ޗެލްސީގެ ވެރިން ފްރާންސްގެ ކްލަބެއް ގަނެފި

Jun 23, 2023, 3:19 AM
ޗެލްސީގެ ވެރިން ފްރާންސްގެ ކްލަބެއް ގަނެފި

ޕެރިސް (ޖޫން 23) - އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީގެ ބްލޫކޯ ކޮންސޯޓިއަމް އިން ފްރާންސްގެ އެއް ވަނަ ޑިވިޝަން، ލީގު 1 ގައި ކުޅެމުން އަންނަ ކްލަބް، ސްޓްރޯސްބާގް ގަނެފި އެވެ.

މިއީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ ބްލޫކޯ ކޮންސޯޓިއަމް އިން ގަތް ދެ ވަނަ ކްލަބެވެ. އެންމެ ފުރަތަމަ ގަނެފައިވަނީ މިދިޔަ އަހަރު އިނގިރޭސި ކްލަބް ޗެލްސީ އެވެ. ޗެލްސީ ގަންނަން ބޯލީގެ ކުންފުނިން ވަނީ 5.2 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޯލީގެ ކުންފުނިން ސްޓްރާސްބާގް ގަންނަން މުޅި އެއްކޮށް ހަރަދުކުރާނީ 100 މިލިއަން ޑޮލަރު އެވެ.

ޗެލްސީގައި ބޯލީ ހޭދަކުރި ފުރަތަމަ އަހަރު އެ ޓީމުން ވަނީ ދެ ފުލްޓައިމް ކޯޗުން ކަމަށްވާ ތޯމަސް ޓުޗެލް އާއި ގްރަަހަމް ޕޮޓާ ވަކިކޮށްފަ އެވެ. އަދި ވަގުތީ ކޯޗުންގެ ގޮތުގައި ބްރޫނޯ ސޯލްޓާ އާއި ފްރޭންކް ލަމްޕާޑް މަސައްކަތްކުރިއިރު، ޗެލްސީން ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއާ ލީގުގެ 12 ވަނައިގަ އެވެ. މިއީ، 1994 ވަނަ އަހަރަށް ފަހު ޗެލްސީން އެންމެ ދަށްކޮށް ސީޒަން ނިންމާލި ފަހަރެެވެ.

ބޯލީ ވަނީ ޗެލްސީއާ ހަވާލުވެ އާ ކުޅުންތެރިން ގަންނަން އަހަރެއްގެ ތެރޭގައި 624 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ބޯލީ އަކީ އެމެރިކާގެ ބޭސްބޯޅަ ޓީމު، ލޮސް އެންޖެލްސް ޑޮޖާސްގެ ވެސް މެޖޯރިޓީ ހިއްސާދާރެވެ. އަދި ބާސްކެޓްބޯޅައިގެ ގަދަބާރު، ލޮސް އެންޖެލްސް ލޭކާސްގެ ހިއްސާދާރުންގެ ތެރޭގައި ވެސް ބޯލީ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެއް ކުންފުންޏަކުން ޗެލްސީ އާއި ސްޓްރާސްބާގް ހިންގި ކަމަށް ވިޔަސް، ދެ ޓީމުގެ ކަންކަން ބަލަހައްޓާނީ ތަފާތު ދެ ބަޔަކަށްވާތީ، އެއް ސިސްޓަމެއްގެ ތެރެއިން ދެ ކްލަބްގެ ކަންކަން ކުރިއަށް ނުގެންދާނެ އެވެ. އަދި ސްޓްރާސްބާގަކީ ޗެލްސީ އަށް ކުޅުންތެރިން "ފީޑް" ކޮށްދޭ ޓީމަކަށް ހަދަން އެ ކްލަބްގެ ސަޕޯޓަރުންގެ ގްރޫޕުން ބޭނުމެއް ނުވެ އެވެ.

ފަހަކަށް އައިސް އެމެރިކާގެ ވިޔަފާރިތަކުން އަންނަނީ ފްރާންސްގެ ކްލަބްތައް ގަންނަމުންނެވެ. އެ ގޮތުން މި ވަގުތު މާސޭ، ލިޔޯން، ޓޮލޫސް އަދި ލެ ހާވްރޭ ހިންގަމުން އަންނަނީ އެމެރިކާ ވިޔަފާރިވެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox