ރައީސް ނަޝީދު އެމްޑީޕީން ވަކިވެއްޖެ

ކުރީގެ ރައީސް ނަޝީދު: އަށާރަ އަހަރަށްފަހު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަކީ އެޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސްގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ނަޝީދު: އަށާރަ އަހަރަށްފަހު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަކީ އެޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސްގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި އެ ޕާޓީގެ އެއް ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ނަޝީދު ވަނީ އެމަނިކުފާނު ޕާޓީއަށް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. ސިޓީގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި, އެމަނިކުފާނު އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނާތީ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަނަށް ވެދުން ސަލާމަށްފަހު ދަންނަވަން. ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ނަޝީދުގެ އަތުލިޔުމުން ލިޔުއްވައި ފޮނުވި އެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ނަޝީދު އެމްޑީޕީން ވަކިވާން އެމަނިކުފާނު ފޮނުއްވި ސިޓީ
ނަޝީދު އެމްޑީޕީން ވަކިވާން އެމަނިކުފާނު ފޮނުއްވި ސިޓީ

ނަޝީދު އެމްޑީޕީން ވަކިވާން އެމަނިކުފާނު ފޮނުއްވި ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު 18 އަހަރަށްފަހު މިއަދު އެމްޑީޕީން ވަކިވެވަޑައިގަތުމުން އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވީ އެވެ.

ބެލެވޭ ގޮތުގައި ނަޝީދު ދެން ގުޅިވަޑައިގަންނަވާނީ އެމަނިކުފާނުގެ ސަޕޯޓަރުން މިވަގުތު އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްއާ އެވެ. ނަޝީދަށް އިހުލާސްތެރި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މީގެ ކުރިން މެއި 17، ގައި އެމްޑީޕީން ވަކިވެފަ އެވެ.

2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނަޝީދު ކެމްޕޭން ކުރައްވަނީ. އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރެއްވި
2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނަޝީދު ކެމްޕޭން ކުރައްވަނީ. އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރެއްވި

2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނަޝީދު ކެމްޕޭން ކުރައްވަނީ. އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރެއްވި

ޕާޓީ އުފައްދަން ހަމަކުރަންޖެހޭ 3000 ސޮއި ހޯދުމަށްފަހު ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ޖޫން 1، ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅި ފޯމުތައް އަލުން ޗެކް ކުރަން ބައެއް ކޮމިޝަނުގެ މެމްބަރުން ބޭނުންވާތީ މިހާތަނަށް އެ ޕާޓީ ރަޖިސްޓްރީކޮށްދީފައެއްނުވެ އެވެ.

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox