަދަ ގޮތަކަށް ކުވެއިތުގެ އަމަލުތައް ހުއްޓައި، ސްޓިމަކަށް ދެއްކި ދެ ކާޑަކީ ވެސް ނާއިންސާފުން ކުރި ކަމެއް ކަމަށެވެ. އަދި މެޗުގައި ހިނގައިދިޔަ ބައެއް ކަންތައްތައްކުގައި ރެފްރީ އަލަމްގިރް ކަންތައްތައް ނިންމާފައި ހުރީ އެއްވެސް ވަރަކަށް ހާލަތަކަށް ބެލުމެއް ނެތި ކަމަށް ވެސް ގޯލީ ވަނީ ފާހަގަކޮށްފަ އެވެ.

"މިސާލަކަށް ބަލަމާ ސަންދޭޝް (އިންޑިއާގެ ޑިފެންޑަރު) ފުރަތަމަ ޖެހި ޓެކަލް، އެއީ ފުރަތަމަ ޓެކަލް ބޯޅައިގައި ޖެހިފައި ދެން އެ އައި ކޮންޓެކްޓެއް އިނީ، އެކަމަކު، ފުރަތަމަ ހާލަތުގައި ވެސް ރެފްރީ ދެއްކީ ރީނދޫ ކާޑު. ރެފްރީ އަތުން މެޗެއްގެ ކޮންޓްރޯލް ގެއްލިއްޖިއްޔާ، ދެ ޓީމަށް ވާނެ ގޮތް މި މެޗުގައި ފެނިގެންދިޔައީ،" ގޯލީ ބުންޏެވެ.

ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި މެޗެއްގެ ރެފްރީންނަށް ފާޑުކިޔާ މީހެއް ނޫން ކަމަށެވެ. އެކަމަކު، މި މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، މި މުބާރާތުގެ ރެފްރީން އެސަސްކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އޮތްކަން ފާހަގަކުރެވޭ ކަމަށް ބެންޓޯ ވަނީ ބުނެފަ އެވެ.

"ރެފްރީން އެނަލައިޒްކުރުމަކީ އަހަރެންގެ ވަޒީފާއެއް ނޫން. އެއީ ރެފްރީން އެސަސް ކުރާ މީހުން ނޫނީ މުބާރާތުގެ ހިންގާ ފަރާތުގެ ޒިންމާއެއް،" ބެންޓޯ ބުންޏެވެ.

ބެންޓޯ ބުނީ މެޗުގެ ކަންކަން ދިޔަ ގޮތަށް ބަލާއިރު ނަތީޖާ އިންސާފުވެރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox