ސާފް 2023: ކުވެއިތު ސެމީއާ ގާތަށް، ޕާކިސްތާންގެ އަމިއްލަ ބާރުގެއްލިއްޖެ

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށްފަހު ކުވެއިތުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށްފަހު ކުވެއިތުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމާ ގާތަށް ކުވެއިތު ޖެހިލިއިރު، މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ޕާކިސްތާނަށް ގެއްލިއްޖެ އެވެ.

ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުވެއިތުން ސެމީގެ ޖާގަ ޔަގީންކުރުމާ ގާތަށް ޖެހިލީ ގްރޫޕް ސްޓޭޖުގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި ނޭޕާލް އަތުން 3-1 އިން ކުވެއިތުން މޮޅުވިއިރު އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް އޭގައި މިރޭ އިންޑިއާ އިން ނޭޕާލް ބަލިކޮށްފިނަމަ އެ ޓީމާއި ޕާކިސްތާން ކަޓައި، ކުވެއިތާއި އިންޑިއާ ސެމީ ފައިނަލަށް ދާނެ އެވެ.

މިއަދުގެ މެޗަށް ޕާކިސްތާނުން ނުކުތީ ބަދަލުތަކަކާ އެކުގަ އެވެ. އެ ގޮތުން ކެޕްޓަން ހަސަން ބަޝީރު އާއި ގޯލް ކީޕަރު ހަނީފް ސާގިބްގެ ބަދަލުގައި މި މެޗުގައި ކުޅެން ނިކުތީ މުހައްމަދު ވަހީދު އާއި ކީޕަރު ޔޫސުފް ބަޓް އެވެ. ކުވެއިތު ޓީމުން މި މެޗަށް އަށް ބަދަލެއް ގެނަ އެވެ. އޭގެ ތެރޭގައި ޑިފެންސާއިި އެޓޭކަށް ކުޅޭ ކުޅޭ ގިނަ ކުޅުންތެރިންތަކެއް ބަދަލުކުރި އެވެ.

މެޗު ފަށައިގެން ޕާކިސްތާންގެ ފަހަތަށް ޕްރެޝަރު ކުރަމުން ގޮސް މާ ގިނައިރުތަކެއް ނުވެ ކުވެއިތުން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައިދިނީ ހަސަން އަލަނޭޒީ އެވެ. މިއީ އަރިމަތިން މަހުދީ ދާޝްތީ ނަގައިދިން ހުރަހަކުން އަލަނޭޒީޖެހި ގޯލެކެވެ. މަހުދީ ނަގައިދިނ ހުރަސް އޭރިއާ ތެރެއިން ހުރަސްވެގެން އައިއިރު ޕާކިސްތާންގެ ދެ ޑިފެންޑަރުންނަށްވެސް އެ ބޯޅަ ދިފާއުއެއް ނުކުރެވުނެވެ. އަލަނޭޒީ ވަނީ ހުސްކޮށް ހުރެ ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ކުވެއިތުން ލީޑު ފުޅާކުރީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުވެއިތުގެ އީދު އަލްރާޝިދީ ދިން ޕާހަކުން މި ގޯލު ޖަހައިދިނީ މުބާރަކް އަލްފަހީނީ އެވެ.

މެޗުގެ ކުރީކޮޅު ކުވެއިތުން ދެ ގޯލު ޖެހުމާއިއެކު ޕާކިސްތާނުން ކުރިއަށް ޖެހިލައި ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. މިގޮތުން އަރިމަތިން ހާރޫން ހަމީދު ނަގައިދިން ހުރަހަކުން ވަހީދު ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ހަމީދު ނަގައިދިން ދެ ހުރަހެއް ޕާކިސްތާންގެ ކުޅުންތެރިންނަށް ބޭނުން ނުކުރެވި ދިޔައީ ކުވެއިތުގެ ޑިފެންޑަރުންގެ ހުށިހާރު ކަމުންނެވެ.

ކުވެއިތުން ތިންވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ގޯލުވެސް ޖަހައިދިނީ މުބާރަކް އެވެ. ކައުންޓަ އެޓޭކުގައި ހުސްކޮށް އަރާ އީދު އަލްރާޝިދީ ފޮނުވާލި ހަމަލާ ކުރިއަށް ނިކުމެ ކީޕަރު ޔޫސުފް ދިފާއުކުރިއިރު، އެ ބޯޅަ ދެވަނަ ފަހަރަށް ލިބުނީ ކުވެއިތުގެ މުބާރަކް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ކީޕަރު ޔޫސުފް ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ކުވެއިތު ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން
ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ކުވެއިތު ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ކުވެއިތު ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން

ދެވަނަ ހާފުގެ ކުޅުން ކުވެއިތުން ފެށީ ގޯލަކުންނެވެ. ސަލްމާން މުހައްމަދު ނަގައިދިން ބޯޅައަކުން އަލީ މަތާރު ފޮނުވާލި ބޯޅަ ގޯލަށް ވަތް ނަމަވެސް ރެފްރީ ނިންމީ މަތާރު އޮފްސައިޑް ކަމަށެވެ.

އޭގެ ދެ މިނެޓު ފަހުން ލިބުނު ކޯނަރަކުން މުބާރަކް ނަގައިދިން ކޯނަރަކުން ކެޕްޓަން ހާލިދު ހަޖީއާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.

މި މެޗުގައި ޕާކިސްތާނަށް ގޯލެއް ޖަހަން ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ މުހައްމަދު ވަލީދަށެވެ. އަރިމަތިން އޯޓިސް ހާން ނަގައިދިން ހުރަހަށް އަރައި ކުޑަ އޭރިއާ ތެރެއިން ވަލީދު ފޮނުވާލި ބޯޅަ ކުވެއިތުގެ ކީޕަރު ބަދަރު ބިން ސަނޫން ވަނީ ދިފާއުކޮށްފަ އެވެ.

ޕާކިސްތާނުން ކުރިއަށް ޖެހިލައިގެން ކުޅެނިކޮށް އަނެއްކާވެސް ކައުންޓާ އެޓޭކެއްގައި ގޯލެއް ޖަހައި ލީޑު ފުޅާކުރި އެވެ. ސަލްމާން ދިން ބޯޅައަކުން މި ގޯލު ޖަހައިދިނީ އީދު އީދު އަލްރާޝިދީ އެވެ. ކައިރީގައި ހުރެ ޑިފެންޑަރު ކައިރިން ނައްޓާފައި އޭނާ ފޮނުވާލި ހަމާލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ކުވެއިތުން އިތުރު ގޯލެއް ޖެހުމާ ކައިރިއަށް ޖެހިލި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޝަބައިބް އަލް ހަލްދީ ޕާކިސްތާންގެ ހާފުގެ މެދަކާ ހިސާބު ހުރެފައި ގޯލަށް ފޮނުވާލި ބާރު ހަމަލާ ކީޕަރު ޔޫސުފް ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ލިބުނު ކޯނަރެއްގައި އޯޓިސް ނަގައިދިން ހުރަހުން މަމްނޫން މޫސާ ހާން ޖައްސާލި ބޯޅަ ދިޔައީ ސީދާ ކީޕަރު އަތަށެވެ. މީގެ އިތުރުންވެސް އަރިމަތިން އޯޓިސް ނަގައިދިން އިތުރު ދެ ބޯޅައެއް ކީޕަރު ބަދަރު ވަނީ ކުރިއަށް ނިކުމެ ހޯދާފަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅު ކުވެއިތުގެ ޝަބައިބު ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މެދުތެރެއިން ކުރިއަށްދިން ބޯޅަ އެއް ފަހަރުން ގޯލުގެ ކަނަށް އަމާޒުކޮށް ޝަބައިބު ފޮނުވާލި ނަމަވެސް ކީޕަރު ޔޫސުފް ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ކުވެއިތު ފަހު މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާއާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox