ކުލިބާލީ ސައުދީގެ އަލް ހިލާލަށް ސޮއިކޮށްފި

Jun 26, 2023, 11:53 PM
ކުލިބާލީ ސައުދީގެ އަލް ހިލާލަށް ސޮއިކޮށްފި

ރިޔާދް (ޖޫން 27) - ޗެލްސީ އަށް ކުޅެމުންދިޔަ ސެނަގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ އެ ކްލަބު ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވެއްޖެ އެވެ.

ސެނަގާލްގެ ގައުމީ ޓީމުގެ ކެޕްޓަން, ކުލިބާލީ އިޓާލީގެ ނަޕޯލީ ދޫކޮށް 42 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެކަމަކު ކުލިބާލީ ،32، އަށް މިދިޔަ ސީޒަން ދިޔައީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ޗެލްސީން މިދިޔަ ސީޒަން ނިންމާލީ 12 ވަނައިގަ އެވެ.

"މި ކްލަބުގައި ކުލިބާލީ ހޭދަކުރި ދުވަސްތަކުގައި އޭނާ ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަން،" ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވުލްސްގެ ކެޕްޓަން ރުބެން ނެވޭސް ވެސް ވަނީ އެ ކްލަބު ދޫކޮށް، ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވެފަ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ނެވޭސް، 26، އަލް ހިލާލަށް ދޫކޮށްލަން ވުލްވްސް އިން އެއްބަސްވީ އެ ކްލަބުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 55 މިލިއަން ޑޮލަރު އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީގެ ސޮވެރިން ފަންޑުން ދޭ ބަޖެޓާ އެކު، ސައުދީ ޕްރޯ ލީގުގެ ބޮޑެތި ކްލަބުތަކުން ދަނީ ޔޫރަޕްގެ މަޝްހޫރު ތަރިންތަކެއް އެ ކްލަބުތަކަށް ގެންނަމުންނެވެ.

މީގެ ކުރިން ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ ވަނީ އަލް އިއްތިހާދަށް ބަދަލުވެފަ އެވެ. މީގެ އިތުރުން، ޖެނުއަރީ މަހުން ފެށިގެން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކުޅެމުންދަނީ ސައުދީގެ އަލް ނަސްރު އަށެވެ.

ޔޫރަޕްގެ ލީގުގައިތަކުގައި ކުޅޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް ސައުދީގެ ކްލަބުތަކުން ދަނީ ފާރަލަމުންނެވެ. އެހެންކަމުން، މި ޓްރާންސްފާގައި ނަން މަޝްހޫރު އިތުރު ކުޅުންތެރިންތަކެއް ސައުދީ ޕްރޯ ލީގަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox