މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި ނަޝީދު: ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި ނަޝީދު: ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެން ތިން ޖަލްސާގެ ރިޔާސަތާ ދުރުގައި ހުންނެވުމަށްފަހު އެ މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވާލުވެވަޑައިގަނެފި އެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާ އިއުލާނުކުރެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލިސް ހުއްޓިފައި އޮތް އޮތުމަކީ އެމަނިކުފާނާއި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ އެއް ފަހަރާ ހުށަހެޅުމުން ވީ ގޮތެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާތުކުރެއްވި އެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބަލަހައްޓަން މިއިނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާން ޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫނެވެ. މަޖިލީހަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރަން ދައުލަތުގެ އެހެން ބާރުތަކުން އެހީތެރިވެފައި ނުވާތީ ހިތާމަކުރާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ދައުލަތުގެ އެހެން ބާރުތައް ކަމަށް އެމަނިކުފާނު އެ ވިދާޅުވީ ސަރުކާރާއި ޝަރުއީ ނިޒާމެވެ.

"އަދި ހާއްސަ ގޮތެއްގައި މިތަނުގެ މެޖޯރިޓީ ޕާޓީ މި މައްސަލަ ހައްލުކޮށްދިނުމުގައި އެއް ގޮތަކަށް ވެސް އެހީތެރިވެވަޑައިގެންފައި ނުވާ ކަމަށް [އަޅުގަނޑު ފާހަގަކުރަން]،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ނަޝީދު ހަވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. އެކަމަކު، އެގޮތަށް ކަނޑައަޅާ މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބުނެފައި އޮވެ އެވެ. އަފީފު ވަނީ އޭގެ ފަހުން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިފަ އެވެ.

އެހެންކަމުން ރިޔާސަތާ ހަވާލުވާނެ މެމްބަރަކު ނެތުމުން މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްފަހު ވިދިވިދިގެން ދެ ދުވަހު ޖަލްސާއެއް ނުބާއްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފަށައިގެން މިހާރު ކުރިއަށްދާއިރު ގަވާއިދުގައި ބުނާ ގޮތުން މިއަދު ޗުއްޓީއަށް ދިޔުމުގެ ކުރިން ބައެއް މުހިންމު ކަންކަން ފާސް ކުރަން އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox