މާސްޓަ ޕްލޭން ބަދަލުވުމުން ފްލޯޓިން ސިޓީގެ މަސައްކަތް ލަސްވެއްޖެ, ނިންމަން ބުނާ އާ ތާރީހަކީ 2028

މާލެ ކައިރި އަޅަން ނިންމާފައިވާ ފްލޯޓިން ސިޓީ :ފްލޯޓިން ސިޓީ ލަސްވުމަށް އާ ބަހަނާއެއް ވަނީ ދައްކާފައި -

މާލެ ކައިރި އަޅަން ނިންމާފައިވާ ފްލޯޓިން ސިޓީ :ފްލޯޓިން ސިޓީ ލަސްވުމަށް އާ ބަހަނާއެއް ވަނީ ދައްކާފައި -

މާލެ އަތޮޅު ފަޅެއްގައި ޑަޗް ޑޮކްލޭންޑްސް ކުންފުނިން އަޅާ ފްލޯޓިން ސިޓީގެ މަސައްކަތް ލަސްވަނީ އެ މަޝްރޫއުގެ މާސްޓާ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިގެން ކަމަށް އެ މަޝްރޫއު ހިންގާ ފަރާތުން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ތައްޔާރުވަމުން ދަނީ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން, އަންނަ އޮގަސްޓު މަހު މަސައްކަތް ފަށާ 2028 ގެ ކުރީކޮޅު މަޝްރޫއު ނިމޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން، ފުރަތަމަ އެއްބަސްވުމުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 5،000 އެއްހާ ހައުސިން ޔުނިޓު ކަމަށާއި ނަމަވެސް ލިބުނު ތަރުހީބު ބޮޑުކަމުން އެ އަދަދަށް އެޅުމަށް އޮތް ޕްލޭނަށް ބަދަލުގެންނަން ޖެހުނީ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް, އާ ޕްލޭންގެ ދަށުން ޔުނިޓުގެ އަދަދަށް އައި ބަދަލެއްވެސް ބުނެފައެއް ނުވެ އެވެ. އަދި, ގަންނަން އެދުނު މީހުންގެ މައުލޫމާތެއް ވެސް ހާމަނުކުރެ އެވެ.

"ލިބުނު ރެސްޕޮންސާއެކު ހެޔޮއަގުގައިވެސް މި މަޝްރޫއުގެ ދަށުން ޔުނިޓުތައް ދިނުމުގެ ބޭނުމުގައި ޑަޗް ޑޮކްލޭންޑްސް އަދި ދިވެހި ސަރުކާރުން ވަނީ މަޝްރޫއުގެ މާސްޓާ ޕްލޭން ނިންމާފަ.. އެގޮތުން އެޕާޓްމަންޓުތަކާއި ސްޓޫޑިއޯތައް ހިމެނޭހެން ކުރިއަށްވުރެ އަތްފޯރާ އަގުގައި ބޯހިޔާވަހިކަމަށް ހައްލެއް މި މަޝްރޫއުގެ ދަށުން ގެނެވޭނެ"

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އެދުމުގެ މަތިން މިހާރު ފެށޭ އަގުތައް 1.5 މިލިއަން ރުފިޔާ ނުވަތަ އެއް ލައްކަ ޑޮލަރަށް ދަށްކުރެވިފައިވާކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑަޗް ޑޮކްލޭންޑްސްއާއި ސަރުކާރާ ދެމެދު 2010 ވަނަ ސޮއިކުރެވުނު މި މަޝްރޫއު ފެށޭނެ ތާރީހެއްގެ ގޮތުގައި އެކި ތާރީހުތައް މީގެ ކުރިންވެސް ދީފައިވެ އެވެ. އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓުތަކުގެ މޮކަޕް މީޑިއާތަކަށް ދައްކާލުމަށްވެސް މީގެ ކުރިން ތިން ތާރީހެއް ވަނީ ދީފަ އެވެ. ނަމަވެސް މޫސުން ތަންނުދިނުން ފަދަ ސަބަބުތަކާ މަތިކޮށް މޮކަޕް ޔުނިޓު އަދިވެސް ދެއްކިފައެއް ނުވެ އެވެ.

މަޝްރޫއު ދިގުލައިގެން ދިޔަ މައި ސަބަބެއް ކަމުގައި މިފަހަރުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އެދުމަށް މާސްޓާ ޕްލޭން ބަދަލުކުރުމެވެ.

"މާސްޓާ ޕްލޭން ބަދަލުކުރުމުގެ އިތުރުން މަޝްރޫއު ހިންގޭ 200 ހެކްޓަރުގެ ފަޅުގެ ރައްކާތެރިކަމާއި މަޝްރޫއުގެ ފީސިބިލިޓީ ޑިޒައިނަށްވެސް ބަދަލުގެންނަން ޖެހުނު، އަދި އީއައީއޭ އަށް އަލުން ހުށަހަޅާ މިހާރު ވަނީ ސަރުކާރުން އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ދީފަ" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޝްރޫއުގެ ފަސްފަހަތް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސިޓީގެ މަޝްރޫއެއްގެ ވާހަކަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން 'ފައިވް ލެގޫން' މަޝްރޫއުގެ ދަށުން މާލެ އަތޮޅުން ފަސް ފަޅެއް ޑަޗް ޑޮކްލޭންޑްސްއަށް ދޫކުރި އެވެ.

ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ނަޝީދުގެ ސަރުކާރު ނިމި ދެން އައި ޕީޕީއެމްގެ ސަރުކާރުގައި އެ ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް އަނބުރާ ނަގާ ވިއްކާލި އެވެ. އެ ދެ ފަޅުގެ ބަދަލުގައި މި ސަރުކާރުން ވަނީ ޑަޗް ޑޮކްސްލޭންޑަށް ފަޅެއް ދޫކޮށްފަ އެވެ.

މަސައްކަތް ހަވާލު ކުރިން ކުންފުނިން މިހާރު ބުނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފްލޯޓިން ސިޓީއެއް އަޅާނެ ކަމަށް. އެކަމުގައި އެއްވެސް ގާނޫނީ ހުރަހެއް މިހާރު ނެތް ކަމަށް ވެސް ބުނޭ. އެކަމަކު މިދިޔަ 12 އަހަރުން ނުވި މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިންމޭނެތޯ އެއީ ސުވާލެއް.

އެއާއެކު މާޗު، 2021 ގައި މި ސަރުކާރުން "ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަމުގައި އާ މަޝްރޫއެއްގައި ޑަޗް ޑޮކްލޭންޑްސްއާ އެކު ސޮއިކުރި އެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ ތަރައްގީކުރާނެ ކަމަށް ބުނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅުގައި 5000 ހައުސިން ޔުނިޓުގެ އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލު ކުރި އެވެ.

މި ޕްރޮޖެކްޓުގައިވެސް އަމަލީ ސިފައެއް ޖެހިފައި ނުވަނީސް އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާ، މި މަޝްރޫގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox