ކުވެއިތުން ސާފް ޗެމްޕިއަންޝިޕް ނަގާނީ މުސްތަގުބަލަށް ލިބުނު ފުރުސަތެއްގެ ގޮތު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރުއީ ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރުއީ ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ލިބުނު ފުރުސަތުގެ ބޭނުން ކުވެއިތު ޓީމުން ހިފާނީ އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ބިންގާ އެޅުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނެފި އެވެ.

ސާފް އިން ބޭރުގެ ދެ ގައުމަށް ދައުވަތު ދީގެން މި ފަހަރުގެ މުބާރާތް ބެންގަލޫރުގައި މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރަކަށް ކުރިއަށްދާއިރު، ކުވެއިތުގެ އިތުރުން ދެން ފެންނާނެ އާ ޓީމަކީ ލެބަނަން އެވެ.

ކުވެއިތު ހިމެނެނީ އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލާ އެކު ގްރޫޕް އޭގަ އެވެ.

މުބާރާތުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ވަނީ މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ދިނީތީވެ، އެ ކަމަށް ޝުކުރު އަދާކޮށްފަ އެވެ. ކުވެއިތު ހިމެނެނީ ވަރުގަދަ ގްރޫޕެއްގައިކަން ފާހަގަކޮށް، ބެންޓޯ ބުނީ މީގެ އެންމެ މުހިންމު ކަމަކީ ޓީމެއްގެ ގޮތުގައި ކުރިއަރައިގެން ދެވޭވަރަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށެވެ.

"މުބާރާތުގައި ކުޅޭ އެހެން ބައެއް ޓީމުތަކުގެ ކޯޗުން ވެސް ފާހަގަކުރި ގޮތަށް އަހަރެން ވެސް މި މުބާރާތް ނަގާނީ ޓީމު ދެނެގަނެ، ޓީމު އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތްތަނުގައި ކުވެއިތަށް ފުޓްބޯޅައިން ކުރިއަށްދެވޭނެ އިތުރު ގޮތްތަކެއް ހޯދަން. މި މުބާރާތުގައި ޅުންތެރިންނަށް ފުރުސަތު ދިނުމާ އެކިއެކި ރޭވުންތަކާ އެއްގޮތަށް ޓީމު ހާނުވަން ވެސް ބޭނުން، ދެމެހެންޓެނިވި ގޮތެއްގައި ޓީމު ކުރިއަރުވަން ބޭނުމީ،" މިދިޔަ އަހަރު ކުވެއިތު ޓީމާ ހަވާލުވި ބެންޓޯ ބުންޏެވެ.

ބެންޓޯ ވަނީ މުބާރާތް ބާއްވާ ބެންގަލޫރުގައި ހުރި ޓްރެއިނިން ފެސިލިޓީތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ޕްރެކްޓިސް ކުރަން ލިބެނީ އާޓިފިޝަލް ޓާފްގައި ކަމަށްވާތީ، ބޭނުންވާ ގޮތަށް ޓްރެއިނިންތައް ނުގެންދެވި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"ދަށް ފެންވަރެއްގެ ދަނޑުތަކެއްގައި ޕްރެކްޓިސް ކޮށްގެން ކުޅުންތެރިންނަށް އަނިޔާވާ ގޮތަށް އެއްވެސް ކަމެއް ކުރަން ބޭނުމެއް ނޫން، އެހެންވެ، އަހަރެެމެން ވަރަށް ސަމާލުވެގެން، އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ޓްރެއިނިން މި ގެންދަން ޖެހެނީ،" ބެންޓޯ ބުންޏެވެ.

އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ދުނިޔޭގެ 143 ވަނައިގައި އޮތް ކުވެއިތު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ގަޑިން ތިނެއް ޖަހާއިރު، ނޭޕާލާ ބައްދަލުކުރާނެ އެވެ. ގްރޫޕް އޭގެ ދެ ވަނަ މެޗުގައި މިރޭ އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗު އޮންނާނީ ހަތެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox