ރަތް ކާޑު ދެއްކިޔަސް އިންޑިއާ ކޯޗުގެ ހާސްކަމެއް ނެތް

ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސްޓިމަކް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސްޓިމަކް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އިންޑިއާ އިން 4-0 އިން ޕާކިސްތާން ބަލިކުރި މެޗުގެ ފުރަތަަމަ ހާފުގައި އިންޑިއާގެ ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް، ހަމަނުޖެހުމެއް ހިނގަން މަގުފަހިވާ ކަމެއް ކޮށްފައިވާތީ އޭނާ އަށް ރަތް ކާޑެއް ދެއްކި ކަމުގައި ވިޔަސް އެކަމާ ކަންބޮޑުނުވާ ކަމަށް ބުނެފި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕާކިސްތާނަށް ލިބުނު އެއްލުމެއްގައި އިންޑިއާގެ ކޯޗު ސްޓިމަކް ބޯޅަ ހިފެހެއްޓުމާ ގުޅިގެން، އެ ވަގުތު އެ ތަނަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތޮންޖެހިފައި އޮތެވެ. ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ނުހިނގައި، މައްސަލަ ހައްލުކުރެވުނުއިރު، އިންޑިއާގެ ކޯޗު ސްޓިމަކް އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި އިންޑިއާގެ ޑިފެންޑަރު ސަންދޭޝް ޖިންގަން އާއި ޕާކިސްތާންގެ ރާހިސް ނަބީ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ރަތް ކާޑުގެ ސަބަބުން ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ސްޓިމަކް ވަނީ ސަސްޕެންޑްވެފަ އެވެ. އެހެންވެ، ސްޓިމަކްގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ އެވެ.

މަހޭޝް ވަނީ ހަމައެކަނި ރަތް ކާޑެއް ދެއްކީ ސްޓިމަކަށް ކަމަށްވާތީ، އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ޕާކިސްތާން އޮފިޝަލުން ވެސް ހަމަނުޖެހުމެއް ހިނގާ ފަދަ ކަންތައްތަކެއް ކުރި ކަމަށް ގޯލީ ވަނީ ބުނެފަ އެވެ.

ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން ސްޓިމަކް ވަނީ ޓްވިޓާގައި އޭނާގެ ޝުއޫރުފާޅުކޮށްފަ އެވެ.

އެ ގޮތުން އިންޑިއާ އާއި ކްރޮއޭޝިއާގެ ދިދައާ އެކު، ސްޓިމަކް ކުރި ޓްވީޓުގައި ބުނެފައިވަނީ ފުޓްބޯޅަ އަކީ ވަރަށް ބޮޑަށް ޖަޒުބާތާ ގުޅިފައިވާ ކަމެއް ކަމަށާއި އަމިއްލަ ޓީމުގެ ދިފާއުގައި ކަންކަން، ކުރާއިރު އެކި ކަންތައްތައް މެޗުގެ ތެރެއިން ހިނގާނެ ކަމަށެވެ.

"އަހަރެންގެ ހަރަކާތްތައް ހުރި ގޮތުން އަހަރެން ދެކެ ލޯބި ވިޔަސް ހިތްހަމަނުޖެހުނަސް ފަރުވާލެއް ނެތް. އަހަންނަކީ ވޯރިއާ އެއް، ނާއިންސާފުން އަންނަ ނިންމުންތަކާ ދެކޮޅަށް އަހަރެން އިއްޔެ ކުރި ކަންތައް ކުރަން ޖެހިއްޖިއްޔާ އަދިވެސް ތަކުރާރުކުރާނަން،" ސްޓިމަކް ބުންޏެވެ.

ސްޓިމަކް އަކީ މީގެ ކުރިން ވެސް އިންޑިއާގެ ގިނަ މެޗުތަކުގައި ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔައިގެން އަދަބު ލިބިފައިވާ ކޯޗެކެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ރެފްރީންނާ ގުޅޭގޮތުން ސްޓިމަކް ވަނީ މީގެ ކުރިން ވެސް ގިނަ ފަހަރުތަކެއް މަތިން ވާހަކަ ދައްކައިފަ އެވެ.

އިންޑިއާ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. ނޭޕާލް ވަނީ ފުރަތަމަ މެޗުން ކުވެއިތު އަތުން އިއްޔެ ހަވީރު 3-1 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox