މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން 246 މިލިއަން ރުފިޔާއަށް ބިގް ފިޝްއަށް

މަކުނުދޫގެ ދެ ޕްރޮޖެކްޓުގައި ސޮއި ކުރުމުގެ ހަފުލާގެ ތެރެއިން: އެ ދެ މަސައްކަތް ހަވާލު ކުރީ 366 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަކުނުދޫގެ ދެ ޕްރޮޖެކްޓުގައި ސޮއި ކުރުމުގެ ހަފުލާގެ ތެރެއިން: އެ ދެ މަސައްކަތް ހަވާލު ކުރީ 366 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހދ. މަކުނުދޫގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރަން 246 މިލިއަން ރުފިޔާގެ ދެ ޕްރޮޖެކްޓެއް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓު ބިގް ފިޝްއާ ހަވާލު ކުރީ ޖުމްލަ 366 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ސަރުކާރުން ބުނީ އެ ދެ ޕްރޮޖެކްޓަށް ހަރަދުވަނީ ޖުމްލަ 16،000،000 މިލިއަން ޑޮލަރު ނުވަތަ 246،720،000 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ދެ ޕްރޮޖެކްޓަށް ވަކިވަކިން ހޭދަވާ ފައިސާގެ އަދަދު ޕްލޭނިން މިނިސްޓްރީއަކުން ނުބުނެ އެވެ.

ބިގް ފިޝްއަކީ މަހުގެ ވިޔަފާރި ކުރުމަށް ރާއްޖޭގައި މަޝްހޫރު ކުންފުންޏެކެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މީގެ ކުރިން ކޮށްފައިވާކަން އެ ކުންފުނީގެ ވެބްސައިޓުން އެނގޭކަށް ނެތެވެ.

ބިގް ފިޝްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ރާއްޖެއިން ބާނާ ކަންނެލި ޕްރޮސެސް ކުރުމަށްފަހު ބޭރަށް އެކްސްޕޯޓް ކުރަން ހާއްސަ ބަޔެއް ކަމަށެވެ. އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ބިޒްނަސް އެކްޓިވިޓީ ރެޖިސްޓްރޭޝަންގެ ތެރޭގައި ހިމެނެނީ މަހުގެ ވިޔަފާރިއަކާ ގުޅޭ ހުއްދައެކެވެ.

އޭގެ އިތުރުން، ބ. އޭދަފުށީގެ ބަނދަރު ހެދުމަށާއި ށ. ނޫމަރާ ބަނދަރު އަޕްގްރޭޑް ކުރުމަށާއި ގއ. ގެމަނަފުށީ މަގުތަކުގައި ތާރަ އަޅަން ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އޭދަފުށީ ބަނދަރު ހަދަން 69.8 މިލިއަން ރުފިޔާއަށް އަދި ނޫމަރާ ބަނދަރު އަޕްގްރޭޑް ކުރަން 57.6 މިލިއަން ރުފިޔާއަށް ހަވާލު ކުރީ އެމްޓީސީސީއާ އެވެ. ގެމަނަފުށީ މަގުތަކުގައި ތާރުއަޅަން ހަވާލު ކުރީ އާރްޑީސީއަށް 76.1 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox