ޑިމޮކްރެޓްސްއާއެކު ކުރިއަށްދަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން: ޝިޔާމް

ޕީޕީއެމް/ޕީއެންސީއިން ޑިމޮކްރެޓްސްއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ޝިޔާމް އާއި އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީއިން ޑިމޮކްރެޓްސްއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ޝިޔާމް އާއި އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީން އަލަށް އުފައްދަމުން އަންނަ ދަ ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ޕީޕީއެމް/ޕީއެންސީއާއި ޑިމޮކްރެޓްސްއިން ކުރި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް، ޑިމޮކްރެޓްސްއާއެކު ކުރިއަށްދިޔުމާ ގުޅޭގޮތުން އެމަނިކުފާނު ވަރަށް ސާފުކޮށް އިރުޝާދު ދެއްވަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެމަނިކުފާނުގެ އިރުޝާދާއެކު ނޫނީ ޕީޕީއެމް/ޕީއެންސީން "ފިޔަވަޅެއް ވެސް ނާޅާނެ" ކަމަށެވެ.

Advertisement
"އެނގިވަޑައިގަންނަވާނެ މިއަދު ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ. ހަމަ ވަރަށް ރަނގަޅަށް މިކަމުގެ އިންސްޓްރަކްޝަން ދެއްވާ. ވަރަށް ރަނގަޅަށް ހަމަ ޑިމޮކްރެޓްސްއާއެކީގައި މިކަންތައްތައް ކުރިއަށްގެންދިޔުމުގައި، ރައީސް ޔާމީންގެ އިންސްޓްރަކްޝަންއާއެކީގައި ނޫނީ ޕީޕީއެމް/ޕީއެންސީ ފިޔަވަޅެއް ވެސް ނާޅާނެ،" ޝިޔާމް ވިދާޅުވި އެވެ.

އެކުގައި މަސައްކަތް ކުރި ނަމަވެސް، ހިޔާލު ތަފާތު ކަންކަން އެބަ ހުރި ކަމަށް ވެސް ޝިޔާމް މިއަދު ވިދާޅުވި އެވެ. އެކަމަކު، ހިޔާލު އެއްގޮތް ވަނީ މިހާރުގެ ސަރުކާރު ކަމުނުދާ ކަމާއި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމާ މެދު ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ އެމްޑީޕީއާއި ސަރުކާރުގެ ތެރޭގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. އެކަމަކު، އެމަނިކުފާނު މިހާރު ޕީޕީއެމް/ޕީއެންސީއާއެކު މަސައްކަތް ކުރައްވަނީ ވަރަށް މަސައްކަތް ކުރައްވައިގެން ވެސް ސަރުކާރުގެ ކަންކަން ރަނގަޅު ނުކުރެވުމުން ކަމަށް ވިދާޅުވި އެވެ.

"ރަނގަޅު ނުކުރެވުނީމަތާ، ވަރަށް މަސައްކަތް ކުރައްވައިގެން ރަނގަޅު ނުކުރެއްވިގެން މިއަދު އަޅުގަނޑުމެން އެއްކޮށް މިތިބީ ޔަގީނުން ވެސް،" ޝިޔާމް ވިދާޅުވި އެވެ.

އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް
އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް

އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ހިޔާލު އެއްގޮތް ކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުކުރަން ޖެހޭކަން ކަމަށެވެ. ހުދުމުހުތާރު ވެރިކަމަކަށް ވާން ފެށުމުން ދެން ތިބި އެންމެނަށް ވެސް އެކަން މައްސަލައަކަށްވެ، އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،" އާޒިމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޖަލަށްލާފައިވާ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ވެސް ޑިމޮކްރެޓްސްއިން މަސައްކަތް ކުރާނެ އެވެ.

އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވާތަން ފެނިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އާޒިމް ވިދާޅުވީ، ޑިމޮކްރެޓްސްގެ ފިކުރާ އެއްގޮތަށް ޕީޕީއެމް/ޕީއެންސީ، އެއް ދުވަހުގެ ތެރޭގައި މުޅިން ބަދަލުވެގެން ނުދާނެ ކަމަށާއި އެކަންތަައްްތަކަށް ވަގުތު ނަގާނެ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގަބޫލުވާން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox