ސާފް 2023: ފަހު ވަގުތު އިންޑިއާއާ އެއްވަރުކޮށް ކުވެއިތަށް ގްރޫޕްގެ އެއް ވަނަ

މެޗުގެ އިތުރު ވަގުތުގައި އިންޑިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ކުވެއިތު ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން /އަދަދު

މެޗުގެ އިތުރު ވަގުތުގައި އިންޑިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ކުވެއިތު ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން /އަދަދު

އިންޑިއާ އާއި ކުވެއިތު ވާދަކުރި މެޗު 1-1 އިން އެއްވަރުވެ, ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގެ އެއް ވަނަ ކުވެއިތުން މިރޭ ހޯދައިފި އެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި ކުވެއިތާއި އިންޑިއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވުމާ އެކު ގްރޫޕުގެ އެއް ވަނަ ކުވެއިތަށް ލިބުނީ އިންޑިއާ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވެ، ގޯލުގެ ފަރަގު އެއްވަރުވެ، ޖެހި ގޯލުގެ އަދަދު އިންޑިއާ އަށް ވުރެ އިތުރުވުމުންނެވެ. ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމުގެ ގޯލުގެ ތަފާތަކީ ހަޔެކެވެ. އިންޑިއާ އިން ތިން މެޗުގައި ހަތް ގޯލު ޖަހާފައިވާއިރު، ކުވެއިތުން ވަނީ އަށް ގޯލު ޖަހާފަ އެވެ.

މިރޭގެ މެޗަށް ދެ ޓީމުން ވެސް ޓީމަށް ބަދަލުތަކެއް ގެނެސްފައިވާއިރު ފުރަތަމަ މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން މިދިޔަ މެޗުގައި ބައިވެރިނުވެވުނު އިންޑިއާގެ ކޯޗު، އީގޯ ސްޓިމަކް މިރޭގެ މެޗުގައި ބެންޗުގައި އިނެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފުގައި ސްޓިމަކަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ކުވެއިތުންނެވެ. އިންޑިއާގެ އޭރިއާ ތެރޭގައި ހުރެފައި ކުވެއިތުގެ މުހައްމަދު އަބްދުﷲ އެއް ފަހަރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އިންޑިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު އެ ޓީމުން ތަނަވަސްކުރީ ލިބުނު ކޯނަރަކުންނެވެ. އިންޑިއާގެ މަހޭޝް ސިންގް ނަގައިދިން ކޯނަރަކުން އަންވަރު އަލީ ބޮލުން ފޮނުވާލި ބޯޅަ މަޑުމަޑުން ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކުވެއިތުގެ ޑިފެންޑަރުންނެވެ.

އިންޑިއާ އަށް ލިބުނު ފުރުސަތަށްފަހު މެޗުގެ 19 ވަނަ މިނެޓުގައި ކުވެއިތުގެ ފޯވާޑް ޝަބައިބް އަލް ހަލްދީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ރޮނގުމަތީގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ކުވެއިތުގެ މުހައްމަދު އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޝަބައިބް ދިން ބޯޅައަކުން މުހައްމަދު ފޮނުވާލި ބޭރަށް ދިޔައީ ގޯލްކީޕަރު އަމްރިންދަރު ސިންގް ފައިގައި ޖެހިފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި އިންޑިއާ އަށް ލިބުނު ކޯނަރަކުން އެ ޓީމުން އަނެއްކާވެސް ނުރައްކާ ކުރި އެވެ. މި ފަހަރު ވެސް މަހޭޝް ނަގައިިދިން ކޯނަރުން ހުސްކޮށް ހުރެ އަންވަރު ހުސްކޮށް އަރާ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ އަރިމަތީ ދަނޑި ކައިިރިން ބޭރަށެވެ. އޭގެ ފަހުން އަރިމަތިން ނިކިލް ޕުޖާރީ ނަގައިދިން ހުރަހަކުން ސުނިލް ޗެތުރީ އަށް ލިބުނު ބޯޅަވެސް ދިޔައީ ބޭނުން ނުކުރެވި އެވެ.

ކުވެއިތުގެ ދެ ކުޅުންތެރިން އިންޑިއާގެ ކެޕްޓަން ޗެތުރީ (މ) އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ އަށް ލީޑު ނަގައިދިނީ ކެޕްޓަން ޗެތުރީ އެވެ. ލިބުނު ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވެގެން އައި ބޯޅަ، ވެއްޓިގެންފައި އެއް ފަަހަރުން ޗެތުރީ އެ ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ.

ޗެތުރީގެ މި ގޯލާ އެކު ސާފް ޗެމްޕިއަންޝިޕްގައި އޭނާ ޖެހި ގޯލުގެ އަދަދު 23 އަށް އެރިއިރު، ސަރަހައްދީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ރާއްޖޭގެ އަލީ އަޝްފާގު (ދަނގަޑޭ) ހަދާފައިވާ ރެކޯޑާ ޗެތުރީ ވަނީ އަރާ ހަމަކޮށްފަ އެވެ. އަޝްފާގު ވެސް ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގައި 23 ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ އިންޑިއާ އިންނެވެ. އަރިމަތިން މަނީޝް ނަގައިދިން ހުރަސް ކުވެއިތުގެ ޑިފެންޑަރުން ދިފާއުކުރަން އުޅެނިކޮށް އެ ބޯޅަ ލިބުނީ އިންޑިއާގެ އާޝިގް ކުރުނިޔަން އަށެވެ. އޭނާ އެއް ފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން އަވަސް ގޭމެއް ފެނިގެންދިޔަ ކުވެއިތުން ދެ ވަނަ ހާފުގައި ފޮނުވާލި ފުރަތަމަ ހަމަލާ އަކީ އީދު އަލް ރާޝިދީ ފޮނުވާލި ބޯޅައެކެވެ. އޭރިއާ ކަނާ ދިމާލުގައި ހުރެފައި އީދު ފޮނުވާލި ބޯޅަ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައީ އިންޑިއާގެ ކުޅުންތެރިއެއް ގައިގައި ޖެހިފަ އެވެ. އޭގެ ދެ މިނެޓު ފަހުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޝަބައިބް ފޮނުވާލި ބާރު ހަމަލާ ކީޕަރު އަމްރިންދަރު ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

މެޗުގެ ފޯރިގަދަވީ ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުމުގެ ސަބަބުން އިންޑިއާގެ ކޯޗު ސްޓިމަކް ރެފްރީ ރަތް ކާޑު ދެއްކި ހިސާބުންނެވެ. ކުވެއިތުގެ ކުޅުންތެރިންނާ އާއި އިންޑިއާގެ ކޯޗާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް އެ ވަގުތު ދިޔަ އެވެ.

ފައުލްތައް ގިނަކޮށް ފެނުނު ދެ ވަނަ ހާފުގައި ދެ ޓީމަށް ފަހު ހާފުގައި މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. ގިނަ ވަގުތު ކުޅުން ހުއްޓާލަން ޖެހުމުގެ އިތުރުން އިންޑިއާގެ ކުޅުންތެރިން ވަގުތު ބޭކާރުކުރުމުގެ ގޮތުން ވެސް ގިނަ އުކުޅުތަކެއް ބޭނުންކުރި އެވެ. މެޗުގެ ފަހު ދިހަ މިނެޓާ ހަމައަށް ދެ ޓީމުގެ ޑިފެންޑަރުން ވެސް ރަނގަޅު ހަމަލާތަކެއް ފޮނުވި އެވެ.

ކުޅުމުން ބޭރުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި އަނެއްކާ ވެސް ބަންގްލަދޭޝްގެ ރެފްރީ އަލަމްގިރި އިތުރު ދެ ރަތްކާޑު ދެއްކި އެވެ. މިފަހަރު ރަތް ކާޑު ދެއްކީ ކުވެއިތުގެ ހަމަދް އަލް ގަލަފް އާއި އިންޑިއާގެ ރަހިމް އަލީ އަށެވެ. ހަމަދަށް ރަތް ކާޑު ދެއްކީ ކުޅުމުން ބޭރުގައި އިންޑިއާގެ ސަހަލްއަށް ހަމަލާ ދިނުމުންނެވެ. ރަހީމް އަށް ރަތްކާޑު ދެއްކީ ހަމަދަށް ހަމަލާ ދިނުމުންނެވެ. ރަތް ކާޑު ދެއްކުމުގެ ކުރިން ހިނގައިދިޔަ ހަމަނުޖެހުމުގައި ދެ ޓީމުގެ ބެންޗުން ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

ކުވެއިތުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަބްދުﷲ އަލްބްލޫޝީ ނަގައިދިން ހުރަހަކުން އިންޑިއާގެ ޑިފެންޑަރު އަންވަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ މާދަމާ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ލެބަނަން އާއި ރާއްޖެ ވާދަކުރިއިރު، މާދަމާރޭ ބަންގްލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ގްރޫޕް ބީ އިން ލެބަނަން، ދިވެހިރާއްޖެ އަދި ބަންގްލަދޭޝަށްވެސް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox