އީސީއަށް އިތުބާރެއް ނެތް, އިންތިހާބު އިންސާފުވެރިއެއް ނުވާނެ: ސިޔާސީ ޕާޓީތައް

ޖޭޕީ, އެމްއެންޕީ, ޕީޕީއެމް, ޑިމޮކްރެޓްސް އަދި އެމްއާރްއެމުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މިރާން/ އަދަދު

ޖޭޕީ, އެމްއެންޕީ, ޕީޕީއެމް, ޑިމޮކްރެޓްސް އަދި އެމްއާރްއެމުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މިރާން/ އަދަދު

ރިޔާސީ އިންތިހާބަށް ތިން މަހަށްވުރެ ކުޑަތަންވެފައި އޮއްވައި، އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ނުދާނެ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަސް ޕާޓީ ހިމެނޭހެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ. އެ ޕާޓީތަކަކީ, އިދިކޮޅު ޕީޕީއެމް, އެމްއެންޕީ އަދި, އަލަށް އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި, އީސީއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދެއްކެވި އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ޑިމޮކްރެޓްސްގެ ފަރާތުން އީސީއަށް ފާޑުކިއުން އަމާޒުކޮށްފައި މި ވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓި ކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement

އީސީއަށް އިތުބާރު ނެތްކަން ފާހަގަކުރައްވާ ހަސަން ލަތީފް ވަނީ މިދިޔަ އަހަރު ހަދާފައިވާ ސާވޭއެއްވެ ނަތީޖާއަށް އަލިއަޅުއްވާލައްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"2022 ވަނަ އަހަރު ނިމެންދަނިކޮށް ހަދާފައިވާ ސާވޭއެއްގައި އެބަދައްކާ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި މުޅި ޖުމްލަ ރައްޔިތުންގެ 57 ޕަސަންޓު މީހުންގެ ތާއިދު ނެތްކަން. އެއާ ހިލާފަށް 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ, 74 ޕަސަންޓު މީހުން ތާއިދު އޮތްކަން ވެސް އޭރު ފާހަގަވެފައި އެބަވޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީއަށް އޮތް ތާއިދު ގެއްލުނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވެގެންނެވެ.

ޕީޕީއެމްގެ ފަރާތުން އިންނެވި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު, އީސީއަށް އޮތް ތާއިދު ނެގެހެއްޓުމަކީ އެ ކޮމިޝަނުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއެއް ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ފަރާތުން ފެންނަނީ މާޔޫސްވާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގައި ސަރުކާރުގެ ނުފޫޒު އޮތްކަން ތުހުމަތު ކުރައްވާ ޝިޔާމް ވިދާޅުވީ އެފަދައިން ދަލީލުކޮށްދޭ ކަންތައްތަކެެއް މިދިޔަ ދެ ހަފްތާ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.

ޖޭޕީގެ ފަރާތުން އިންނެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އީސީއަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެކޭ ބުނާ ބުނުން މިހާރު ހަމައެކަނި ނަންބޯޑުގައި އޮންނަ އެއްޗަކަށް ބަދަލުވެފައިވާ ކަމަށެވެ. މިނިވަން މުސްތަގިއްލު މުއައްސަސާގެ ދައުރަކީ ދެފަރާތުގެ މައްސަލަތައް ވަކި ކޮޅަކަށް ނުޖެހި ހައްލު ހޯދައި ދިނުންކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ މިހާރު ފެނިގެންދަނީ އެ މަންޒަރު ނޫން ކަމަށެވެ.

"މިހަރަކަށް އައިސް ފެނިގެން މިދަނީ, ސަރުކާރުގެ އެޖެންޓުންގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާތަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން އިންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަނީ އީސީ މަސައްކަތްތައް އިންސާފުވެރިކަމާއެކު ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ ހާމަކުރުމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ގޮވާލާފަ އެވެ. އަދި އީސީން ސިޔާސީ ޕާޓިތަކުގެ ދަފްތަރު ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓޭކަމުގެ ކަންބޮޑުވުން ވެސް އޭނާ ވަނީ ފާޅުކޮށްފަ އެވެ.

"މިހާރު ސީދާ ޕަބްލިކްގައި މިކަންކަމާ ބެހޭގޮތުން ވަކާލާތު މިކުރަނީ, މިހާރު ވަރަށް ބޮޑު ކަމެއް ހިނގައިގެން މިއުޅެނީ. އަޅުގަނޑުމެން ޕާޓީ އުވާލީ. އެއީ މައްސަލައަކީ،" އީސީން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ނުބަލަހައްޓާކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރައްވަމުން ޒަބީހު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވެ, އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އަންނަން މަސައްކަތްކުރިއިރު, އޭރުގެ އީސީގެ ރައީސް އަހުމަދު ޝަރީފާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމުގެ ޝަކުވާ ކުރި ކަމަށެވެ. ނަމަވެސް މިއަދު ޝަރީފް ހުންނެވީ ސަރުކާރާއެކުކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ އެމްޑީޕީން ހޯދައިދޭނެ ކަމަށް ބުނި ހައްގުތަކަށް އަރައިގަތް މީހުން މިއަދު ތިބީ ސަރުކާރުގެ އިސް ސަފުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox