އިނގިރޭސި އެކްޓަރު ޖޫލިއަން ސޭންޑްސް އެމެރިކާގައި ގެއްލުނު ހިސާބުން އިންސާނެއްގެ ހަށިގަަނޑުގެ ބައިތައް ފެނިއްޖެ އެވެ.
ދެކުނު ކެލިފޯނިއާގެ ސޭން ބާނަޑީނޯ ކައުންޓީގެ ޝެރިފް ޑިޕާޓްމަންޓުން ބުނީ އެ ތަކެތީގެ ތަހުލީލު ނިންމައި ނަތީޖާ ލިބޭނީ މި ހަފުތާގައި ކަމަށެވެ.
އުމުރުން 65 އަހަރުގެ ސޭންޑްސް ގެއްލުނީ ޖެނުއަރީ 13 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ސޭން ގެބްރިއެލް ފަރުބަދަތަކުގެ މައްޗަށް އަރައި އުޅެނިކޮށް މޫސުން ގޯސްވެގެންނެވެ.
މިދިޔަ ހަފުތާގައި ފަރުބަދަ މަތިން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ފެނިގެން ރިޕޯޓުކުރީ އާއްމުންގެ ބަޔެކެވެ. ފުލުހުން އިތުރު މައުލޫމާތެއް އާއްމުނުކުރެ އެވެ.
އޭނާގެ އެންމެ މަގްބޫލު ރޯލުތަކަކީ އޮސްކާ އެވޯޑު ހާސިލްކުރި ފިލްމު "އަ ރޫމް ވިތް އަ ވިއު" ގައި އަދާކުރި ރޯލާއި ޓީވީ ޑްރާމާތައް "24" އާއި "ސްމޯލްވިލް" އެވެ.

އޭގެ އިތުރުން 2011 ގައި ނެރުނު "ދަ ގާލް ވިތް ދަ ޑްރެގަަން ޓެޓޫ" ގައި ވެސް އެކްޓަަރު ޑެނިއެލް ކްރެއިގްއާ އެކު ފެނިގެން ދިޔަ އެވެ.










